ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީޖޭޕީން ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ، މަޖިލީހަށް ހުށައެޅިފައިނުވާކަމަށް ރައީސް ނަޝީދު ބުނެފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކުރިކަމުގެ މައްސަލައެއް މަޖިލީހުގެ ތަޅުމަށް ހުށައެޅިފައިނުވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ މައްސަލަތައް ބަލައިގަނެ ވާހަކަނުދެއްކޭކަމަށް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސަައީދު ވިދާޅުވުމުން، ރިޔާސަތުގައި އިންނަވާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ދީން ހަތިޔާރަކަށް ހަދައިގެން، މަޖިލީހުގެ ތަޅުމުގައި ވާހަކަދެއްކުމަކީ، އެންމެހާ މެމްބަރުނާއި، ރާއްޖޭގެ ރައްޔިތުންނަށްވެސް ލިބިގެންދާ ގެއްލުމެއް ކަމަށެވެ. އެހެންކަމުން، އެފަދައިން އަމަލު ނުކުރެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ. އަދި ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި، އެފަދަ މައްސަލަތައް މަޖިލީހުން ބަލައިގަނެ ވާހަކަ ނުދައްކާކަމަށް ސައީދު ތަކުރާރު ކުރެއްވުމުން، ރައީސް ނަޝީދު ވިދާޅުވީ، ވާހަކަ ނުދެވޭކަމަށް ފާހަގަކޮށް، ތަކުރާރުކޮށް ސައީދު ތުހުމަތު ކުރަމުންދާތީ، އެފަދަ މައްސަލައެއް، މަޖިލީހުގެ ތަޅުމަށް ހުށައެޅިފައިވޭތޯ އެ މަނިކުފާނު ސާފު ކުރައްވާނެކަމަށެވެ.

ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކުރި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށައެޅިފައިވޭތޯ ސާފުކުރައްވާނެކަމަށް ވިދާޅުވެ އިތުރަށް ވާހަކަދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެ ބާވަތުގެ މައްސަލައެއް ހުށައެޅިފައިނުވާކަމަށެވެ. އަދި ކުއްލި މައްސަލައެއް ހުށައެޅިކަން، އެނާ އަށާއި ދިވެހި ރައްޔިތުންނަށް އޮޅުވާ ނުލެވޭނެކަމަށް ސައީދު ފާހަގަކުރެއްވުމުން، ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ދެންނެވީ ކުއްލި މައްސަލަތައް މަޖިލީހަށް ހުށަނޭޅޭ ވާހަކަނޫންކަމަށާއި، އެހެންނަމަވެސް ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅޭގޮތުން، ބަހުސް ކުރުމަށް، ކުއްލި މައްސަލައެއް ހުށައެޅިފައިނުވާ ވާހަކަކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅޭގޮތުން، ބަހުސް ކުރުމަށް، ކުއްލި މައްސަލައެއް ހުށައެޅިފައިނުވާކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެފަދަ މައްސަލައެއް މަޖިލީހުގެ ތަޅުމަށް ހުށައެޅިފައިވާނަމަ، އެ މައްސަލައަކީ ކޮންމެހެންވެސް މަޖިލީހުގެ ތަޅުމުގައި ބަލައިގަންނާނެ މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް، މަޖިލީހުގެ އެއްވެސް މެމްބަރެއް އެ ބާވަތުގެ މައްސަލައެއް ހުށައަޅާފައިނުވާކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމާއި ގުޅޭގޮތުން، ބަހުސް ކުރުމަށް، އެއްވެސް މެމްބަރެއް ކުއްލި މައްސަލައެއް ހުށައެޅާފައިނުވާކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވި އިރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ އިންޑިއާގެ ވެރިކަންކުރާ ބަހަރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާނަކާއި، އެޕާޓީގެ އިސް ބޭފުޅަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ސަރުކާރުން ކުށްވެރި ކޮށްފައިނުވާކަމަށް ފާހަގަކޮށް، އެކަން ކުށްވެރި ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައި މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލައެއް ހުށައަޅާފައެވެ. އެހެން ނަމަވެސް، އެ މައްސަލައިގައި ބަހުސް ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް މަޖިލީހުގެ 33 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ބަލައިގަނެ ބަހުސް ކުރަން ފެންނަކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. އެހެންކަމުން އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ މަޖިލީހުގެ ތަޅުމުން އެ މައްސަލަވަނީ ބޭރުކޮށްލާފައެވެ.

ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ބަދުބަސް ބުނި މައްސަލައިގައި އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށައެޅި ހުށައެޅުން ބޭރުކޮލުމަށް އެމްޑީޕީގެ މެމްބަރުންނަށް އޮތީ އަންގާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުން، އިދިކޮޅުމް އެ މައްސަލަ ހުށައެޅި މަގުސަދު ސާފުވެފައިނުވާތީ، މަޖިލީހުގެ ޖަލްސާ އޮތް ދުވަހުގެ ހެނދުނު، އެމްޑީޕީގެ ހުރިހާ މެމްބަރުންނަށްވަނީ، ވަކި ގޮތަކަށް ވޯޓުލުމަށް އަންގާފައިކަމަށެވެ. އަދި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި ބާރު އޮތީ ސަރުކާރުގެކަން ފަހަގަކުރައްވާ އިބްރާހިމް ރަޝީދު ވިދާޅުވީ، ސަރުކާރުން ބޭނުންވާ އުސޫލަކަށް ކަންކުރުމަށް ދުރާލައި ރޭވިގެންދާކަމަށާއި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ މައްސަލަވެސް ބޭރުކޮށްލުމަށް އެ ޕާޓީއަށް ނިސްބަތްވާ އެންމެހާ މަޖިލީސް މެމްބަރުންނަށްވަނީ އެންގިފަކަމަށެވެ.

ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ، މަޖިލީހުގެ ތަޅުމުން ބޭރުކޮށްލީ، ސަރުކާރުން ބާރު އަޅައިގެންކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވިއިރު، ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނި ވަޑައިގެން، ސަރުކާރާއި ދެކޮޅަށް އަޑުއުފުލާފައިވާ، ހަސަން ލަތީފް، އިމްތިޔާޒް ފަހުމީ ފަދަ ބޭފުޅުންވެސް އެ މައްސަލަ ބަލައި ނުގަތުމަށް ވޯޓުދެއްވާފައިވާކަމަށް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: