ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިހޭ ފައި މައްޗަށް ފޮއި ވެއްޓިއްޖެ: އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 އަށްފަހު ޔޫކްރެއިން ރަޝިޔާގެ ހަގުރާމަ އައުމުގެ ސަބަބުން ރިހޭ ފައި މައްޗަށް ފޮއި ވެއްޓިއްޖެކަމަށް ފިނޭންސް މިނިސްޓާ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެެވެ.

ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ މާލީ ހާލަތާއި ބެހޭގޮތުން ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ރާއްޖެއަށް މިއަދު މި ހާލަތު ކުރިމަތިވީ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އައި ހީނަރުކަމާއި ގުޅިގެންކަމަށެވެ. ދެން ކުރިމަތިވީ ޔޫކްރެއިން ރަޝިއާގެ ހަގުރާމަ އާއި ކަމަށާއި އެއާއިއެކު ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީކަމަށް އަމީރު ވިދާޅުވިއެވެ.

ކޮވިޑު 19 އިގެ އެންމެ ގޯސްވެގެން ދިޔަ ހާލަތަށް ފަހު ރާއްޖެ ހިންގީ ދަރަނި ނަގައިގެންކަން ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ކަރެކްޓިވް މެޝާރސްތަކެއް ނަގަން ޖެހޭކަމަށާއި ހަރަދުތައް ކުޑަ ނުކޮށްފިނަމަ ދަތިތަކާއި ކުރިމަތިވާނެކަމަށެވެ.

ދަރަނި ނަގައިގެން ނަމަވެސް މެނޭޖްކުރެވުނުކަމަށާއި މިއަދު ރާއްޖޭގެ އިގްތިސާދު ކުރި މި އަރަނީ އެހެންވެގެންކަމަށް ވިދާޅުވެ އަމީރު ފާހަގަކުރެއްވީ އިގްތިސާދީ ހަރަކާތްތަށް ރާއްްޖޭގައި ރަނގަޅުކަމަށާއި މި ދަނީ ކުރިއަރަމުންކަމަށެވެ. އެގޮތުން ފަތުރުވެރިން ރާއްޖެ އަންނަ އަދަދުވެސް ގިނަ ވެއްޖެކަމަށާއި އެވެރެޖް ޓޫރިސްޓް ނަންބާރސް ހިފެހެއްޓާ މެނޭޖްކުރެވޭކަމަށް އަމީރު ވިދާޅުވިއެވެ. ނަމަވެސް ފިސިކަލް ޗެލެންޖެސްތަކެއް އެބަހުރިކަމަށާއި އެހެންކަމުން އެބޭފުޅުން އެ ވިދާޅުވަނީ މިކަމުން ސަލަމާތްވުމަށް އަޅަން ޖެހޭ ފިޔަވަޅުތައްކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވަނީ ރާއްޖޭގައި މާލީ ކަންކަމާއި ބެހޭސިޔާސަތުތަކަށް ބަދަލު ނުގެނެސްފިނަމަ ނުވަތަ ކަރެކްޝަނަލް މެޝާރސްތަކެއް ނާޅައިފިނަމަ ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދު އިތުރުވެގެންދާނެކަމަށްވެސް ވިދާޅުވެފައެވެ.

ރާއްޖެ ބަގުރޫޓުވެދާނެކަމުގެ އިންޒާރު މީގެ މަހެއް ހާ ދުވަސްކުރިން ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން ދެއްވުމާއިއެކު ރާއްޖޭގެ މާލީ އިދާރާ އާއި ސަރުކާރާއި ކެބިނެޓުންވެސް ބުނަމުން އައީ މިފަދަ ހާލަތެއް ރާއްޖެއަށް ކުރިމަތި ނުވާނެކަމަށާއި މާލީ ރިޒާވް އެބަހުރިކަމަށެވެ. ކަންބޮޑުވާންޖެހޭ ހާލަތެއް ނެތްކަމަށް ވިދާޅުވެ ދެން ސަރުކާރުން ރައްޔިތުނަށް އެންގީ ހަރަދު ކުޑަކުރަންޖެހޭކަމަށާއި އަންދާޒާ ކުރެވިފައިވާ މިންވަރަށްވުރެ ބޮޑަށް ދައުލަތުގެ ހަރަދު އިތުރުވެގެން ގޮސްފިކަމަށެވެ.

ވަރަށް ގަދަ
2%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 7%ވަރަށް ދެރަ 85%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. ދަވްލަތުގެ ޚަރަދުތައް ހަބޭސް ޢާންމު ރައްޔިތުން ޚަރަދު ކުޑަކުރާވާހަކަ މިދައްކަނީ މީ ކޮންބައެއް ތަނެއްދޮރެއް އެގޭބައެއްނޫން

  2. ގައިގަ ނެތް ފެންވަރަށް ފޮނި ދައްކަން އުޅުނީމާ ވާނީ ތިހެން

  3. ވަޒީރާއި ނާއިބު ފިޔަވައި ދެންތިމީހުން ގެއަށްފޮނުވާފަ ގާބިލު ޕާރމަނަންޓް ސެކްރެޓަރީއިންނަށް ބާރާއި އިޚުތިޔާރުދީގެން އެމީހުން ލައްވާ ގައުމު ހިންގީމާ ޚަރަދުކުޑަވާނީ. ޕާޓީގެ ނުވަތަ ކޯލިޝަން ޕާޓީގެ މެމްބަރަކަށް ވީމާ ރައްޔިތުން ބުރަމަސައްކަތުން ހޯދާ ފައިސާ ކުރާނެ މަސައްކަތެއް ނެތް ބަޔަކަށް ބަހަން ރައްޔިތުން ހުއްދައެއް ނުދެން

  4. ރާއްޖެ ބަނގުރޫޓު ވަމުން މިދަނީ ދުނިޔެއަށް ދިމާވި ޙާލަތަކުން ނޫނެވެ. ސަރުކާރުން ގެންގުޅު ދޯހަޅި އަދި ކޮންމެގޮތެއް ވަރިހަމަ ސިޔާސަތުގެ ސަބަބުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: