ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުދައަރާ ރަށްތަކަށް، ސަރުކާރުން އެހީތެރިވުމަށް އިދިކޮޅުން އިލްތިމާސްކޮށްފި

ނ. ހޮޅުދޫ އަށް އުދައެރުން ---- ފޮޓޯ މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އުދައިގެ ސަބަބުން ގިނަ ރަށްތަކެއްގައި ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، އެމް.އެން.ޑީ.އެފް އާއި އެން.ޑީ.އެމް.އޭ ގެ އަވަސް އެހީތެރިކަން، ފޯރުކޮށްދޭން އިދިކޮޅު ކޯލިޝަންގެ ފަރާތުން ސަރުކާރަށް އިލްތިމާޒްކޮށްފިއެވެ.

ރާއްޖެއަށް އަރަމުންދާ އުދައިގެ ސަބަބުން ގިނަ ރަށްތަކެއްގައި ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ފާހަގަކޮށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ނެރިފައިވާ ބަޔާނުގައި ވާގޮތުން، ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާ، ގިނަ ރަށްތަކެއްގައި ގެދޮރާއި މުދަލަށް ގެއްލުންތަކެއް ލިބެމުންދާކަމަށް އެ ޕާޓީއަށްވަނީ ހަބަރު ލިބިފައިއެވެ. އެކަމާއި ގުޅުވައި ގިނަ ފަރާތްތަކެއް ހާސްކަމާއި ކަންބޮޑުވުމާއި ބިރުވެރިކަމުގައި ތިބިކަމަށްވެސް އެޕާޓީން ނެރިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެއަށް އަރަމުންދާ އުދައިގެ ސަބަބުން ގިނަ ފަރާތްތަކެއް ހާސްކަމާއި ކަންބޮޑުވުމާއި ބިރުވެރިކަމުގައި ތިބިކަމަށް ހަބަރުތައް ލިބޭކަމަށް ފާހަގަކޮށް އިދިކޮޅުން ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ، މި ހާލަތުން އަރައިގަތުމަށް، އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅާ، އެމް.އެން.ޑީ.އެފް އާއި އެން.ޑީ.އެމް.އޭ މެދުވެރިކޮށް އެރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލާކަމަށެވެ. އަދި އައްޑޫ ސިޓީ އާއި ބައެއް އަތޮޅުތަކުގައި ގިނަ ރައްޔިތުންތަކެއްގެ ގެދޮރާއި މުދަލަށް ލިބެމުންދާ ގެއްލުމަށްވެސް ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކުން އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމުކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އިދިކޮޅުން ނެރިފައިވާ ބަޔާނުގައި ވާގޮތުން، އުދައިގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ފިޔަވަޅުއެޅުން ލަސްނުކުރުމަށާއި، މިކަމުގައި ގެއްލުންލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށް ހަންދާންކޮށްދޭ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި، ވޭތުވެ ދިޔަ އަހަރުތަކުގައި ސަރުކާރުން އެހީތެރިކަން ފޯރުވައިދީފައިވަނީ، ވަގުތު ފާއިތުވެދިޔަފަހުންކަމަށް ފާހަގަކޮށް އިދިކޮޅުން ބުނެފައިވަނީ، ސަރުކާރު ހިންގުމުގައި ހުރި އުނިކަންކަން ހައްލުކޮށް، ސީދާ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ބެއްލެވުމުގެ ދަށުން ވަގުތުން އެތަންތަނަށް ކަމާއި ބެހޭ ފަރާތްތައް ފޮނުވައިގެން ހާލަތު ބެލުމާއި އެކު، ރައްކައުތެރިކަމުގެ އަވަސް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިދިކޮޅުން އިލްތިމާޒް ކުރާކަމަށެވެ.

ރަށްތަކަށް އުދަ އެރުމާއި ގުޅިގެން ގެއްލުންތަކެއް ލިބެމުންދާކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ބަޔާނެއް ނެރިފައިވާއިރު އެމްއެންޑީއެފްއިންވެސް ވަނީ ބަޔާނެއް ނެރިފައިއެވެ. އެމްއެންޑީއެފް އިން ބުނެފައިވާގޮތުން، އުދަ އެރުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންވަނީ ހަރަކާތްތެރިވާން ފަށާފައިއެވެ. އަދި ސ މަރަދޫއާއި ހިތަދޫއަށް ޓީމްތައް ފޮނުވައިގެން ރައްޔިތުންނަށް އެހީތެރިވުމުގެ މަސައްކަތްވަނީ ފަށައި، އައްޑޫ ސިޓީގެ ގެތަކަށާއި، އައްޑޫ ސިޓީއަށްވެސް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތްތައް ފަށާފައިވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ގދ. ކާނޑެއްދޫ ޕޯސްޓްގެ ސިފައިން ދަނީ އުދައިގެ ސަބަބުން ގދ. އަތޮޅުގެ ރަށްތަކަށް ލިބުނު ގެއްލުންތައް ބަލަމުންދާކަމަށާއި، ގދ. މަޑަވެލީގައި ކާނޑެއްދޫ ޕޯސްޓްގެ ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: