ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ޕާޓީގެ ނަން ފައިނަލްކޮށްފި: މަލީހު

ރައީސް ޔާމީން އަބްދުލްގައްޔޫމާއި، ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުފައްދަވާ އައު ޕާޓީގެ ނަން ފައިނަލްކޮށްފައިވާކަން ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ދެމެދު އޮތް ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނާއި ޕާޓީގެ ލީޑަރޝިޕުންވެސް އެ މަނިކުފާނާއި ދުރަށް ޖެހިފައިވާކަމަށް ދެކިވަޑައިގަންނަވާތީ ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވައި އައު ޕާޓީއެއް އުފައްދަވަން ނަމާއި ލޯގޯވެސް ރައީސް ޔާމީން ފައިނަލްކުރައްވާފައިވާކަން މަލީހު ހިއްސާކުރެއްވީ އެކްސްއެއް މެދުވެރިކޮށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އެންމެހާ ރައްޔިތުންވެސް ހިނގަމުންދާ ކަންކަން ގާތުން ބެއްލެވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާކަމަށާއި، އައު ޕާޓީއާއި ގުޅިވަޑައިގަތުމަށް ތައްޔާރަށް ތިއްބެވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންފައިވާކަމަށް ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ، ޕީޕީއެމްގެ މެމްބަރުން ޕީއެންސީއަށް ނުގެންދާނެކަމަށް ބުނެފައިވާއިރު، ލ ފުނަދޫގެ ކައުންސިލުގައި ތިއްބެވި އެންމެން ޕާޓީއަށް ގެންދިޔަ ސަބަބަކީވެސް ޖަވާބެއް ހޯދަންޖެހޭކަމެއްކަމަށެވެ. އަދި ލީޑާރޝިޕުން ކޯޓުގެ އަޑުއެހުންތަކަށް ވަޑައިނުގަންނަވާ ސަބަބާއި ވަކި އޮފީހެއް ހެއްދެވި ސަބަބުގެ އިތުރުން ދެއްވާ ސްޕީޗުތަކުގައި ރައީސް ޔާމީންގެ ނަން ނުގެންނަވާ ސަބަބާއިމެދުވެސް އޭނާ ސުވާލު އުފެއްދެވިއެވެ.

އޭނާ ވިދާޅުވީ، އުފާ ފާޅުކުރުމުގެ ރަސްމިއްޔާތަށް ދިއުމަށް އެދިވަޑައިގަތުމުން ރައީސް ޔާމީން ނުގެންދެވި ސަބަބާއި، އެ ޖަލްސާގައި އެމަނިކުފާނަށް ރައީސް މުއިއްޒު ޝުކުރު އަދާނުކުރެއްވި ސަބަބުގެ އިތުރުން ޕީޕީއެމް ހައިޖެކް ކުރި ސަބަބާއި ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުއްﷲ ރައީސް ޔާމީން އަށް އިންޒާރުތައް ދެއްވަމުންދާ ސަބަބުވެސް ސާފުކުރަންޖެހޭކަމަށެވެ.

ވަރަށް ގަދަ
31%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 10%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: