ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތަކަށް ބޭނުން ކުރުމަށް، މިނިސްޓަރ ޝައުނާ ގޮވާލައިފި

ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ / ޕީއެސްއެމް ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުތަކުގެ 30 އިންސައްތަ ހިމާޔަތްކޮށް، އަދި ކަނޑުތައް 100 އިންސައްތަ ދެމެހެއްޓެނިވި ގޮތަކަމަށް ބޭނުން ކުރުމަށް، ދިވެހި ރާއްޖޭގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އ.ދ. ގެ އޯޝަން ކޮންފަރެންސްގެ އާއްމު ބަހުސްގައި ވާހަކަދައްކަވަމުން، މިނިސްޓަރ ޝައުނާ ވިދާޅުވީ، “ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމް ވަރކް 2020” އެކުލަވާލުމަށް ފަހުގައި، ކަނޑުތައް ޙިމާޔަތްކުރުމަށްޓަކައި ފައިދާ ކުރަނިވި ހަރުދަނާ އަވަސް ފިޔަވަޅުތައް މިހާރުން މިހާރަށް އަޅަންޖެހިފައިވާ ކަމަށެވެ. އަދި ދިވެހިންގެ ދިރިއުޅުން ބަރޯސާވެފައިވަނީ ކަނޑުތަކުގެ މައްޗަށްކަމަށް ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ވެހިރާއްޖޭގެ އިޤުތިޞާދު ބިނާވެފައި އޮތީ ކަނޑުތަކުގެ މުއްސަނދި ދިރުންތަކުގެ މައްޗަށް ކަމަށާއި، ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ތިންބައިކުޅަ ދެބައި، އަދި ޖީ.ޑީ.ޕީ.ގެ 60 އިންސައްތަ ބަރޯސާވެފައި ވަނީ ކަނޑުގެ ދިރުންތަކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

ދިވެހިންގެ ދިރިއުޅުން ބަރޯސާވެފައިވަނީ ކަނޑުތަކުގެ މައްޗަށްކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، ކަނޑުތަކަކީ ރާއްޖޭގެ ރައުސްމާލު ކަމަށެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތައް ޝައުޤުވެރިކުރުވުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތަކަށް ކުރިޔަށް ގެންދިޔުމަށް ކަނޑުތައް ރައްކާތެރިކުރަންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޯޝަން ކޮންފަރެންސްގެ އާއްމު ބަހުސްގައި މިނިސްޓަރ ޝައުނާ ވަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކަނޑުތައް ވިހަ މާއްދާތަކުން ތަޣައްޔަރުވަމުން ދިޔުމާއި، މަސްއައިންތައް ދަތުރުކުރާ ގޮތަށް ބަދަލުއައުމާއި، އެކަމުގެ ސަބަބުން އިންސާނުންގެ އަސާސީ ކާނާގެ ވަސީލަތްތަކަށް ކުރިމަތިވާނޭ ނުރައްކަލާ ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މުރަކައިގެ ފަރުތަކަށް ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށްވެސް އަލިއަޅުވައި އެ ކަމަނާ ވާހަކަދައްކަވާފަވެއެވެ.

ކަނޑުތަކަށް އުކާލެވޭ ޕްލާސްޓިކް ކުނި ބުނީގެ ސަބަބުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކުގެ ނިޒާމަށް ލިބެމުންދާ ގެއްލުންތަކަށް އަލިއަޅުވައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާވަނީ، ކަނޑުތަކުގެ ދުޅަހެޔޮކަމާއި މުއްސަނދިކަން ދެމެހެއްޓުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރުކޮށްދެއްވުމަށް ގޮވާލައިފައިއެވެ. ޝައުނާ ފާހަގަކުރެއްވި ގޮތުން، ކަނޑުތަކުގެ ދިރުންތައް ނެތިވެ މަރުވަމުންދާއިރު އެކަންކަމަށް އަޅައިނުލައި ދޫކޮށްލައިގެން ތިބުން ދިވެހިން ނޭދޭއެވެ. އަދި ކަނޑުތަކުގެ ނިޒާމާ ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.

މީގެ އިތުރުން މިނިސްޓަރ ޝައުނާ ވިދާޅުވީ، ދިވެހިރާއްޖެއިން މަސް އެކްސްޕޯޓްކުރާ މައިގަނޑު ބައެއް މާކެޓްތަކުން ނަގާ ޓެރިފް ބޮޑު ކަމަށާއި، ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި އިޤުތިޞާދެއް އޮތް ފުދުންތެރިޤައުމަކަށް ވުމަށްޓަކައި ދުނިޔޭގެ އެހެންޤައުމުތަކުގެ އެއްބާރުލުންވެސް ރާއްޖެއަށް ބޭނުންވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: