ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިންގަޕޫރުގެ ޖީއެސްޓީ ބޮޑު ކުރަނީ، 6.6 ބިލިއަން ޑޮލަރުގެ ރިލީފް ޕެކޭޖެއްވެސް ދެމުން!

ސިންގަޕޫރުގެ މާލީ ވަޒީރު ލޯރެންސް ވޮންގް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ތެރޭގައި، ސިންގަޕޫރުގެ ޖީއެސްޓީ 7 އިންސައްތައިން 9 އިންސައްތައަށް ބޮޑު ކުރަން ނިންމުމާއިއެކު، އެކަމުން ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރުމަށް ކަނޑައަޅާފައިވާ ”އެޝުއަރެންސް ޕެކޭޖު“ވެސް 6.6 ބިލިއަން ޑޮލަރަށް އިތުރުކޮށްފިއެވެ.

ދުނިޔޭގެ އިގްތިސޯދަށް ކުރާ އަސަރުތަކުގެ ސަބަބުން، ސިންގަޕޫރުގެ މާލިއްޔާތު އަދި އިގްތިސޯދި ހިފެއްހެއްޓުމަށްޓަކައި، ޖީއެސްޓީ ނަގަމުންދާ މިންގަނޑު ބޮޑު ކުރުމަށް ނިންމާފައިވަނީ، ދެ ފިޔަވެއްސަކަށް ބަހައިގެންނެވެ. އެގޮތުން، 2023 ޖެނުއަރީ 1 ވަަނަ ދުވަހު 7 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށް ފަހު، 2024 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު 8 އިންސައްތައިން 9 އިންސައްތައަށް ބޮޑު ކުރުމަށް އެ ގައުމުން ވަނީ ނިންމާފައިއެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރުގެ، ޖީއެސްޓީ ބޮޑު ކުރުމާއި ބެހޭގޮތުން ވާހަކަދައްކަވަމުން އެ ގައުމުގެ މާލީ ވަޒީރު ލޯރެންސް ވޮންގް ވިދާޅުވީ، ރައްޔިތުންގެ ސިއްހީ ކަންކަން ބެލެހެއްޓުމަށާއި، އުމުރުން ދުވަސްވީ މީހުންގެ ކަންކަން ބެލެހެއްޓުމުގެ މަގުސަދު ހިމަނައިިގެން ރައްޔިތުން އަތުން ނަގާ ޖީއެސްޓީއިން އެކަނި ކުރިއަށް އޮތްތާ ސިއްހީ ކަންކަން ބަލެހެއްޓުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށެވެ. އެހެންކަމުން އިތުރު ޓެކްސްތަކެއް ނަގާނެކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

ސިންގަޕޫރުގެ ރައްޔިތުން އަތުން ނަގާ ޖީއެސްޓީގެ އަދަދު ބޮޑު ކުރަން ނިންމާފައިވާއިރު، އިތުރު ޓެކްސްތަކެއްގެ ގޮތަށް އިންކަމް ޓެކްސް، ޕްރޮޕަރޓީ ޓެކްސް އަދި ވެހިކަލް ޓެކްސް ވެސް ނެގުމަށް ނިންމާފައިވާކަމަށް އެގައުމުގެ މާލީ ވަޒީރު ލޯރެންސް ވޮންގް ވަނީ ވިދާޅުވެފައިއެވެ.

ޖީއެސްޓީ ނަގަން ނިންމުމާއި އެކު ސިންގަޕޫރު ސަރުކާރުންވަނީ އެގައުމުގެ ރައްޔިތުންނަށް، ”އެޝުއަރެންސް ޕެކެޖް“އެއް ދިނުމަށްވެސް ނިނާމާފައިއެވެ. 6 ބިލިއަނުން، 6.6 ބިލިއަން ޑޮލަރަށް ބޮޑުކޮށްފައިވާ މި ޕެކެޖުގެ ސަބަބުން، ޖީއެސްޓީ ބޮޑު ކުރުމުން ތަހައްމަލު ކުރަންޖެހޭ ދަތިތަކުގެ އަސަރު، އެގައުމުގެ ގިނަ އާއިލާތަކަށް 5 އަހަރުގެ މުއްދަތަކަށް ނުކުރާނެ ކަމަށާއި، މަދުން އާމްދަނީ ލިބޭ އާއިލާތަކަށް އެ މުއްދަތު 10 އަހަރަށް ދެމިގެންދާނެކަމަށް އެ ގައުމުގެ އިސް ބޭފުޅުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: