ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތައް ރައީސް ސާލިޙް ނިގުޅައިގަނެފި، ދެން ލާނީ ޖަލަށް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އޯޑަރަކަށް، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ދިވެހިރާއްޖޭގެ ނޫސްވެރިންނާއި، ރައްޔިތުންގެ އަސާސީ ހައްގެއް ނިގުޅައިގަނެފިކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝީޔާމް ވިދާޅުވެއްޖެއެވެ.

އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓްގައި އެނާ ވިދާޅުވީ،، ހެއްކާއި ބެހޭ ބިލަށް  އިންޑިއާގެ އޯޑަރެއް އައުމާއިއެކު، ދިވެހިރާއްޖޭގެ އެޓާރނީޖެނަރަލްވަނީ އެ ބިލަށް ފަނަރަ އިސްލާހެއް ހުށައަޅާފައިކަމަށެވެ. އަދި ރައީސް ސޯލިހުވަނީ، ދިވެހި ރައްޔިތުންނާއި، ނޫސްވެރިންގެ އަސާސީ ހައްގެއް ނިގުޅައިގަނެފައިކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، ސަރުކާރުން އެކަމުގެ ނާޖާއިޒް ފައިދާ ނަގައި، ރައްޔިތުން ޖައްލަށް ލާނެކަަމަށެވެ.

(1) Ahmed Shiyam on Twitter: “ހެއްކާބެހޭ ޤާނޫނަށް ހުށައެޅި އިސްލާހުތަކުގެ ރިޕޯޓު ޖުޑިޝަރީކޮމިޓީއިން ނިންމާފައިވަނިކޮށް އިންޑިޔާގެ އޯޑަރަށް އެޓަރނީ ޖެނެރަލް 15 އިސްލާހެއް ހުށައަޅާ ނޫސްވެރިންނާ ރައްޔިތުންގެ އަސާސީ އެތައްޙައްޤެއް @ibusolih ނިގުޅައިގަނެފި. މިީގެ ނާޖާއިޒުފައިދާ ސަރުކާރުންނަގާ ރައްޔިތުން ޖަލަށްލާނެ” / Twitter

އަލަށް ފާސްކޮށްފައިވާ، ހެއްކާއި ބެހޭ ބިްލގައިވާ ގޮތުން  ނޫސްވެރިން ޚަބަރުތަކާއި، ރިޕޯޓުތައް ގެނެސްދޭއިރު މައުލޫމާތުތައް ހޯދާ މަސްދަރުރައް ވަކި ހާލަތްތަކެއްގައި ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް މާއްދާތަކެއް ހިމަނާފައި އޮތުމުން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ބުނަމުންދަނީ، ހެއްކާއި ބެހޭ ބިލުގެ ސަބަބުން ނޫސްފަތުރާ ވަސީލަތްތަކަށް މައުލޫމާތުދޭ ފަރާތްތަކަކުން އެ ކަން ކުރުމަށް އިންތިހާއަށް ޖެހުލުންވާނެކަމަށެވެ. އަދި ސަރުކާރުން ނުވަތަ އެހެނިހެން ކުންފުނިތަކުންވެސް ވާ އިހުމާލުތަކާއި، ހިންގާ ނޭދެވޭ އަމަލުތައް ރައްޔިތުންނަށް ގެނެސްދިނުމުގައި ނޫސްވެރިނަނަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތި ލާން ޖެހޭނެކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

ބައެއް މީހުން ބުނާ ގޮތުން، ހެއްކާއި ބެހޭ ބިލުގެ ސަބަބުން، ހެކި ހުށައަޅާ ފަރާތް ހިމާޔަތް ކުރުމަށްވެސް އެތައް ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެއެވެ. އެގޮތުން ދާދި ފަހުން ބޭއްވި ސަލްޓަންޕާކުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ވާހަކައަކަށް ގިނަ ފާރާތްތަކުން އިޝާރާތް ކުރެއެވެ. އުމަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ކޯޓުތަކަށާއި ސަރުކާރުގެ މުއައްސަސާތަކަށް ގޭންގުތަކުގެ ނުފޫޒު ވަދެފައިވާކަމަށެވެ. އެހެންކަމުން، ނުފޫޒު ވަދެފައިވާ ތަނެއްކަމަށް ކުރީގެ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅަކު ބޮޑު ތުހުމަތެއް ކޮށްފައިވާ ތަނަކަށް ނޫސްވެރިންގެ މަސްދަރު ހާމަކޮށް، ހެކިވެރިވާ މީހުންގެ މައުލޫމާތު ދޭނަމަ އެ ބައެއްގެ ސިއްރު ނުހިފެހެއްޓޭނެކަމަށާއި، އެ ބަޔަކު ބޮޑެތި ނުރައްކައުތަކާއި ކުރިމަތިލާންޖެހޭނެކަމަށްވެސް ގިނަ މީހުން ބުނެއެވެ.

ހެއްކާއި ބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ނޫސްވެރިންގެ ހައްގުތަކާއި ރައްޔިތުންގެ ހައްގުތައްވެސް ނިގުޅައިގަނެފައިވާކަމަށް ޝިޔާމް ފާހަގަކުރައްވާފައިވާއިރު، ދާދި ފަހުން އެޓާރނީ ޖެނަރަލްގެ އޮފީހުންވަނީ، ހާރިޖީ މަސަލަހަތައް ގެއްލުން ދިނުން ކުށަކަށް ހެދުމަށް ގާނޫނުލް އުގޫބާތައް އިސްލާހުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ބިލެއް ޑްރާފްޓްކޮށް ފޮނުވާފައިއެވެ. އެ ބިލުގެ ދަށުން އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުން ދިނުމާއި ބަދަލު ގެނައުން، އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުން ދިނުން ނުވަތަ ގެއްލުން ދިނުމަށް ގޮވާލުން، އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން، އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން އަދި އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހި ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުން ވެގެންދާނީ ޖިނާއީ ކުށްތައް ކަމަށެވެ.

އިދިކޮޅުންނާއި އެކި ފަރާތްތަކުން ބުނާގޮތުން، “އިންޑިއާ އައުޓް” ހަރަކާތްތައް ހުއްޓުވުމަށްޓަކައި ގާނޫނުލް އުގޫބާތައް ގެނައުމަށް ކަނޑައެޅުން މި އިސްލާހުގެ ދަށުން ދިވެހިރައްޔިތުންގެ އެތައް ހައްގުތަކެއް ގެއްލިގެންދެއެވެ. އެގޮތުން އެހެން ގައުމެއްގެ ސިފައިންގެ ބަޔަކު އައިސް ދިވެހި ފަސްގަނޑުގައި ތިބުމާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތައްވެސް ޖަލަށްލާ ޖިނާއީ ކުށްތަކުގެ ހުކުމް ކުރުމަކީ، ދިވެހިރައްޔިތުންގެ މިނިވަންކަން ނަގާލުންކަމަށް ގިނަ މީހުންބުނެއެވެ. އަދި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، ބޭރު ގައުމަކަށް ނިސްބަތްވާ މީހަކު، ދިވެހި ފަސްގަނޑުގައި ހުރެ އިސްލާމް ދީނަށް ފުރައްސާރަކޮށް އަމަލުތަކެއް ހިންގި ނަމަވެސް އެ ފަރާތަކާއި ދެކޮޅަށް އަޑު އުފުލައި، ދިވެހިރާއްޖެއިން ދިއުމަށް ގޮވާލައިފި ނަމަ، ޖިނާއީ ކުށަކަށް އަރައިގަނެވި، އެ ބަޔަކު، ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިދާނެކަމަށް ބައެއް މީހުން ބުނާކަމަށް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: