ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ކެނޑިޑޭސީ ބަލިކަށި ވެއްޖެ: މަލީހު

މުހައްމަދު މަލީހު ޖަމާލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމޫހުރީ ޕާޓީއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާއިއެކު، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ކެނޑިޑެސީ ބަލިކަށިވެއްޖެކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުއަށް އަމާޒުކުރައްވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރުގެ މަގާމު ފުރުއްވާފައިވާ މަލީހު ފާޑުވިދާޅުވީ، ޖުމުހޫރީ ޕާޓީއިން، ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ކެންޑިޑޭޓެއް ނެރެން ނިންމާފައިވާކަމަށް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމާއި ގުޅިގެންނެވެ. ޖުމުހޫރީޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިއުލާނުކޮށްފައިވާ ކަމަށް ފާހަގަކޮށް ކުރެެއްވި ޓްވީޓްގައި މަލީހު ވިދާޅުވީ، އެ އިއުލާނާއިއެކު، ރައީސް ސޯލިހުގެ، ދެވަނަ ދައުރުގެ، ރިޔާސީ ޓިކެޓް ވަރަށް ބަލިކަށިވެގެންގޮސްފި ކަމަށެވެ. އަދި މަލީހުއަށް ބޮޑަށް ބެލެވެނީ، ރައީސް ސާލިހު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 5 އިންސައްތައިގެ ލަދަކުން ސަލާމަތްވުމަށް، ކުރިމަތި ލެއްވުމާއިމެދު ދެވަނަ ވިސްނުމަކަށް ވަޑައިގަންނަވާނީ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިބްތިހާބުގައި ގިނަ އަދަދެއްގެ ކެނޑިޑޭޓުން ބައިވެރިވެލައްވާނެކަމަށް އިއުލާނު ކުރައްވާފައިވެއެވެ. އެގޮތުން ޖޭޕީން އަދި ކެންޑިޑޭޓަކު ކަނޑައަޅާފައިނުވާއިރު އެ ޕާޓީންވެސް ކުރިމަތިލާނެކަމަށް ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހުގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް، އާއި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު، އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ކުރިމަތިލައްވާނެކަމަށް އިއުލާނު ކުރައްވާފައިވެއެވެ.

ރައީސް ސޯލިހު ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި މެދު ދެވަނަ ވިސްނުންފުޅެއް ގެންގުޅުއްވާނެކަމަށް ވިދާޅުވެ މަލީހު ފާޑު ވިދާޅުވި އިރު، ޖޭޕީއިން ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ، ކޯލިޝަނެއް ހެއްދެވުމާއިމެދު ޖޭޕީއިން އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށެވެ. އަދި އެ ޕާޓީގެ އަސާސީ ގަވައިދާ، ޕާޓީ ހިންގާ ގަވައިދުގެ މަތިން، އެ ޕާޓީ އިން ކެންޑިޑޭޓެއް ނުނެރި ނުދާނެކަމަށްވެސް ގާސިމް ފާހަގަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: