ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެ، ދެކުނަށް މޫސުން ރަނގަޅު ވާނެ: މެޓް

މޫސުން ގޯސް ދުވަހެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރަކޮށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ދެން މޫސުން ރަނގަޅު ވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ދެކުނުގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑި އިރަށް ބަލާއިރު ކުޑަކޮށް ކެރީގެ އަސަރުކޮށްފާނެ ކަމަށް ލަފާ ކުރެވުނު ނަމަަވެސް މޫސުން ރަނގަޅުވާނެކަމަށެވެ.

މީގެ އިތުރުން މެޓް އިން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދިޔަވަރު ބޮޑު ވަގުތުތަކުގައި ކުޑަކޮށް އުދަ އެރި ނަމަވެސް އުދައިގެ އަސަރު ދެން ކުޑަ ވާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ނަމަވެސް އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަ ވާނެ ކަމަށް މެޓު އޮފީހުން މައުލޫމާތުދެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. އެގޮތުން ގދ. މަޑަވެލީގެ 98 އިންސައްތަ ގޭބީސީއަށް އެކި ވަރުގެ ގެއްލުން ލިބުނު ކަމަށް އެ ރަށުގެ ކައުންސިލުން ބުނެއެވެ.

“ޖޫން ޖުލައި” ގެ ގަދަ ކޮޅިގަނޑާއި ދިމާކޮށް މޫސުން ގޯސްވަމުން އަންނާތީ ދަތުރުފަތުރު ކުރާ މީހުން މޫސުމަށް ސަމާލުކަން ދިނުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާޒްކުރައްވާފައެވެ. މޫސުމަށް އައި ބަދަލުތަކުގެ ސަބަބުން ގިނަ ރަށްތަކަށް އުދައެރުމުގެ ސަބަބުން ބޮޑެތި ގެއްލުން ލިބިފައިވާއިރު، އޭގެ ތެރޭގައި އދ. ފެންފުށި އާއި ޅ. ކުރެންދޫ އަދި ތ. އަތޮޅުގެ ނުވަ ރަށެއްގެ އިތުރުން ލ. މާވަށާއި ގއ. ކޮލަމާފުށީ އަދި ގދ. ގެ ހަތަރު ރަށަކާއި އައްޑު އަތޮޅެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: