ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒައީމަށް ކުރުނީސްކުރުވަން ބެލެނިވެރިން ބޭނުމެއް ނުވާނެ: މަލީހު

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު - ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒައީމަށް ކުރުނީސްކުރުވަން މިހާރު ބެލެނިވެރިން ބޭނުން ނުވާނެކަަމަށް ފާހަގަކުރައްވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ރައީސް ޑރ މުހަައްމަދު މުއިއްޒަށް ފާޑުވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް އަޅާ ނުލެވި ގޮސްފައިވުމުގެ ސަބަބުން އެ ސަރަހައްދަށް އައު ރޯކަމެއް ގެނެސްދިނުމުގެ ގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންވަނީ އައު ސުކޫލެއް އިމާރާތްކުރަން ފެށުމުގެ ގޮތުން ބިންގާ އަޅާފައެވެ. އެ ރަސްމިއްޔާތުގައި ދަރިވަރުންތަކެއްވަނީ އެމަނިކުފާނާއި ސަރުކާރަށް ޝުކުރު ދެންނެވުމުގެ ގޮތުން އައިޓެމް އެއް ހުށައަޅާފައެެވެ.

އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، މަލީހުވަނީ އެކްސްއެއްކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ގެންގުޅުއްވަނީ “ޗީޕު” ޕޮލިޓިކަލް ވިސްނުންތަކެއްކަމަށާއި، އެ ކަންކަމުގައި ސުކޫލު ކުދިން ބައިވެރިނުކުރުމަށް އިލްތިމާސް ކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، އިނާމު ދިނުމުގެ ހަފްލާއެއްގައި ދަރިވަރުންތަކެއް ބަންޖެއް ހުށައެޅުމާއި ސިޔާސީ ވާހަކަތަކެއް ހިމެނޭ ގޮތަކަށް ހުށައެޅުމާއި ތަފާތުކަމަށެވެ.

މަލީހު ވިދާޅުވީ، މިއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ 30 އަހަރު ނޫންކަމަށެވެ. އަދި މި ޒަމާނުގައި އެއްވެސް ބެލެނިވެރިޔަކު ދަރިން “ޒައީމަށް ކުރުނީން ކުރުވަން ” ބޭނުން ނުވާނެކަމަށްވެސް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: