ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހަކު ހިމެނޭ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ފުލުހަކު ހިމެނޭ ބަރަހަނާ ވީޑިއޯއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

ފުލުހުންގެ މުއައްސަސާއިން ބުނެފައިވާ ގޮތުން، ދައުރުވަމުންދާ ވީޑިއޯއާއި ގުޅިގެން، އެ މައްސަލައިގެ ޖިނާއީ ތަހުގީގުގެ އިތުރުން އަހުލާގީ މައްސަލަވެސް އެ މުއައްސަސާގެ ޕްރޮފެޝަނަލް ސްޓޭނޑާރޑްސް ކޮމާންޑް އިން ބަލަމުންދާކަމަށެވެ. އަދި އެ ވީޑިއޯގައި ހިމެނޭ ފުލުހުންގެ މުއައްޒަފު، މިވަގުތު ހުރީ، މުސާރަ ނުލިބޭނެގޮތަށް ވަޒީފާއިން ސަސްޕެންޑް ކޮށްފައިކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުންގެ މީޑިއާ ގުރޫޕުގައި ބުނެފައިވާ ގޮތުން، ފުލުހެއް ހިމެނޭ ބަރާހަނާ ވީޑިއޯގެ ޖިނާއީ ތަހުގީގުތައް ފުރިހަމަ ކުރުމަށް އެ މުއައްސަސާއިންދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

މި ދުވަސްވަރު ސޯޝަލް މީޑިއާގައި، އެތައް ބަޔަކުގެ ބަދު އަހުލާގީ އަމަލުތައް ހިންގާ މަންޒަރު ހިމެނޭ ވީޑިއޯތަކެއް ދައުރުވެއެވެ. އެގޮތުން ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ އިތުރުން، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ކަމަށް ތުހުމަތު ކުރެވޭ ބަޔަކުގެ ވީޑިއޯތައް އާންމުވެފައިވާތާ ދުވަސްތަކެއް ވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް، އެ ފަރާތްތައް ތޯ ނުވަތަ ނޫންތޯވެސް ފުލުހުންގެ މުއައްސަސާއަށް އަދި ކަށަވަރު ކުރެވިފައިނުވެއެވެ.

ވަރަށް ގަދަ
95%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: