ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢުމްރާނީ ތަރައްޤީ ޕްލޭން ކުރާއިރު ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޚިދުމަތްތައް ކަށަވަރުކުރަންޖެހޭ: ނަޛީރު

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޛީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޢުމްރާނީ ތަރައްޤީ ޕްލޭން ކުރާއިރު ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭނެގޮތް ކަށަވަރުކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޛީރު ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައި ދެއްވައި ވާހަކަ ދައްކަވަމުންނެވެ. ފޭސް 2 ގެ ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ އުމްރާނީ ގޮތުން ރާއްޖެ ތަރައްޤީ ކުރަމުންދާއިރު އަދި ޚާއްސަކޮށް ހުޅުމާލެ ފަދަ އާބާދީ މަރުކަޒުތައް ޤާއިމްކުރަމުންދާއިރު އެތަންތަނުގެ އަމަން ބަލަހައްޓާނެ ގޮތުގެ ޕްލޭނާއި ވިސްނުން ހުންނަން ޖެހޭ ކަމަށެވެ.

ނަޛީރު ވިދާޅުވީ ކުށުގެ މާހައުލަށް އަންނަމުންދާ ބަދަލާއި ކުށުގެ މާހައުލަށް މީހުން ވެއްދުމަށްޓަކައި ރާވައިގެން ތަރުތީބު ކޮށްގެން ކުށް ކުރަމުންދާ މީހުން ކުރަންދާ މަސައްކަތް ދެނެގަތުމުން، އަމަން ބަލަހައްޓާ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތް އެއަށްވުރެ ބޮޑަށް ތަރުތީބު ކޮށްގެން ނޫންގޮތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މައްސަލަތަކަށް ޙައްލު ހޯދެން ނެތްކަން އެނގިގެންދާ ކަމަށެވެ.

ހުޅުމާލޭގެ 2 ވަނަ ފޭސްގައި ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަދައްކަވަމުން ނަޛީރު ވިދާޅުވީ ހުޅުމާލެ ފޭސް ދޭއްގައި ކުރެވުނު ތަޖުރިބާއިން ދަސްކުރަންޖެހޭ ފިލާވަޅަކީ މިފަދަ އާބާދީ މަރުކަޒުތައް ޕްލޭންކުރާ މަރުހަލާގައި ކަރަންޓާއި ނަރުދަމާ އަޅާނެ ގޮތާމެދު ވިސްނާ ވިސްނުމަށްވުރެ ބޮޑަށް މި ތަންތަނުގެ ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭނެ ގޮތަކާމެދު ވިސްނުން މުހިންމުކަން ކަމަށެވެ. ކުށެއް ކުށަކަށް ވުމުގެ ކުރިން ކުށެއް އުފެދިދާނެ ކަންކަން ދެނެގަނެ އެކަން ޙައްލު ކުރަންޖެހޭ ކަމަށާއި ޚިދުމަތް ދިނުމަށްޓަކައި ކުރާ ހޭދައިގެ ބޮޑު އިންސައްތައެއް ކުށެއް އުފެދުމުގެ ކުރިން ހުއްޓުވުމަށް ކުރާ މަސައްކަތަށް ހޭދަކުރަން އެބަޖެހޭ ކަމަށް ނަޛީރު ފާހަގަކުރެއްވިއެވެ.

“އިންސައްތައިން ބޮޑުބައެއް މިހާރު ހޭދަކުރަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. ކުށެއް ކުށަކަށް ވުމުގެ ކުރިން އެކަން ފާހަގަކޮށް ކުށެއް ނުއުފެދެނީސް އެކަން ހުއްޓުވުމަށްކުރާ މަސައްކަތަށް. މިދަންނަވަނީ ކްރައިމް ޕްރިވެންޝަންއަށް. ގޭގެއަށް. ފަޅުއޮޑިފަހަރަށް، ހޮޅުއަށިތަކަށް ތިބޭފުޅުން ވަޑައިގެން ކުށެއް އުފެދިދާނެހެން ހީވާ ކަންކަން ދެނެގަނެ ކުށަކަށްވުމުގެ ކުރިން އެކަންކަން ޙައްލު ކުރުމަށް ކުރާ މަސައްކަތް އަޅުގަނޑުމެން އިތުރު ކުރަންޖެހޭ”

ނަޛީރު ވިދާޅުވިއެވެ.

ނަޛީރު ވިދާޅުވީ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާއި ޒިޔާރަށް ކުރާ އެންމެހައި ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ޚިދުމަތް ދެވޭނެ އުމްރާނީ ވަސީލަތް އެހާ ލަސްނުވެ ގާއިމް ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: