ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ: ރޮޒައިނާ

ރައީސް ސޯލިހު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދޭން، ނުޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު، 2023ގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް އެންމެ ރަނގަޅުގޮތް ނޫންކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅީގެން ރައީސް ނަޝީދަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓްގައި ރޮޒައިނާ ވިދާޅުވީ، ރައީސް ސާލިހަށް ދިވެހިރާއްޖޭގައި ވެރިކަަން ކުރުމަށް ދެވަނަ ދައުރެއް ދިނުމަކީ، އެމްޑީޕީ އަދި ގައުމަށްވެސް އެންމެ ރަނގަޅުގޮތްކަމަށެވެ. އަދި ރައީސް ސާލިހަކީ، ރަނގަޅު ހެޔޮ ލަފާ ވެރިއެއްކަމަށް ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ، އެފަދަ ވެރިއަކު ލިބުމުން، ދެވަނަ ދައުރެއް ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، ފެހި ގާނޫނު އަސާސީއާއި އެކު، އެންމެ އަމާން ވެރިކަމެއް ކޮއްދެއްވީ، އެ މަނިކުފާނުކަމަށްވެސް ރޮޒައިނާ ފާހަގަކުރެއްވިއެވެ.

𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 on Twitter: “R @ibusolih dhevana dhaurakah hovumakee MDP ah ves adhi qaumah ves oi enme rangalhu goi. Rangalhu heyo lafaa veriaku libumun emeehakah dhevana dhaureh dheyn nujehey evves sababeh neiy. Fehi QA aa eku enme amaan verikameh kohdhevvee R Solih. Hamajehumah loabi kura verieh beynumee!” / Twitter

ރައީސް ސާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ނުޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، އެ ކަމަނާ ބޭނުންވަނީ، ހަމަޖެހުމަށް ލޯބި ކުރާވެރިއެއް ކަމަށް ރޮޒައިނާ ވިދާޅުވީއިރު، ރައީސް ނަޝީދުވަނީ  އަބްދުﷲ ޝާހިދު ވެރިކަމަށް ކުރިމަތިލެއްވުން ރަނގަޅުކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައިއެވެ.

ރައީސް ސާލިހަކީ، ހަމަޖެހުމަށް ލޯބި ކުރައްވާ ބޭފުޅެއްކަމަށާއި އެ މަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަކީ، ގައުމަށާއި، އެމްޑީޕީއަށްވެސް އެންމެ ރަނގަޅުގޮތްކަމަށް ފާހަގަކުރައްވާ ރޮޒައިނާ ޓްވީޓެއް ކުރެއްވިއިރު، ރައީސް ސާލިހުގެ ސަރުކާރުގެ ހިންގުންތެރިކަމަށް އެކި ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައިއެވެ. ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުން، އެމްޑީޕީމް ތައާރަފްކުރި ޓެކްސްގެ ނިޒާމުގެ ސަބަބުން ދައުލަތުގެ އާމްދަނީ 4 ބިލިއަން ރުފިޔާއިން 26 ބިލިއަނަށް އިތުރުވެގެންގޮސްފައިވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ފާހަގަކުރެއްވި އިރު، 4 ބިލިއަންގެ އާމްދަނީ އެއް ލިބިގެންދިޔައިރު، ދިވެހި ރާއްޖެއިން ދަރަނިތައް އަދާ ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިއެއް ނުވެއެވެ. އަދި މި ސަރުކާރުން ގިނަ ވައުދުތަކެއް ވެފައިވީނަމަވެސް އެ ވައުދުތައް ފުއްދުމަށް ވެރިކަން ފެށުނީއްސުރެއް މަސައްކަތެއް ނުކޮށް ތިބުމަށް ފަހު ރިޔާސީ އިންތިހާބު ގާތްވުމާއިއެކު، “ދަޅަ ދެއްކުމަށް” ވަޢުދު ފުއްދާކަމަށް ދައްކުވަން މަސައްކަތްތަކެއް ކުރާކަމަށްވެސް ބުނެއެވެ.

މީގެ އިތުރުން ގިނަ ފަރާތްތަކުން ބުނާގޮތުން، ދިވެހި ރާއްޖޭގައި އަބަދުވެސް ދީނީ ހިލާފުތައް އުފެދޭ ކަންކަމުގައި، މުޖުތަމައުގެ ތެރޭގައި އެކި ވަރުގެ ހަމަނުޖެހުންތައް އުފެދިދެއެވެ. އެހެންނަމަވެސް، ބައިނަލްއަގުވާމީ ހަރަކާތެއް ރައްޔިތުން ނުކުމެ ހުއްޓުވަން މަސައްކަތްކުރާވަރަށް ސަރުކާރުގެ އަމަލުތަކަށް ރުޅިވެރިކަން އަމާޒުވާ ހާލަތެއް އައިސްފައިނުވެއެވެ. އަދި، މިހާރު އާންމުވެފައިވާ ބަދު އަހުލާގީ އަމަލުތައް ހިންގާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކުން، ދިވެހި މުޖުތަމައުގެ ހާލަތު ގޯސްވެފައިވާ މިންވަރު ދައްކުވައިދޭކަމަށާއި، އެފަދަ އަމަލުތައް ގިނަވެގެންދާން ދިމާވެފައިވާ ސަބަބަކީ، މި ސަރުކާރުން އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް އެޅުމަށް ކަނޑައެޅިފައިވާ ފިޔަވަޅުތައް ނޭޅުންކަމަށްވެސް ބައެއް ފަރާތްތަކުން ބުނާކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: