ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިންސުން ގުޅުން ހިންގުމާއި ޔޯގާ މައްސަލައިގައި ސަރުކާރު ދިފާއުކުރަން ސިޔާސީ މުވައްޒަފުންނަށް އަންގައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ގުޅުން އޮންނަ މީހުންތަކެއް އެއްޖިންސުން ގުޅުން ހިންގި މައްސަލައާއި ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި ސަރުކާރަށް ކުރިމަތިވަމުން އަންނަ ޕްރެޝަރުތަކުން ސަރުކާރު ދިފާއުކުރަން ސިޔާސީ މުވައްޒަފުންނަށް ރައީސް އޮފީހުން އަންގައިފިއެވެ.

“ސަންގު” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އުފެއްދެވި ސިޔާސީ މަޤާމުތައް ކަމުގައިވާ ޑިރެކްޓަރުންނާއި އެގްޒެކެޓިވް ޑިރެކްޓަރުންގެ މަޤާމުގައި ތިބި މުވައްޒަފުން ސަރުކާރުގެ ދިފާއުގައި މީސްމީޑިއާގައި ހަރަކާތްތެރިވެ ޓުވީޓުކުރަން ރައީސް އޮފީހުން މިއަދު ވަނީ އަންގާފައެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުވުމަކަށް ސަރުކާރުގެ ހުރިހާ އެގްޒެކެޓިވް ޑިރެކްޓަރުންނާއި ޑިރެކްޓަރުން ރައީސް އޮފީހަށް ހާޒިރުކޮށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވަނީ އެބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި އަލީ ޒާހިރު ވަނީ މި ވަގުތަކީ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ ދިފާއުގައި ނިކުންނަވަންވީ ވަގުތުކަން ފާހަގަކުރައްވައި ޑިރެކްޓަރުންނާއި އެގްޒެކެޓިވް ޑިރެކްޓަރުންނަށް ސަރުކާރުގެ ދިފާއުގައި ޓުވީޓުކުރަން އަންގާފައެވެ.

ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކަށް ސަރުކާރު ދިފާއުކޮށް ޓުވީޓުކުރަން އަންގާފައި ވާއިރު ދީނަށް ފުރައްސާރަކުރި މީހެއްގެ މައްސަލަ ނުބަލައި އެ މީހާ ފުރުވައިލުމާ ގުޅިގެން ވެސް ސަރުކާރަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.

ސަރުކާރުގެ ޑިރެކްޓަރުން އަދި އެގްޒެކެޓިވް ޑިރެކްޓަރުންގެ މަޤާމުގައި ތިއްބަވާ ގިނަ ބޭފުޅުންނަކީ އެމްޑީޕީގެ މަގުމަތީ ހަރަކާތްތަކުގައާއި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވި އެކްޓިވިސްޓުންނެވެ. މި މަޤާމުތަކުގައި ތިބި ފަރާތްތަކުން ސަރުކާރަށް ތާއީދުކޮށް ޓުވީޓުކުރުން ފިޔަވައި މާ ބޮޑު ކަމެއް ނުކުރެއެވެ. ނަމަވެސް ފަހަކަށް އައިސް އެބޭފުޅުންނަށް ވެސް ސަރުކާރު ދިފާއުގައި މާގިނަ ވާހަކައެއް ނުދެކެވެއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 2%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 81%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ކަލޯސޮރާ މިމީހާގެ އަސްލުސިފަ މިހިރަ ފެންނަނީ ކިހާދެރަ މިގައުމަށް ﷲގެކޯފާނުފޮނުއްވާންދޭވެ އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: