ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަކާއި ދިމާކޮށް މުސާރަ ބޮޑުކުރުމުގެ ވާހަކަ ދެއްކުން ރަނގަޅެއް ނޫން: ޝަހީމް

އަބްދުﷲ ޝަހީމް އަބްދުލްހަކީމް: ފޮޓޯ/ މަޖުލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބަކާއި ދިމާކޮށް މުސާރަ ބޮޑުކުރުމުގެ ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމުގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ،

ފުލުހުންގެ މުސާރަ ބޮޑުކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޝަހީމް ވިދާޅުވީ ރާއްޖޭގެ ހަމަޖެހުން ގުޅިފައިވަނީ ފުލުހުންނާ ކަމަށެވެ. އަދި  މިރާއްޖެ ހެޔޮ މަގަށް އެޅި ރަނގަޅު މިސްރާބުން ދާން އޮތީ ފުލުހުންގެ މުއައްސަސާ ރަނގަޅުވެގެން ކަމުގައި އޭނާ ވިދާޅުވިއެވެ.

ރާއްޖެ މިހިސާބަށް އައިއިރުގައި ރާއްޖެ ދަތުރު ކުރި ކޮންމެ މަގެއްގައި ފުލުހުންގެ ބޮޑު ދައުރެއް އޮތް ކަމުގައި ޝަހީމް ވިދާޅުވިއެވެ. އެގޮތުން ރާއްޖެ އެންމެ ބޮޑަށް ވެއްޓިގެން ދިޔައީ 2012 ވަނަ އަހަރު ހިނގާދިޔަ ބަޣާވާތެއްގެ ސަބަބުން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެ ބޮޑު އަނދަވަޅަކަށް ވެއްޓުނު ކަމުގައި ޝަހީމް ފާހަގަކުރެއްވިއެވެ. އެކަމާއި ގުޅިގެން ދިވެހި ރައްޔިތުންނަށް އެކަމުގައި ފުލުހުންގެ ތެރެއިން ބައެއްގެ އިހުމާލު އޮތްކަން އެނގޭ ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް  އަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ.

ނަމަވެސް މިއަދާ ހަމައަށް އައިއިރު އެއިން އެއްވެސް ކަމެއް ނުބެލި އޮތް އޮތުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ޝަހީމް ސިފަކުރެއްވިއެވެ.

ރާއްޖެއަށް އަންނަ ކޮންމެ އޮއިވަރެއްގައި އަދި ރާއްޖެ ފަތާ ކޮންމެ ފެތުމެއްގައި އަދި ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ ރައްޔިތުންގެ ހައްގުގައި އަދި ގައުމުގެ މަސްލަހަތުގައި ތެދުވެ ރައްޔިތުން ހިމާޔަތްކުރުމުގެ އެންމެ ބޮޑު އެއްވާޖިބު އަދާ ކުރާ ބަޔަކީ ދިވެހި ފުލުހުން ކަމުގައި ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ވެރިންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުންގެ ބައެއް މަގްސަދުތައް ހާސިލްކުރުމަށް މިހާތަނަށް ކަންކަން ކޮށްފައި ހުރި ގޮތުން ދިވެހި ފުލުހުންގެ އަގު ދިވެހި ރައްޔިތުންގެ ކުރިމަތީގައި މިއަދު މިވަނީ ވަރަށް ބޮޑަށް ވެއްޓިފައިކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގައި އެބޭފުޅުން އެވާ ގުރުބާނާއި އެބޭފުޅުން ކުރާ މަސައްކަތުގެ އަގު ހަގީގަތުގައި ދިވެހި ރައްޔިތުންގެ ކުރިމަތީގައި އެއްޗަކަށް ނުވެ ގޮސްފައިވަނީ ބައެއްގެ އިހުމާލުން ކަމުގައެވެ.

ޝަހީމް ވިދާޅުވީ އަސްލަށް ވާހަކަ ދައްކަން ޖެހޭ ކަމަށާއި އަސްލު ބަދަލު ނުކުރެވޭނެ ކަމަށެވެ.

ފުލުހުންގެ މުސާރަ ބޮޑު ކުރުމަށް ތާއީދު ކުރެއްވި ނަމަވެސް ރާއްޖޭގައި ނެތް އެއްޗަކުން ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމުގައި ޝަހީމް ވިދާޅުވިއެވެ.

“ރާއްޖެއަށް ލިބޭ އެއްޗަކުން ފުލުހުންގެ މުސާރަ ތިރީސް ޕަސެންޓެއް ނޫން ސާޅީސް ޕަސެންޓަށް ވެސް ބޮޑު ކުރަންވީ. އަޅުގަނޑުމެންނަށް އެކަމާ ވާަހަކަ ދެއްކިދާނެ، ދިރާސާވެސް ކުރެވިދާނެ. އަދި އަޅުގަނޑުމެންނަށް އެކަން ކުރެވެން އޮތީ ކޮންގޮތަކުން ތޯ ބަލައި މި އިއްޒަތްތެރި މަޖިލީހުން ހާއްސަ ކޮމިޓީ އެއް ނަގައިގެންވެސް ކުރެވިދާނެެ” ހުސައިން ޝަހީމް

ޝަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އަދި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފުލުހުންނަށް ގެއްލުމެއް އަދި ދެރައެއް ވާ ކަމެއް ނުކުރާނެ ކަމަށެވެ. މިހިސާބަށް އައިއިރުގައި 19 ވަނަ މަޖިލީހުން ފުލުސް އޮފީހާއ ފުލުހުންނަކީ ގަދަރުވެރި ބައެއްގެ ގޮތުގައި މިރާއްޖޭގައި ދިރިއުޅުމަށްޓަކައި އެބޭފުޅުންގެ ގާނޫނަށް ގެނެވުނު ބޮޑު ބަދަލު ފުލުހުންނަށް އެނގޭނެ ކަމަށާއި އެބަދަލު ގެނައީ ފުލުހުން ޝަރަފުވެރި ކަމާއެކު މިގައުމުގައި ދިވެހި ރައްޔިތުންގެ ކުރިމައްޗަށް ދާއިރު އެބޭފުޅުންނަކީ ޝަރަފުވެރިންކަން ދިވެހިންގެ ހިތްތަކުގައި ފުލުހުންނާއި މެދު ގަދަރު އުފުލުމަށް ކުރި ކަމެއް ކަމުގައެވެ.

ޝަހީމް ވިދާޅުވީ ފުލުހުންގެ މުސާރަ ބޮޑުކުރުމަށް ގަރާރު ހުށައެޅިއަސް ނޭޅިޔަސް އެކަން ކުރާނެ ކަމުގައެވެ. އަދި އެކަން ކުރާނީ ގައުމުގެ އިގްތިސާދަށް ބަލައި ކެރިފޯރުން ތެރިކަން ހުރި މިންވަރުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ދިވެހި ސިވިލް ސާވިސް މުއައްޒަފުންނަށް މުސާރަ ބޮޑު ކުރުމާއި ޓީޗަރުންގެ މުސާރަ މިސަރުކާރުން  ބޮޑުކުރާނެ ކަމަށް ގަބޫލު ކުރީ ކާކުތޯ ކަމަށާއި އެހެން ކަމުން ފުލުހުންނާއި ސިފައިންގެ މުސާރަ ވެސް ބޮޑުކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: