ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތްހަމަނުޖެހުމާއި ހަލަބޮލިކަން އަންނަނީ ރައްޔިތުންގެ ތާއީދާ ނުބައްދަލު ސަރުކާރެއް އެކުލަވާލުމުން: އީވާ

ރައްޔިތުން މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ---- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލަބޮލިކަމަކާއި ހިތްހަމަ ނުޖެހުން އަންނަނީ ރައްޔިތުންގެ ތާއީދާއި ނުބައްދަލު ސަރުކާރެއް އެކުލަވާލުމުން ކަމަށް މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ބަސް ކުރައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތް ކުރައްވައި އީވާ ވިދާޅުވީ އެމަނިކުފާނު ބަރުލަމާނީ ނިޒާމަކަށް ވަކާލާތު ކުރާކަން އޮޅޭނެ އެމްޑީޕީ އެއްވެސް މެމްބަރަކު ނުހުންނާނެ ކަމަށެވެ. ދިވެހިރާއްޖެއަށް މިހާރު ބަރުލަމާނީ ނިޒާމެއް ގެންނަން ޖެހޭ ކަމަށާއި އެނިޒާމް ބޭނުންވާ ކަމުގައި އީވާ ވިދާޅުވިއެވެ.

2007 ވަނަ އަހަރު އެމްޑީޕީގެ ފަރާތުން ރާއްޖޭގައި އޮތް ނިޒާމީ ވޯޓްގައި އެމްޑީޕީގެ ފަރާތުން ބަރުލަމާނީ ނިޒާމަކަށް ވަކާލާތުކޮށް ތާއީދުކޮށް މުޅި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރީ އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ހިލާފުވާހިތުން ނޫން ކަމުގައި އީވާ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަކަށް ތާއީދު ކޮށް އެ ކެމްޕޭންގައި އުޅުނީ އެނިޒާމަށް ތާއީދު ކުރާތީ ކަމުގައި އީވާ ވިދާޅުވިއެވެ. އަދި ބަރުލަމާނީ ނިޒާމަކީ ވެރިކަމުގެ އެންމެ ރަނގަޅު ނިޒާމް ކަމަށާއި ހަގީގަތުގައިވެސް އެނިޒާމަށް ތާއީދު ކުރައްވާ ކަމުގައި އީވާ ވިދާޅުވިއެވެ.

ދުނިޔޭގެ ތަޖުރިބާ އަށް ބަލާއިރު މުއްސަނދި ގައުމުތަކަށް ބަލައިލި ނަމަވެސް އަދި ހަމަޖެހިލައިގެން މީހުން އުޅޭ ގައުމު ތަކަށް ބަލައިލި ކަމުގައިވި ނަމަވެސް ތަހުޒީބީ ގައުމުތަކޭ ކިޔާ ގައުމުތަކަށް ބަލައިލި ނަމަވެސް އަދި ކޮރަޕްޝަން އިންޑެކްސް އަށް ބަލައިލި ކަމުގައިވި ނަމަވެސް އަދި ގުޑް ގަވަރނެންސް ގެ ޕަރޝެޕްޝަން އިންޑެކްސް އަކަށް ބަލައިލި ކަމުގައި ވިނަމަވެސް އެކި ލިސްޓު ކިއިދާނެ ކަމުގައި އީވާ ވިދާޅުވިއެވެ. އެގޮތުން އިނގިރޭސި ވިލާތާއި ކެނެޑާއާއި ނިއުޒިލެންޑާއި ޖަރމަނީ އާއި ޑެންމާރކާއި އިންޑިއާ ފަދަ ތަހުޒީބު މުޖުތަމައުތަކަށް ބެލި ކަމުގައި ވީ ނަމަވެސް އެހެން މީހުންގެ ތަޖުރިބާއިން ބަރުލަމާނީ ނިޒާމަކަށް ވަކާލާތު ކުރެވިދާނެ ކަމުގައި އީވާ ވިދާޅުވިއެވެ.

އެހެން މީހުންގެ ތަޖުރިބާ އިން ފިލާވަޅު  ލިބިގަތުމަކީ ބުއްދިވެރި ގޮތެއް ކަމަށާއި އަމިއްލަ ތަޖުރިބާއިން ފިލާވަޅު ލިބިގަތުމަކީ އަދި މާ ބުއްދިވެރި ކަމެއްގެ ގޮތުގައި އީވާ ސިފަކުރެއްވިއެވެ.

ގާނޫނު އަސާސީ އިސްލާހު ކުރި ފަހުން ތިން ފަހަރަކަށް ވެރިކަން ބަދަލު ކުރެއްވި ކަމަށާއި ތިން ފަހަރަކު ރިޔާސީ އިންތިހާބު ބާއްވައިފި ކަމަށް އީވާ ވިދާޅުވިއެވެ. އެއިން ކޮންމެ ފަހަރަކުވެސް ދިވެހި ރައްޔިތުން އެއް ޕާޓީ އަކަށް ވޯޓް ނުދޭ ކަމުގައި އީވާ ވިދާޅުވިއެވެ.

“ހަމަ ހިލާ ދިވެހި ރައްޔިތުން އެއް ސިޔާސީ ޕާޓީ އަކަށް ވެރިކަމެއް ހަވާލެއް ނުކުރި: އީވާ

އީވާ ވިދާޅުވީ ވެރިކަމާއި ހަވާލުވާން ޖެހިފައިވަނީ އެކި ގޮތްގޮތުން ކޯލިޝަން ހަދައިގެން ކަމަށެވެ. ނަމަވެސް ވެރިކަމަށް އައުމަށް ފަހު 2008 ވަނަ އަހަރު ގާނޫނު އަސާސީގެ ފަހުން ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބަކީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރާއި 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބު ކަމުގައި އީވާ ފާހަގަކުރެއްވިއެވެ.

ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަށް ފަހު ގިނަވެގެން ދެއަހަރު ތެރޭގައި ވެރިކަމުގެ ތެރޭގައި ހަލަބޮލިކަމެއް އަންނަ ކަމަށް އީވާ ވިދާޅުވިއެވެ.

2008 ވަނަ އަހަރަށް ފަހު އެމްޑީޕީ އާ އެކު ކޯލިޝަން ހަދައިގެން އައި ޕާޓީ ތަކުގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އެމްޑީޕީ ދޫކޮށް ގޮސްފި ކަމަށާއި އެއަށް ފަހު ދެން އައީ ބަޣާވާތެއް ކަމަށާއި އެއަށް ފަހު 2013 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯލިޝަން ހަދައިގެން ވެރިކަމަށް ވަޑައިގެން ދޮޅު އަހަރު ނުވަނީސް އެހެން ހުރިހާ ސިޔާސީ ޕާޓީއެއްގެ ލީޑަރުން ތިބީ ޖަލުގައި ކަމަށް އީވާ ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ވެރިކަމަށް ނިސްބަތް ކޮށް އީވާ ވިދާޅުވީ ވެރިކަމާއި ކޯލިޝަން ދެމި އޮތަސް ކޯލިޝަންގެ އެންމެ ބޮޑު ހިއްސާދާރު އެމްޑީޕީ އޮތީ މާކަ ހިތްހަމަޖެހިގެން ނޫން ކަމުގައި އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ރައީސް ނަޝީދު މިކޯލިޝަނާއި މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަކީ ސިއްރެއް ނޫން ކަމަށާއި ރައީސް ނަޝީދަކީ ޕާޓީގެ ރައީސް އަށް ވެ ހުރެ ހިޔާލު ތަފާތުވެވަޑައިގެން އެވާހަކަ ދައްކަވާނީ ކޮންމެވެސް ވަރަކަށް ޕާޓީ އެނގިވަޑައިގެން މެމްބަރުންގެ އިހުސާސްތައް އެނގެވަޑައިގަންނަވާތީ ކަމުގައެވެ.

މިވެރިކަމުގައި އެމްޑީޕީގެ ހިއްސާ އޮތް މިންވަރާއި މެދު މާކަ ގަޔާވެވެން ނެތް ކަމަށާއި ވެރިކަން ހިނގަނީ އެމްޑީޕީ ސިފައިގަައި ނޫން ކަމުގައި އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ކޯލިޝަން ރުއްސުމަށް ބައެއްފަހަރު އިރުއަރާއިރު އަދާލަތު ޕާޓީގެ ވެރިކަމެއް އައިސް އިރު އޮއްސޭ އިރު އެމް އާރު އެމްގެ ވެރިކަމެއް އައިސް ވެރިކަަމަކީ ބޮޑު އޮޅުންސުވާލި ގަނޑަކަށް ވެގެން ގޮސްފައިވާ ކަމަށެވެ.

ބަރުލަމާނީ ނިޒާމަކީ ރައްޔިތުންގެ ތާއީދު އޮތް މިންވަރުން ކޯލިޝަން ހަދާ ނިޒާމް ކަމުގައި އީވާ ވިދާޅުވިއެވެ. މިހާރު އޮތް ރިޔާސީ ނިޒާމުގައި ވެރިކަމަަށް އައުމުގެ ކުރިން ރައްޔިތުންގެ ވޯޓަކާއި ހަމައަށް ދިއުމުގެ ކުރިން ސިޔާސީ ޕާޓީ ތަކުގެ ލީޑަރުން، ވެރިން އެއްވެލައިގެން ބަހާލައިގެން އަންނަ ކަމުގައި އީވާ ތުހުމަތު ކުރެއްވިއެވެ. އަދި ވޯޓަށް ފަހު ވެރިކަން ބެހިގެންދާ ގޮތުން  އެމަންޒަރު ނުފެންނަ ކަމުގައި އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ ރައްޔިތުން ވޯޓުދެނީ ސިޔާސީ ޕާޓީ ތަކަށް ޕަސެންޓް ކަނޑައަޅައިގެން ނޫން ކަމަށާއި އެކަމުގެ ސަބަބުން ހަލަބޮލިކަމަކާއި ދިމާލަށް ދާކަމަށާއި ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުން ތާއީދު ކުރާ މިންވަރުން މަޖިލީހުގެ ގޮނޑިތައް ނަގައިގެން ކޯލިޝަން ހަދައިގެން ސަރުކާރު އެކުލަވާލާ ކަމަށެވެ. ހިތްހަމަޖެހުމާއި ހަމަޖެހުން އިތުރުވާނީ ރައްޔިތުން ތާއީދު ކުރާ މިންވަރުން ސަރުކާރު އެކުލަވާލައިގެން ކަމުގައި އިވާ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: