ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެތެން ބޭނުން ނެތިޔާ، ވަގުތުން އަދުރޭ އެހެލަން ޖެހޭ: މަލީހު

މަލީހު ޖަމާލް - ކޮމިއުނިކޭޝަން މިނިސްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲގެ ސަބަބުން ދިވެހިރާއްޖެއަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ އިރުޝާދުގެ ދަށުން ހަދާފައިވާ ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ފެނިގެންދާ މަލީހުވަނީ އޭނާގެ އެކްސް އެކައުންޓު މެދުވެރިކޮށް އަބްދުއްރަހީމަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ރާއްޖޭގައި ޑައިވްކުރުމަށް ހުއްދަ އޮންނަނީ ތިރީސް މީޓަރަށްކަމަށްވާއިރު އަބްދުއްރަހީމްގެ ސަރުކާރުން ސަރުކާރު ބޮކިޖަހާފަ ފެތެމުންދާކަމަށް ވިދާޅުވިއެވެ. މަލީހު ވިދާޅުވީ، 30 މީޓަރަށް ވުރެ އަޑިއަށް ފީނުމަށް ހުއްދަ ދީފައި ނުވަނީ އެ ހިސާބަށްވުރެ އަޑިއަށް ދިއުމުން ސަލާމަތްނުކުރެވޭ ކަމަށްވުމުންކަމަށެވެ.

އޭނާ ވިދާޅުޥީ، ރާއްޖެއަކީ އަބްދުއްރަހީމް މޮޑުމަށް ގެންގުޅުއްވާ ފުށްގަނޑަކަށް ހައްދަވާފައިވާޚަމަށާއި، އެހެންކަމުން އިތުރަށް ކަންކަން ގޯސްވިޔަ ނުދިނުމަށްޓަކައި ވަގުތުން ވަގުތަށް އަބްދުއްރަހީމް އެހެލަން ޖެހޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: