ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މަގުހެދުމުގެ މަޝްރޫޢު އަތުލި މައްސަލައިގައި ކޯޓަށް ދިއުމަށް ސިޓީ ކައުންސިލުން ނިންމައިފި

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލްގެ އަތުން އަތުލީ، ހެދިފައިވާ އެއްބަސްވުމާއި، ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އެ މައްސަލައިގައި ކޯޓަށް ދާން ކައުންސިލުން ނިންމައިފިއެވެ.

މަގު ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލްގެ އަތުން އަތުލީ، ހެދިފައިވާ އެއްބަސްވުމާއި، ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އެ މައްސަލައިގައި ކޯޓަށް ދާން ކައުންސިލުން ނިންމީ މިއަދު ބޭއްވި ކައުންސިލް ޖަލްސާގައޮ ބައޮވެރޮވޮ މެމްބަރުންގެ އިއްތިފާގުންނެވެ

މަގު ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަތުލި މައްސަލައިގައި ކޯޓަށް ދިއުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ލޯކަލް ގަވާރމެންޓް އޮތޯރިޓީއަށާއި، ކޯޓަށް ހުށައެޅުމުގެ އިތުރުން އެ މައްސަލަ އޭސީސީއަށްވެސް ހުށައެޅުމަށް ވަނީ ނިންމާފައެވެ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވުމަށް ނިންމާފައިވަނީ ކައުންސިލާއި މަޝްވަރާ ކުރުމެއްނެތި ކައުންސިލުން ކުރުމަށް ހަވާލުކޮށްފައިވާ މަސައްކަތެއް އަތުލުމާއި ގުޅިގެން އެކަމުގެ ތަފްސީލު ހާމަ ކުރެއްވުމަށެވެ. އަދި ރައްޔިތޔުންގެ މަޖިލީހަށް ސިޓީ ފޮނުވުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާއި ބައްދަލުކުރުމަށެވެ. މިކަމާއި ގުޅިގެން މަޝްވަރާ ކުރުމަށް ސިޓީ ފޮނުވަން ނިންމި 3 ވަނަ ތަނަކީ ލޯކަލް ގަވާރމެނޓް އޮތޯރިޓީއެވެ.

ކޯޓަށް މައްސަލަ ހުށައެޅުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުން ކުރުމަށް ހަވާލުކޮށްފައިވާ މަސައްކަތެއް ސަރުކާރުގެ އެހެން ވުޒާރާއަކުން ހިންގުމަށް އަތުލުމާއި ގުޅިގެން އެކަމުގެ ޤާނޫނީ ހައްލު ހޯދުމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެކަން ހުށައަޅަން ނިންމާފައިވަނީ ކުރިން 39 މިލިއަނަށް ކުރުމަށް ނިންމާފައިވާ މަސައްކަތެއް 84 މިލިއަން ރުފިޔާއަށް ކުރުމަށް ހަމަ އެއްބަޔަކާއި ހަވާލުކުރުމުން އެކަމުގައި ކޮރަޕްޝަނުގެ މައްސަލައެއް އޮތްތޯ ބެލުމަށެވެ.

މި އިދާރާތަކާއި ބައްދަލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިމިވަނީ 39 މިލިއަން ރުފިޔާއަށް ކުރުމަށް ހަވާލުކުރި މާލެ ސިޓީގެ މަގުހެދުމުގެ މަސައްކަތް 84 މިލިއަނަށް އެމަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި އަލުން ހަވާލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މާލެ ސިޓީ ކައުންއިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ، މާލެ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއަކީ، ޕްލޭނިންގް މިނިސްޓްރީއާއި އެކު، މަޝްވަރާ ކުރެވި އެއްބަސްވުމެއް ގާއިމު ކުރެވުމަށްފަހު ހިންގަން ފެށި މަސައްކަތެއްކަމަށެވެ. އެހެންނަމަވެސް، ރޯޝަނީ މަގާއި ހިސާބަށް އެ މަސައްކަތް ކުރިއަށް ގޮސްފައިވަނިކޮށް، ޕްލޭނިންގް މިނިސްޓްރީންވަނީ ފައިސާ ދޫކުރުން ހުއްޓާލީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ހެދުމަށް ޕްލޭނިންގް މިނިސްޓްރީއާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރަން ޖެހޭ ފައިސާތައް އެ މިނިސްޓްރީން ދޫނުކުރާކަމަށް ފާހަގަކޮށް އިތުރަށް ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ޕްލޭނިންގް މިނިސްޓްރީން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުންް، ރޯޑް ޑިވެލްޕްމެންޓް ކޯޕަރޭޝަނަށް އެތައް ގެއްލުމެއް ލިބިފައިކަމަށެވެ. އަދި އެ ކުންފުނިންވެސް އެކަމާއި ވިދިގެން މަސައްކަތްތައް ކުރިއަށް ނުގެންދާކަމަށްވެސް، މުއިއްޒު ފާހަގަކުރިއެވެ.

މާލޭގެ މަގުތައް ހެދުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރަށް ފައިސާ ނުދެވުމުގެ ސަބަބުން، އެ ކުންފުނިން އިތުރަށް މަސައްކަތްތައް ކުރިއަށް ނުގެންދިޔަކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އެފަދައިން ކަން ދިމާވުމުން، މަަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވޭތޯ، ޕްލޭނިންގް އަދި ފެނޭންސް މިނިސްޓްރީއާއިއެކުވެސް ބައްދަލުވުންތަކެއް ކުރިއަށް ގެންދިއަކަމަށެވެ.

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ބަޖެޓްކުރެވިފައިވާ މަޝްރޫއުއެއް ކަަމަށްވުމުން، އެކަން ކުރިއަށް ގެންދިއުމަށް ޕްލޭނިންގް އަދި ފިނޭންސް މިނިސްޓްރީއާއިއެކުވެސް ބައްދަލުކޮށްފައިވާކަމަށް ފާހަގަކުރައްވާ، މުއިއްޒު ވިދާޅުވީ، އެހެންނަމަވެސް އެކަމަށް އެެއެއްވެސް ކުރިއެރުމެއް ލިބިފައިނުވެ މިހާރު ހަތް މަސްދުވަސް ފާއިތުވެގެންގޮސްފި ކަމަށާއި، އެ މަސައްކަތަކީ 2022 ވަނަ އަހަރަށް ބަޖެޓު ކުރެވިފައިވާ މަޝްރޫއުއެއް ކަމަށްވުމުން ފައިސާ ނުލިބި ގޮސްގެން ނުވާނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެނާ ވިދާޅުވީ، އެ ކައުންސިލުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރު ކަމަށެވެ. އެހެން ނަމަވެސް މި މަސައްކަތްތައް ވަނީ ކުރިއަށް ގެންދިޔަ ނުދީ ހިފަހައްޓާފައިކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ރައީސް ސާލިޙުގެ ކެބިނެޓިން ނިންމައިގެން ކަމަށް ބުނެ މަގު ހެދުމުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އަލުން އާރުޑީސީއާ ހަވާލު ކުރީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި އެަކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: