ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގައި އިންޑިއާ ސަފީރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރެއް ނުކުރޭ! 

އިންޑިއާގެ ފޮރިން މިނިސްޓަރާއި ރައީސް ސޯލިހް ދާދިފަހުން ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ ފޮރިން މިނިސްޓަރާއި ރައީސް ސޯލިހް ދާދިފަހުން ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާނު ނުޕުރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަރު ފޮރިން މިނިސްޓްރީއަށް ހާޒިރު ނުކުރާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ، އެ މައްސަލައާއި ގުޅިގެން އިންޑިއާ ސަފީރު ހާޒިރުކުރިތޯ ސާފުކުރަން އޮންލައިން ނޫސް “ދިޔަރެސް” އިން ހުށަހެޅި މަހޯލި ފޯމަށް ދިން ޖަވާބުގައެވެ.

ނުޕުރު ޝަރުމާ ކުރި ފުރައްސާރައާއި ގުޅިގެން ވަރަށް ގިނަ އިސްލާމީ ޤައުމުތަކުން ވަނީ އެ ޤައުމުތަކުގައި ތިބޭ އިންޑިއާ ސަފީރުން ހާޒިރުކޮށް ރަސްމީކޮށް ނުރުހުން ފާޅުކޮށްފައެވެ.

ސަފީރުން ފޮރިން މިނިސްޓްރީއަށް ހާޒިރުކުރުމަކީ ސަފީރު ނިސްބަތްވާ ގައުމަކުން ކުރިކަމަކުން ސަފީރު ހުންނެވި ގައުމެއްގެ ސަރުކާރުގެ ނުރުހުން އޮތްކަން ރަސްމީކޮށް އެންގުމަށް ކޮންމެ ގައުމެއްގައި ވެސް ކުރާކަމެކެވެ. މީގެކުރިން ރައީސް ވަހީދުގެ ސަރުކާރާއި އަދި ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އެކި މައްސަލަތަކުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އިންޑިއާ ސަފީރު ހާޒިރުކޮށް ދިވެހި ސަރުކާރުގެ ނުރުހުން އިންޑިއާއަށް ރަސްމީކޮށް އަންގާފައިވެއެވެ.

ބީޖޭޕީގެ ތަރުޖަމާނު ނުޕުރު ޝަރުމާ ދެއްކި ވާހަކަތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރުނީވެސް ދިވެހި ސަރުކާރުން އެއަމަލު ކުށްވެރިނުކުރާތީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ، ސަރުކާރަށް ޕްރެޝަރު ބޮޑުވުމުންނެވެ.

ބީޖޭޕީގެ ތަރުޖަމާނު ނުޕުރު ޝަރުމާ ރަސޫލާއަށް ފުރައްސާރަ ކުރިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވީ ފަހުން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައިވެސް ނުޕުރު ޝަރުމާގެ ވާހަކަތައް ކުށްވެރިކުރުމުގެ ބަދަލުގައި ބީޖޭޕީއަކީ އެހެން ދީންތަކަށް އިހުތިރާމު ކުރާ ޕާޓީއެއް ކަމަށްބުނެ އެ ޕާޓީން ނުޕުރު ޝަރުމާ ސަސްޕެންޑުކުރި ކުރުމަށް ތައުރީފުކޮށްފައިވެއެވެ.

ރާއްޖެ އިން ބަޔާން ނެރުނުން ލަސްވުމުން ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ރައީސް ސޯލިހް ވަނީ ބަޔާން ނެރުން ލަސްނޫން ކަމަށް ވިދާޅުވެ އެކަންވެސް ދިފާއުކުރައްވާ ވާހަކަ ދައްކަވާފައެވެ.

ނުޕުރު ޝަރުމާ ކުރި ފުރައްސާރައާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލައި މާލޭގައި ސައިކަލުބުރެއްވެސް ބާއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: