ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޝްކާގެ މަރު: އެންމެ ފަހުން އާއިލާއަށް މިޖެހުނީ މައްސަލަ ހިފައިގެން ސިވިލް ކޯޓަށް ދާން!

ކޮވިޑު ބަލީގައި ނިޔާވި މިޝްކާ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް ބަލީގައި މިދިޔަ އަހަރު ނިޔާވި އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ ހާލު ސީރިއަސްވެ ހޮސްޕިޓަލަށް ގެންދިޔުމުގައި އިހުމާލުވެފައިވާ މީހުންގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުގެ ހައްގު މިޝްކާގެ އާއިލާއަށް ލިބިގެންވާ ކަމަށް ނިންމައި މިޝްކާގެ ބައްޕަ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ހުށަހެޅި މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ކޮމެޓީން ނިންމައި މައްސަލަ ފައިލްކޮށްފިއެވެ.

ނޭވާ ލާން އުނދަގޫވެ ހާލަތު ގޯސްވާތީ މިޝްކާގެ ބެލެނިވެރިން އެޗްޕީއޭއަށް ރިޕޯޓުކުރިއެވެ. އެހެން ނަމަވެސް ކުއްޖާ ނިޔާވެފައިވަނީ އެމްބިއުލާންސް އެކްޓިވޭޓު ނުކޮށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވީ ފަހުންނެވެ.

މިޝްކާގެ ބައްޕަ މަޖިލީޙުގެ ހިޔުމަން ރައިޓްސް ކޮމެޓީއަށް ހުށަހެޅި މައްސަލާގައި ކަމާއި ގުޅުންހުރި މުއައްސަސާތައް ކޮމެޓީއަށް ހާޒިރުކޮށް ކެމެޓީން އެއްކުރި މައުލޫމާތަށް ފަހު ނިންމީ އިހުމާލުވި ފަރާތްތަކާއި މެދު ހެލްތް މިނިސްޓްރީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

މީގެއިތުރުން މިޝްކާގެ މަރުގެ މައްސަލައިގައި ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކުރި ތަހުގީގަށް ފަހުރިޕޯޓެއް ތައްޔާރު ކޮށް އަމަލު ކުރަންވީ ގޮތް ކަމާއި ގުޅުންހުރި މުއައްސަސާތަކަށް އަންގާފައި ވާތީ ކޮމެޓީން އިތުރަށް މައްސަމަ ކުރިއަށް ނުގެންދަން ވަނީ ނިންމާފައެވެ.

މިޝްކާގެ މަރުގެ މައްސަލައިގައި ކޮމެޓީން ނިންމި ނިންމުމުގައިވާ ގޮތުން މިޝްކާގެ މަރުގެ މައްސަލައިގައި އެޗްއާރުސީއެމްއިން ކުރި ތަހުގީގުގެ ރިޕޯޓާއި އަދި އިހުމާލުވި ފަރާތްތަކާއި މެދު ހެކްތް މިނިސްޓްރީން އެޅި ފިޔަވަޅު ވަނީ މިޝްކާގެ ބައްޕައަށް ލިޔުމުން ހިއްސާ ކޮށްފައެވެ. އެހެން ކަމުން ހެލްތް މިނިސްޓްރީން އެޅި ފިޔަވަޅުތަކާއި އެޗްއާރުސީއެމްގެ ރިޕޯޓަށް ބަލައި އިހުމާލުވި ފަރާތްތަކާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުގެ ހައްގު މިޝްކާގެ އާއިލާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ކޮމެޓީން ވަނީ މައްސަލަ ނިންމާލާފައެވެ.

މައްސަލައިގައި ހެލްތް މިނިސްޓްރީން އެކުލަވާލި ތަހުގީގު ރިވިއުއިން ދައްކާ ގޮތުން، އެމްބިއުލާންސް އެކްޓިވޭޓުކުރި ކަމަށް ބުނެ އާއިލާއަށް ދޮގު މައުލޫމާތުތައް ދީފައިވެއެވެ. އަދި ކުއްޖާ ބަލައި އެމްބިއުލާންސް ފޮނުވާފައިވަނީ އާއިލާގެ ފަރާތުން މީހަކު އެންމެ ފަހުން ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ހިންގާ ދަރުބާރުގެއަށް ގޮސްގެންނެވެ.

ހެލްތް މިނިސްޓްރީގެ ރިޕޯޓުން ދައްކާ ގޮތުގައި ކޮވިޑު ޖެހޭ އުމުރުން 15 އަހަރުން ދަށުގެ ކުދިންގެ ހާލަތު ގަވައިދުން ބަލަން ޖެހެއެވެ. އެހެން ނަމަވެސް މިޝްކާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވާއިރު ވެސް އެ އުސޫލުގެ ތެރެއިން އަމަލުކޮށްފައި ނުވާކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މިޝްކާގެ ހާލަތު ގޯސްވެ، ބެލެނިވެރިން އެތައް ފަހަރަކު ގުޅައި އާދޭސް ކުރިކަން ރިޕޯޓުން އެނގެން އެބައޮތެވެ. ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިޝްކާ ނިޔާވީ އީއާރުއަށް ގެންދިޔަތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

މިޝްކާގެ މަރުގެ މައްސަލައިގައި އިހުމާލުތައްވާކަމަށް، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވެސް އިއުތިރާފުވެވަޑައިގެންނެވި އެވެ. އަދި އެކަން ރިޕޯޓުގައި ހިމަނާފައި އޮތަސް، މިހާތަނަށް މައްސަލައިގައި އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅަ އެވެ.

މި ރިޕޯޓު އާއްމު ކުރުމުން މިޝްކާގެ އާއިލާގެ ބައެއް މެމްބަރުން ވަނީ، ރިޕޯޓުގައި ހިމަނާފައިވަނީ ގޯސް މައުލޫމާތުތަކެއްކަމަށް ބުނެފައެވެ. އަދި ރިޕޯޓުގައި ހިމަނާފައިވަނީ ސައްހަ ވަގުތުތަކެއް ނޫންކަމަށް ބުނެ، ކޯލް ހިސްޓްރީ ފެންނަ ސްކްރީންޝޮޓުތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރިއެވެ.

އާއްމުންނާއި މީޑިއާތަކުގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް، އާއްމުންގެ ފަރާތަކުން ވަނީ މިޝްކާއަށް އެޓެންޑުވުމުގައި އިހުމާލުވީ މީހުންނަށް ފިޔަވަޅު އަޅައިދޭން އެދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އެޑްރެސްކޮށް ސިޓީއެއް ހުށަހަޅާފަ އެވެ. ނަމަވެސް މިއީ އާއިލާއިން ހުށަހެޅި ސިޓީއެއް ނޫނެވެ

މިޝްކާ ނިޔާވުމުގައި އިދާރާތްތަކުގެ އިހުމާލު ހިމެނޭކަން ފާހަގަކޮށް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެކަމާއި ގުޅިގެން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކޭސް ރިވިއުއަށް ފަހު ފާހަގަ ކުރެވޭ ކަންތަކަށް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ރިޕޯޓު އާއްމު ކުރާނެކަމަށް ބުނިތާ އެއް ދުވަސް ފަހުން، އާއްމު ކުރި އެ ރިޕޯޓުން ކަންބޮޑުވާންޖެހޭ ގިނަ ކަންތަކެއް ފާހަގަ ކުރެވުނެވެ. އޭގެ ތެރޭގައި އާއިލާއިން އެތައް ފަހަރަކު ގުޅުމުން ވެސް، އެމްބިއުލާންސް ފޮނުވާފައިވާކަމަށް ބުނީ، އެމްބިއުލާންސް އެކްޓިވޭޓު ނުކޮށްކަން ވަނީ ހާމަ ވެފައެވެ.

ހާދިސާއާއި ގުޅިގެން ފާހަގަ ކުރެވުނު ކަންތަކުގެ ގޮތުގައި ރިޕޯޓުގައި ބުނެފައިވަނީ، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި މިއީ އިމަޖެންސީ ހާލަތެއްގައި ބަލާފައި ނެތް ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އަމަލު ކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ނެތުމާއި އެކު، އެމްބިއުލަންސް ޓްރިގާރ ކުރަންޖެހޭ ވަގުތު އެކަންކޮށްފައި ނުވާ ކަމަށެވެ.

އެމްބިއުލާންސް އެކްޓިވޭޓު ކުރަންޖެހޭ ހާލަތެއްގައި ވެސް، 2 ގަޑިއިރާއި 26 މިނެޓު ވެހިކަލް ނުފޮނުވައި ހޭދަކުރިކަމަށް ރިޕޯޓުގައި ވެއެވެ. އަދި މިއީ އިމަޖެންސީ ހާލަތެއް ނަމަވެސް ޑީއެމްއާރުޓީ އާއި ސީމެޓަށް އެ މައުލޫމާތު ހިއްސާ ކުރެވި އަމަލު ކުރަންޖެހޭ އުސޫލާއި އެއްގޮތަށް އެމްބިއުލާންސް ފޮނުވަން އަންގާފައިނުވާކަން ތަހުގީގަށް ފާހަގަ ކުރެވުނުކަމަށެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 74%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: