ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައިސް ޔާމީން އުފައްދަވާ އައު ޕާޓީގެ ލޯގޯ ފައިނަލް ކުރައްވައިފި

މުހައްމަދު މަލީހު ޖަމާލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބަދުލް ގައްޔޫމް އުފައްދަވާ އާ ޕާޓީގެ ލޯގޯ ފައިނަލް ކުރައްވައިފިއެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމުން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވީ ރޭގެ ވަގުތެއްގައެވެ.

މަނީލޯންޑާރ ކުރުމާއި، ރިޝްވަތު ގަބޫލު ކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ޕީޕީއެމުން ވަކިވެ ވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވިކަން ހާމަ ކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް އަހުމަދުއެވެ. މިއަދު ހެނދުނު ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލް އެކްސަގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމިން އުފައްދާ އައު ސިޔާސީ ޕާޓިއާއި ގުޅުމަށެވެ.

އާ ޕާޓީގެ ޝިޔާރަކީ “ޔާން ސްޕީޑް” ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

https://x.com/maleehjamal/status/1727912779603136956?s=20

ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި އެތައް ބަޔަކު ތިއްބެވި ކަމަށާއި މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ޕީޕިއެމަކީ ޕާޓީއެއް ނޫން ކަމަށެވެ. އަދި ޕާޓީ އޮތީ ހައިޖެކް ކޮށްފައި ކަމަށާއި، ޕީޕީއެމާ އެކު ރާއްޖޭގެ އެތަކެއް ހާސް ރައްޔިތުން މަގުމަތިކޮށްލުމުގެ ފުރުސަތު ޔާމީން ނުދެއްވާނެ ކަމަށެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 28%ވަރަށް ގަޔާވޭ 39%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 6%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: