ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ސަރުކާރާއި ބައިވެރިވި އެއްވެސް ބަޔަކާއިއެކު ކޮލީޝަން ނުހަދާނަން: އަދުރޭ

ފޮޓޯ: ވަން އޮންލައިން- -ރައީސް ޔާމީން ދެރައެއްވެސް ނުވޭ، ހުރީ ހަމަ ސާބިތުކަން މަތީ: އަދުރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރާއި، ސަރުކާރު ވެރިކަމަށް އައުމަށްޓަަކައި ބައިވެރިވީ އެއްވެސް ފަރާތަކާއިއެކު ކޯލިޝަން ނަހަދާނަންކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ ރައީސް ޔާމީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތް ހެދުމަށްޓަކައި މި ސަރުކާރާއި، އެމްޑީޕީ ވެރިކަމަށް އައުމަށްޓަަކައި ބައިވެރިވީ އެންމެހާ ފަރާތްތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާކަމަށެވެ. އަދި އޭގެ ތެރެއިން އަބްދުލްރަހީމް ފާހަގަކުރެއްވީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު ގާސިމް އިބްރާހީމްއެވެ. އަބްދުލްރަހީމް ވިދާޅުވީ ގާސިމް ގަބޫލުކުރައްވާ ގޮތުގައި އެމަނިކުފާނަށް ހަމައެކަނި ވެރިކަމަށް ވަޑައިގެންނެވޭނެ ގޮތަކީ ރައީށް ޔާމީން ޖަލަށް ލެއްވުމަށްފަހު ޕީޕީއެމްގެ ތާއީދު ހޯއްދެވުންކަމަށެވެ.

ޕީޕީއެމް ދޫކޮށް ދިޔަ ފަރާތްތަކުގެ ވެސް ވިސްނުން ހުރި ގޮތަކީ އެއީކަމަށާއި ގާސިމަށް ތާާއީދުކުރައްވާ ފަރާތްތަކުން އެމަނިކުފާނަށް ދެއްވާ ލަފާއަކީވެސް އެއީކަމަށް ވިދާޅުވިއެވެ.

ނަމަވެސް އަބްދުލްރަހީމް ވިދާޅުވީ ޕީޕީއެމް އިން މި ސަރުކާރާއި ސަރުކާރު ގެނައުމުގައި ބައިވެރިވީ ޕާޓީތަކުގެ އިތުރުން އެ ޕާޓީތަކުގެ ލީޑަރުންނާއިއެކު ކޯލިޝަން ހަދާނެ ދުވަހެއް ނާންނާނެކަމަށެވެ. އަދި އެބޭފުޅުންނަށް ރައީސް ޔާމީން 2023 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ޥާދަކުރައްވާނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

“2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހާއިހަމައަށްވެސް އަޅުގަނޑުމެންގެ ޕާޓީން ދައްކަމުން އައި ޥާހަކައަކީ މިއީ، އޭރުވެސް އަޅުގަނޑުމެން ބުނަމުން ދިޔައީ ރައީސް ޔާމީން އަކީ މައުސޫމް ބޭފުޅެކޭ، ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނޭ، އެހެންވީމަ އެވާހަކަ މިއޮތީ އަޅުގަނޑުމެން ދެއްކި ގޮތަށް ހަގީގަތަކަށް ވެފަ”

އަބްދުލްރަހީމް ވިދާޅުވިއެވެ.

އަބްދުލްރަހީމް ވަނީ ނޫސްތަކަށް ފައިސާ ދީގެންވެސް ވެރިކަމަށް މަގުފަހިވާ ކަންތައްތައް ކުރައްވާކަމުގެ ތުހުމަތާއި ރައސް ޔާމީންގެ ކުރިއަށްދާ ޝަރީއަތްތަކަށްވެސް ސަރުކާާރާއި ކޯލިޝަން ޕާޓްނަރުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކުރައްވާފައެވެ. އަދި ވިދާޅުވީ ފެށުނީއްސުރެވެސް އެބޭފުޅުން ކަން ކުރައްވަމުން އަންނަ ގޮތަކީ މިއީކަމަށާއި ނުފޫޒުން ރައީސް ޔާމީން ޖަލަށް ލައިފި ނަމަވެސް ކަންކުރާނެ އުސޫލު ޕީޕީއެމްގެ އަސާސީ ގާވާއިދުގައި އޮންނާނެކަމަށެވެ.

ބައެއް ބޭފުޅުން ވަރަށް މޮޅަށް ހިސާބު ޖައްސަވާ ރައީސް ޔާމީން ޖަލައް ވަޑައިގަންނަވައިފިނަމަ ޕީޕީއެމް އުވިގެން ދާނެކަމަށް ނިންމެވިކަމަށާއި ނަމަވެސް ރައީސް ޔާމީން ޖަލަށް ވަޑައިގެންނެވުމުގެ ސަބަބުން ނަތީޖާއަކަށްވެގެން ދިޔައީ ޕީޕީއެމްއަށް އޮތް ތާއީދުވީ އެތައް ގުނައަކުން އިތުރުވުންކަމަށާއި އަދި ޕީޕީއެމްގެ އާންމު މެންބަރުންގެވެސް ހިތްވަރު ދިޔައީ ގަދަވެގެންކަމަށް ފާހަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ ނުފޫޒު ފޯރުވި ބޭފުޅުންނަށް އާންމު މެންބަރުން ދައްކައިދިނީ ކޮންމެފަދަ ޙާލަތެއްގައި އެ ފަރާތްތަކުން ރައީސް ޔާމީންގެ ފަހަތުގައި ހުންނަވާނެކަމުގެ ޔަގީންކަންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: