ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔޭގެ ތެލުގެ އަގުތަކަށް ބޮޑު ބަދަލުތަކެއް!

އޮއިލް ރިގެއް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން، އިންތިހާއަށް މައްޗަށް ގޮސްފައިވާ ތެލުގެ އަގުތައް ވެއްޓިއްޖެއެވެ.

ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ މަޝްރަހަށް އައިސްފައިވާ ބަދަލުތަކާއި، ދުނިޔޭގެ އިގްތިސޯދާއި ތެލުގެ މާކެޓަށް އައިސްފައިވާ ލޮޅުމާއި ގުޅިގެން ތެލުގެ އަގުތައް މައްޗަށް ގޮސް، ބައެއް ގައުމުތަކަށް ތެޔޮ ހޯދުމުގައިވެސް ދަތިތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ދުނިޔޭގެ މާކެޓުން ތެލުގެ އަގުތައްވަނީ ދަށަށްގޮސްފިއެވެ.

ދުނިޔޭގެ ތެލުގެ އަގުތައް އިންތިހާއަށް މައްޗަށް ދިއުމަށް ފަހު، ކުއްލި ގޮތަކަށް ވެއްޓިފައިވާ ސަބަބަކީ، އޭޝިއާ އަދި، ޔޫރަޕުގެ ގައުމުތަކުގައިވެސް ކޮވިޑްގެ ބަލިމަޑުކަން އަލުން ފެތުރެން ފެށުމާއި ގުޅިގެން، އެ ގައުމުތައް ލޮކްޑައުން ކުރުމުން، ތެލުގެ ޑިމާންޑަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެންނެވެ. އެގޮތުން އޭޝިއާ ސަރަހައްދު ގައުމުތަކަށް ތެޔޮ ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އޮމާން ޑީއެމްއީއިން ވިއްކާ ތެޔޮ ފީފާއެއްގެ އަގަށްވެސްވަނީ 7.72 އިންސައްތައިގެ ބަދަލެއް އައިސްފައިއެވެ.

ޗައިނާ ފަދަ ބައެއް ބޮޑެތި ގައުމުތަކުގައި ކޮވިޑް ފެތުރެން ފެށުމާއި ގުޅިގެން ލޮކްޑައުންއަކަށް ގޮސްފައިވުމުން، ތެލުގެ ޑިމާންޑް ދަށަށް ގޮސް، އޭޝިއާ ބައްރަށް ތެޔޮ ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުނިން ވިއްކާ ތެޔޮ ފީފާއެއްގެ އަގު ސަތޭކަ ޑޮލަރާއި ގާތަށް ދަށަށް ގޮސްފައިވާއިރުު، އެމެރިކާ އަދި ކެނެޑާ ފަދަ ގައުމުތަކުގައިވެސް ތެލުގެ އަގުތައްވަނީ ވެއްޓިފައިއެވެ. އެގޮތުން އެ ދެ ގައުމުގެ ބައެއް ކުންފުނިތަކުން ސަތޭކަ ޑޮލަރަށްވުރެވެސް ދަށް އަގެއްގައި ތެޔޮ ފީފާއެއް ވިއްކާކަމަށް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
70%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: