ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ގަރާރު ބާތިލް ކުރުމަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރު ކޮށްލައިފި

އިދިކޮޅު އިހުތިޖާޖުގެ ތެރެއިން ފޮޓޯ: ޕީޕީއެމް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

“އިންޑިއާ އައުޓް” ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ނެރުނު ގަރާރު ބާތިލުކޮށްދޭން އެދި އިދިކޮޅު ކޯލިޝަނުން ސިވިލް ކޯޓަށް ހުށަހަޅި މައްސަލަ އެ ކޯޓުން ބޭރު ކޮށްލައިފިއެވެ.

އެޕްރީލް މަހުގެ 27 ވަނަ ދުވަހު އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯޅިޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރު ކޮށްލާފައި ވަނީ ޕީޕީއެމްގެ ވަކީލް އަޑުއެހުމަށް ހާޒިރު ނުވުމުންނެވެ. މައްސަލަ ބޭރުކޮށް ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައި ވަނީ ޕީޕީއެމްގެ ވަކީލް މައްސަލަ ތާވަލް ކުރި ދުވަހު ކޯޓަށް ހާޒިރު ނުވި ސަބަބު އަންގާފައި ނުވާ ކަމަށެވެ.

ރައީސްގެ ގަރާރާއި ބެހޭ ގޮތުން ޕީޕީއެމުން ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު އަދި ބާތިލު ގަރާރެއް ކަމަށެވެ.

ރައީސްގެ ގަރާރުގައި ވިދާޅުވެފައި ވަނީ އިންޑިއާއާ ދެކޮޅު ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ. އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ، ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށާއި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިންގާ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ކަމަށް ގަރާރުގައި ވެ އެވެ.

އެހެންވެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ރައީސްގެ ގަރާރުގައި ވަނީ އަންގައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: