ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ހައްދެއްްނެތް މިންވަރަށް އޮތްކަމެއް ނޫން: ރައީސް ނަޝީދު

މަޖިލީހުން ކުރިޔަށް ގެންދާ "އާސްކް ސްޕީކަރ"ގެ 5 ވަނަ ޕްރޮގްރާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާލުފާޅުކުރުމުގެ މިނިވަން ކަން ހަނި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކުރިއަށް ގެންދާ އާސްކް ސްޕީކަރ ޕްރޮގްރާމްގައި އާއްމު ފަރާތެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ހައްދެއްްނެތް މިންވަރަށް އޮތްކަމެއް ނޫންކަން ގާނޫނު އަސާސީއިން ސާފުކޮށްއެނގޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ ނަމުގައި އިސްލާމް ދީނާއި ހިލާފް ވާހަކަތައް ނުދެއްކޭނެ ކަމުގައެވެ.

ދޭދޭ ގުޅުމާއިއެކު އޮންނަ ހާރިޖީ ގުޅުންތަކަށް ބުރޫއަރާގޮތަށް ކުރާ މަސައްކަތްތަކަކީ ހިޔާލުފާޅު ކުރުމުގެ ނަމުގައި ކުރެވެން އޮތް ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހިޔާލު ފާޅުކުރުމަކީ ތަންމިނަށް އޮތް ކަމެއް ނޫން ކަމަށާއި އެކަމަކީ ހުދޫދެއްގެ ތެރޭގައި އޮންނަ ކަމެއް ކަމަށެވެ. އަދި ދޭދޭ ގައުމުތަކާއި ރާއްޖެއިން އޮންނަ ހާރިޖީ ގުޅުމަށް ބުރުއަރާ ބާވަތްތަކުގެ ކަންކަމަކީ ހިޔާލު ފާޅުކުރުމުގެ ނަމުގައި ކުރެވޭނެ ކަމެއް ނޫން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ އަކީ ޒަމާނުއްސުރެން ފަށައިގެން ގުޅުންއޮންނަ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި އިންޑިއާ އަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަންދޭ ގައުމެއްކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެންމެ ބޮޑަށް ބަރޯސާ ވާންޖެހޭ ގައުމަކީ އިންޑިއާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މިސަރުކާރުން ހިޔާލު ފާޅުކުރުމަށް ހުރަސް ނާޅުއްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް މަޖިލީހުގެ ކޮމިޓީތަކުގައި ވެސް މަސައްކަތްކޮށް، ތަޅުމުގައި ބަހުސްތަކެއް ކުރިޔަށް ގެންދިޔަ އެވެ. އަދި  ހަރަކާތްތައް ހުއްޓުވަން އަންގައި ތަންފީޒީ އިދާރާތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގަރާރެއް ނެރުއްވާފައެވެ. އެ ގަރާރު ނެރުއްވާފައި ވަނީ، އިންޑިއާ އައުޓްގެ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ނިންމާފައިވާތީ އެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ހިޔާލުފާޅުކުރުމާއި، އެއްވެ އުޅުމުގެ ހަރަކާތްތައް ހިންގުމުގެ މިނިވަންކަން ދެވޭނެ އެންމެ ފުޅާ މިނުގައި ދީފައިވާއިރު ޑިމޮކްރެޓިކް ވެއްޓެއް ނުވަތަ ވެރިކަމެއްގެ އެންމެ ބޮޑު އަމާޒަކަށް ވާނީ އެ އަސާސްތައް ދެމެހެއްޓުންކަން ގަރާރުގައި ފާހަގަ ކުރި އެވެ.

ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ކުރިޔަށް ގެންދާ އިންޑިއާ އައުޓްގެ ހަރަކާތަކީ ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި ކުރިޔަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ސިފަކޮށް ގަރާރުގައި ބުނީ މިއީ ރާއްޖޭގެ ސުލްހަމަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދެ ގައުމުގެ ދެމެދުގައި ވާ ގުޅުމަށް ގެއްލުންދީ މި ސަރަހައްދުގެ ސަލާމާތާއި ހަމަޖެހުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގެންދާ ހަރަކާތްތަކަށް ހުރަސް އެޅުމަށް ރާވައިގެން ކުރިޔަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.

ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގެ ދަށުން ޑިޕްލޮމެޓިކް މިޝަންތަކާއި، އެ ތަންތަނުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ރާއްޖޭގެ ޒިންމާއެއްގެ ގޮތުގައި ފާހަގަކޮށް ރައީސްގެ ގަރާރުގައި ވަނީ ވަކި ގައުމަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވީތީ އެއްވެސް ތަފާތު ކުރުންތަކެއް ނުގެންގުޅެވޭނެ ކަމަށެވެ. އަދި އެފަދަ ވިސްނުމާއި ހިޔާލުތައް ހުއްޓުވުމަކީ ގައުމުތަކުގެ މައްޗަށް އޮތް ޒިންމާއެއްކަމަށާއި މިއީ އދ. އިން ފާސްކޮށްފައިވާ އެކި ގަރާރުތަކާއި ވެސް ހިލާފު އަމަލުތަކެއްގެ ގޮތުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: