ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އާއި ދެކޮޅަށް ބަސް ބުނުން ގާނޫނީ ކުށަކަށް ހަދަން، ބިލެއް ހުށައަޅައިފި

ފޭދޫދާއިރާގެ މެމްބަރު މުހައްމަދު ނިހާދް: ފޮޓޯ/ މަޖްލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

“އިންޑިއާ އައުޓް” ކެމްޕޭނަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށް، ގާނޫނުލްއުގޫބާތަށް އިސްލާހުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ.

ދިވެހި ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމާއި، އިންޑިއާގެ ނުފޫޒު ދިވެހި ރާއްޖޭގެ ދާހިލީ ކަންކަމަށް ފޯރަމުންދާކަމަށް ބުނެ، އިދިކޮޅުން ހިންގަމުންދާ “އިންޑިއާ އައުޓް” ކެމްޕެއިން ހުއްޓުވުމަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މި ބިލު ހުށަހަޅުއްވާފައިވަނީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. އިދިކޮޅުން އިންޑިއާ ސިފައިން ދިވެހި ރާއްޖޭގައި ތިބުމާއި ދެކޮޅަށް ހިންގަމުންދާ ހަރަކާތްތައް ހުއްޓުވުމަށް، އެ އަމަލުތަކަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށް، ދިވެހި ސަރުކާރުން ނިންމާފައިވަނީ، މަޖިލީހުން އެކަމަށް އިރުޝާދު ދިނުމާއި ގުޅިގެންނެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ޑްރާފްޓުކޮށްފައިވާ ބިލުގައި ބުނެފައިވާގޮތުން، މި ބިލުގެ ދަށުން، އެހެން ގައުމެއްގެ ނިޝާނަކަށް، ދިދައަކަށް ނުވަތަ ރަމްޒަކަށް ގެއްލުންދިނުން ނުވަތަ ބަދަލުގެނައުން، ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމެއްގެ ރައްޔިތަކަށް ނުވަތަ މުއައްސަސާއަކަށް ގެއްލުން ދިނުން ނުވަތަ ގެއްލުންދޭން ގޮވާލުން، ވަކި ގައުމަކަށް ނިސްބަތްވީތީ އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން، އެހެން ގައުމެއްގެ ދީނީ ނުވަތަ ސަގާފީ އާދަކާދަތަކާއިމެދުގައި ނަފުރަތު އުފެއްދުމާއި، އެހެން ގައުމެއްގެ ރައްޔިތުންނާއި ނުވަތަ ގައުމަކާއިމެދު ނަފުރަތު އުފެއްދުމުގެ އަމަލެއް ހިންގުން އަދި ވަކި ގައުމެއްގެ ރައްޔިތަކަށް ވީތީ ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުމުގެ އިތުރުން ބޭރު ގައުމުތަކުގެ މީހުންގެ މެދުގައި ރާއްޖެއާމެދު ނަފުރަތު އުފެއްދުމާ އެފަދަ އަމަލެއް ކުރަން އުޅުންވެސް ވެގެންދާނީ ޖިނާއީ ކުށަކަށެވެ.

ސަރުކާރުގެ ފަރާތުން ހުށައެޅުއްވި ބިލުގައި ވާގޮތުނ،ް އެހެން ގައުމެއްގެ ރައްޔިތުންނަށް ނުވަތަ ރާއްޖޭގައި ހުރި އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުން ދިނުން ނުވަތަ ގެއްލުން ދިނުމަށް ގޮވާލުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެކެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ގޮތުން، ޖިނާއަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް، ނުވަ މަހާއި އަށާރަ ދުވަހުގެ ޖަލު ހުކުމެއް ކުރެވިގެންދާނެއެވެ. އަދި އެންމެ ބޮޑު އަދަބަކަށް ދެ އަހަރުގެ މުއްދަތު ޖަލުގައި ހޭދަކުރުމަށް ހުކުމް ކުރެވިދާނެއެވެ.

“އިންޑިއާ އައުޓް” ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ ބިލުގައި އިތުރަށް ހުރި ކުށްތަކަކީ، ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށްތަކެއްކެވެ. އެ ބާވަތުގެ ކުށްތަކަށް ދެވޭނެ އެންމެ ލުއި އަދަމަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ގިނަވެގެން އެއް އަހަރު ދުވަހުގެ މުއްދަތެއް ޖަލުގައި ހޭދަކުރުމަށް ހުކުމް ކުރެވިދާނެކަމަށްވެސް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އިސްނަގައިގެން، ދިވެހި ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ހިމާޔަތްކުރުމުގެ ނަމުގައި ކުރިއަށްގެންދާ، “އިންޑިއާ އައުޓް” ހަރަކާތުގެ ސަބަބުން ގައުމީ ސަލާތަށް ނުރައްކާތަކެއް ކުރިމަތިވާކަމަށް ބުނެ، އެ ހަރަކާތްތަކާއި، ހަރަކާތުގެ ތެރެއިން ހިންގާ އެކި އަމަލުތައްވަނީ، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވާ ނެރުއްވާފައިވާ ގަރާރުގެ ދަށުން މަނާ ކުރެވިފައިއެވެ. އެހެންމަވެސް، އިދިކޮޅުގެ ލީޑަރު ރައީސް ޔާމިން ވިދާޅާ ގޮތުން، އެ ގަރާރަކީ، ގާނޫނީ ގޮތުން އެއްވެސް ބާރެއް ލިބިގެންވާ އެއްޗެއް ނޫންކަމަށެވެ. އަދި ގަރާރު ބާތިލު ކުރުމަށް ކޯޓަށް ހުށައެޅުމުގެ އިތުރުން، އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ހިންގަމުންދާ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ހިންގި މުޒާހަރާތައް ހުއްޓުވުމަށް ފުލުހުންގެ މުއައްސަސާއިން ބާރުގެ ބޭނުންކޮށް ޕެޕަރ ސްޕްރޭވެސް ޖަހާފައިވެއެވެ. މުޒާހަރާ ހުއްޓުވަން އުޅުމުގެ ތެރެއިން ފުލުހުންގެ ފަރާތުން ބައިވެރިންނަށް އެކި ވަރުގެ އަނިޔާތައް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. # އިންޑިއާ އައުޓް. ޢިންދިއާ ސިފައިން މި ގައުމުން ބާލަންޖެހޭ، އިތުރުވަމު ް އަންނަ އިންޑިއާ ލޭބަރުން ކޮންޓްރޯލް ކުރަންޖެހޭ އިންޑިއާ ސިފައިން މި ގައުމު ގައި އެއްްްވެސް މާނައެއް ގައި އެއްވެސް ތަނެއް ހެދުމުގެ ނަމުގައި ނުވަތަ އެނޫންވެސް ކަމއް ކުރުމައް އައިސް ބަނޑަހަ ޖަހައިގެން ތި ޭ ކައްއެއްބަހެއް ނުވެވޭނެ. “މިހާރު” ހީވެދާނެ މިއީ ޕީޕީއެމް ގެ ވިސްނުމޭ .. 3 ނޮވެމްބަރ 1988 ހަގީގަތް އެނގުނު ފަހުން އަހަރެން ގަބޫލެއް ނުކުރަން އިންޑިއާ އަކުން ދިވެހިނަށް ދުވަހަކު ވެސް ހެޔޮއެދިގެން އެއްވެސް ކަމެްްކޮއްދޭނެ ކަމަކަށެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: