ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

137 މީހުންނާއިއެކު ދަތުރުކުރި ބޯޓެއް ދިޔަވާތީ އެމްއެންޑީއެފް އިން އެެހީތެރިކަން ފޯރުކޮށްދީފި!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން ފުރައިގެން ރ.ދުވާފަރަށް ދަތުރުކުރަމުންދިޔަ 85 ފޫޓުގެ “ސަމަންދަރު” ބޯޓަށް، ބ.އޭދަފުށީން 10ނމ ބޭރުން ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމްއެންޑީއެފުން ކުރި ޓްވީޓެއްގައެވެ.

މާލެއިން ފުރައިގެން 137 މީހުންނާއެކު ރ.ދުވާފަރަށް ދަތުރުކުރަމުންދިޔަ 85 ފޫޓުގެ “ސަމަންދަރު” ބޯޓަށް، ބ.އޭދަފުށީން 10ނމ ބޭރުން ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވަނީ ހެދުނުގެ ވަގުތެއްގައެވެ.
“ޖޫން ޖުލައި” ގެ ގަދަ ކޮޅިގަނޑާއި ދިމާކޮށް މޫސުން ގޯސްވަމުން އަންނާތީ ދަތުރުފަތުރު ކުރީ މީހުން މޫސުމަށް ސަމާލުކަން ދިނުމަށްވެސް މޯލްޑިވްސް މީޓިއޮރޮޮލޮޖިކަލް ސެންޓާ (މެޓް) އޮފީހުން ވަނީ އިލްތިމާޒްކުރައްވާފައެވެ.
މޫސުމަށް އައި ބަދަލުތަކުގެ ސަބަބުން ގިނަ ރަށްތަކަށް އުދައެރުމުގެ ސަބަބުން ބޮޑެތި ގެއްލުން ލިބިފައިވާއިރު، އޭގެ ތެރޭގައި އދ. ފެންފުށި އާއި ޅ. ކުރެންދޫ އަދި ތ. އަތޮޅުގެ ނުވަ ރަށެއްގެ އިތުރުން ލ. މާވަށާއި ގއ. ކޮލަމާފުށީ އަދި ގދ. ގެ ހަތަރު ރަށަކާއި އައްޑު އަތޮޅެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: