ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެއްކާ ބެހޭ ބިލްގައި ނޫސްވެރިން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް، ޝަރީއަތުން އެންގުމުން މަސްދަރު ހާމަ ކުރަން ޖެހޭނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ރައްިޔތުންގެ މަޖިލީހަށް ހުށަހެޅައި ފާސްކުރި ހެއްކާއި ބެހޭ ބިލްގައި މަސްދަރު ހާމަ ކުރުމާއި ބެހޭ ގޮތުން ނޫސްވެރިން ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށާއި ޝަރީއަތުން އެންގުމުން މަސްދަރު ހާމަ ކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހެއްކާއި ބެހޭ ބިލުގައި، ރާއްޖޭގެ ނޫސްވެރިން ގެނެސްދޭ ހަބަރާއި ރިޕޯޓުތަކުގައި ނަން ހާމަނުކޮށް މަސްދަރުތަކާއި ހަވާލާދޭތީ އެފަދަ ނަންތައް ހާމަކުރަން މަޖުބޫރު ކުރެވޭގޮތަށް ބިލުގައި މާއްދާއެއް ވަނީ ހިމަނާފައެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްމުޣުނީ ހެއްކާއި ބެހޭ ބިލެއް ހުށަހަޅާފައިވަނީ ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމަށް ކަމަށް ބުނެ އެވެ. 1976 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަމަލު ކުރަމުން އަންނަ ހެއްކާއި ބެހޭ ގާނޫނުގެ ސަބަބުން ކޯޓުގައި ކުރިޔަށް ދާ ބޮޑެތި މައްސަލަތައް ގާނޫނީ އިޖުރާއަތްތަކުގެ ސަބަބުން ބޭރުކޮށްފައި އެބަހުއްޓެވެ.

މުޣްނީ ހުށަހަޅުއްވާފައިވާ ހެއްކާއި ބެހޭ ބިލުގައި 151 މާއްދާ ހިމެނޭއިރު، އޭގެ ތެރޭގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވިގެންވާ ގޮތްތަކާއި އަދި ހެކި ހުށަހެޅުމާއި ބަލައިގަތުމުގެ އިތުރުން ހެކިބަސް ނެގުމާއި ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅާފައި ވެއެވެ. މި ބިލުގައި ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރަން ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތު ކުރުމުގެ ޒިންމާ އާއި ގުޅޭ އުސޫލުތައް ބަޔާންކޮށްފައި ވެއެވެ.

މި މާއްދާތަކުގެ ތެރެއިން ނޫސްވެރިން ޚަބަރުތަކާއި، ރިޕޯޓުތައް ގެނެސްދޭއިރު މައުލޫމާތުތައް ހޯދާ މަސްދަރުރައް ވަކި ހާލަތްތަކެއްގައި ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ހިމަނާފައިވަނީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގަ އެވެ.

ބިލް މަޖިލީހަށް ހުށަހެޅިއިރު 136 ވަނަ މާއްދާގައި ބުނެފައި ވަނީ  މަސްދަރު ހާމަ ކުރުމުގެ ސަބަބުން، އެމީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ، މަސްދަރު ހާމަކުރުމުގެ އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. އަދި މަސްދަރު ހާމަކުރަން ނޫސްވެރިޔާއަށާއި، ނޫސްވެރިޔާ މަސައްކަތްކުރާ މީޑިއާގެ އިސްވެރިންނަށް ވެސް މަޖުބޫރު ކުރުމުގެ އިހުތިޔާރާއި ބާރު ފަނޑިޔާރުންނަށް ލިބިދޭނެ ކަމަށެވެ.

ބިލިގައި، އެ ގާނޫނުން އިމްތިޔާޒް ލިބިގެންވާ މުއާމަލާތްތައް 16 ވަނަ ބާބުގައި ބަޔާން ކުރެ އެވެ. އެއީ 136 ވަނަ މާއްދާގެ (ހ) އެހެން އޮތް ނަމަވެސް ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާއްމު މަސްލަހަތު ކަނޑައަޅާފައިވާ ބައެއް ކަންކަމަށް ވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަ ވެވޭނަމަ، ނޫސްވެރިއާއަށް އެ މައުލޫމާތު ދިން މަސްދަތު ޝަރީއަތް ހާމަކުރުމަށް ނޫނަމަވެސް، ހަމަ އެ މާއްދާގެ (ށ) ގައި އެ އިމްތިޔާޒް އިސްތިސްނާ ކުރެވިދާނެ ހާލަތެއް ވަނީ ބަޔާންކޮށްފައެވެ.

ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރަން ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެކަމަށް އެ ބިލުގައި ބުނެފައި ވެ އެވެ. އެ ނަމްބަރުގައި ވަނީ:

  1. ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަވުން.
  2. ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ވާގިއާއެއް ނުވަތަ ރައުޔެއް އާންމުންނާ ހަމައަށް ގެނައުމާމެދު އަދި ވާގިއާތަކުގެ މައުލޫމާތު ހޯދުމުގައި މައުލޫމާތު ދޭނެ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަވުން.

ހެއްކާއި ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު މަސްދަރު ހާމަ ކުރުމާއި ބެހޭ ގޮތުން ބިލްގައި ހިމަނާފައިވާ މާއްދާއަށް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އެ އިސްލާހުތަކަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ހެއްކާ ބެހޭ ބިލްގައި ނޫސްވެރިންނަށް މަސްދަރު ހާމަ ކުރުން މަޖުބޫރު ނޫން ކަމަށެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ  މަސްދަރު ހާމަ ކުރުމާއި ބެހޭ ގޮތުން ހެއްކާއި ބެހޭ ބިލުގެ 136 ވަނަ މާއްދާގައި ހަގީގަތުގައި  ކަންބޮޑުވުމެއް ނެތް ކަމަށެވެ. މަސްދަރު ހާމަކުރަން ޖެހޭ ހާލަތަކީ ދެ ފަރާތުގެ އެއްބަސްވުމާއި އެކުގައި ކަމަށާއި އޭގެ އިތުރުން މަސްދަރު ހާމަ ކުރަން ހަމައެކަނި ޖެހޭ ހާލަތަކީ ޝަރީއަތުގައި ހާޒިރުވެ، ޝަރީއަތުން ނިންމުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދެ ފަރާތް އެއްބަސްވުމުން އޮންނާނީ މަސްދަރު ހާމަވެފައި ކަމަށާއި ޝަރީއަތުން އެންގުމުން ވެސް މަސްދަރު ހާމަ ކުރަން ޖެހޭނެ ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

މަޖިލީހުން ފާސްކުރި ހެއްކާއި ބެހޭ ބިލްގެ 136 (ހ)ގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަމުގައި ޝަރީއަތުން ނޫސްވެރިޔާއަށް މަސްދަރު ހާމަ ކުރަން އެންގިދާނެ އިސްތިސްނާ ހާލަތުތަކެއް ބަޔާންކޮށްފަ އެވެ.

ބައެއް ނޫސްވެރިން ވެސް ކަންބޮޑުވުންފާޅުކޮށް މިއީ ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ މިނިވަންކަމަށް ހުރަސްއެޅުންގެ ގޮތުގައި ބުނެފައި ވެއެވެ. އާއްމު ގޮތެއްގައި، ކުންފުނިތަކާއި، ސަރުކާރުގެ އެތެރޭގައި ނުވަތަ އެހެން ގޮތަކުން ހިނގައިދާ ކަންތައް ރިޕޯޓު ކުރުމުގައި ނޫސްވެރިން އެ މީހުންގެ އަމިއްލަ މަސްދަރުތަކާއި ހަވާލާ ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: