ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޕްލޭން ޓާމިނަލްއާއި އެކު އާ ރަންވޭ އޮޕަރޭޝަނަށް ގެނެވޭނީ އަހަރުގެ ފަހުކޮޅު!

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސީޕްލޭންގެ އާ ޓާމިނަލް ބޭނުން ކުރަން ފެށުމާއި އެކު، އާ ރަންވޭ މި އަހަރުގެ ފަހު ކުއާޓަރުގައި ބޭނުން ކުރަން ފެށޭވަރުވާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވެއްޖެ އެވެ.

މިއަދު ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ފެށިއިރު، ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް ސީޕްލޭން އޮޕަރޭޝަނެއް ހިންގަނީ ރާއްޖެ އެވެ. އޭގެ ސަބަބުން ސީޕްލޭން ޓާމިނަލް ބޭނުން ކުރާ ފަސިންޖަރުންގެ އަދަދު އެވްރެޖު ގޮތެއްގައި 4500 އާއި 6000 ދެމެދަށް އަރަ އެވެ. އަދި ލޯ ސީޒަނުގައި އެކަނި ވެސް 300 ފްލައިޓް މޫވަމަންޓާއި އެކު، ހައި ސީޒަނުގައި އެ އަދަދު 600 އަށް އަރަ އެވެ.

މި މައުލޫމާތުތައް ހިއްސާ ކުރުމުގެ އިތުރުން، އެމްއޭސީއެލްއިން މިއަދު ވަނީ ނޫސްވެރިންނަށް ތަނުގެ އެތެރެ ދައްކާލާފަ އެވެ.

މަސައްކަތްތަކާއި ބެހޭ މައުލޫމާތުތައް މިއަދު ނޫސްވެރިންނާއި ހިއްސާ ކުރައްވައި ތޯހާ ވިދާޅުވީ ތަނުގެ ތަރައްގީގެ މަސައްކަތްތައް ކުރިޔަސް ދިޔައިރު އެންމެ ބޮޑަށް ބަލާފައިވަނީ ދިވެހި ވަންތަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްކަމަށެވެ. ހާއްސަގޮތެއްގައި މެޖޯރިޓީ ފަތުރުވެރިން ރިސޯޓުތަކަށް ދަތުރު ކުރުމާއި، އަދި ހައި ޕްރޮފައިލް ފަރާތްތައް ދަތުރުތައް ކުރާއިރު އެ ފަރާތްތަކަށް ރިސޯޓުން ލިބޭ ފަދަ ހިދުމަތްތައް ޓާމިނަލްގައި ފޯރުކޮށްދިނުމުގެ މުހިންމުކަން ތޯހާ ފާހަގަ ކުރެއްވި އެވެ.

ތޯހާ ވިދާޅުވީ އައު ޓާމިނަލްގެ އޮޕަރޭޝަންތައް ފެށީ ދިވެޖި 100 މުވައްޒަފުން ނަގައި ތަމްރީނުތައް ނިންމުމަށް ފަހު ކަމަށެވެ. އެހެންކަމުން ތަނުގައި ހިންގާ 50 ރިސޯޓު ލައުންޖަށް ފަސޭހަތަކެއް ވެގެންދާނެކަމަށް ތޯހާ ވިދާޅުވި އެވެ. މި ލައުންޖުތަކުގެ އިތުރުން އެމްއޭސީއެލްގެ ކޮމަން ލައުންޖު އަދި ކޮމަން ލައުންޖު މެދުވެރިކޮށް ހިދުމަތްތައް ދެމުން ގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވީއައިއޭގައި ތަރައްގީ ކުރި އާ ރަންވޭ ބޭނުން ނުކުރެވޭ އެންމެ ބޮޑު ސަބަބަކީ ސީޕްލޭން ޓާމިނަލްކަމަށް ވާހަކަތައް ދެކެވޭތީ ތޯހާ ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އާ ރަންވޭ ބޭނުން ކުރަން ފެށުން ކަމަށެވެ.

އެއާޕޯޓުގައި ތަރައްގީކޮށްފައިވާ އާ ރަންވޭ ބޭނުން ކުރެވެން އޮތީ، ސީ ޕްލޭން ޓާމިނަލް ހުޅުވައި ހިދުމަތް ދޭން ފެށުމުންނެވެ. އެއީ އެކަމަށް ބޭނުންވާ ހުސް ޖާގަ އެ ނޫން ގޮތަކަށް އެ ސަރަހައްދުން ނުލިބޭތީ އެވެ.

“މި ޓްރައިއަލްތައް ނިމުމާއި އެކު ޓީއެމްއޭގެ ހުރިހާ މޫވްމެންޓުތަކަށް މިކޮޅަށް ބަދަލުވެގެން ދާނެ… މިހާރު ވެސް ޓީއެމްއޭގެ ވަރަށް ބޮޑުބައެއް ވަނީ މިތަނަށް ބަދަލު ކުރެވިފައި.. މިހާރު ނިސްބަތުން ވަރަށް ކުޑަ އޮޕަރޭޝަނެއް އެކޮޅުގައި ކުރިޔަށް ދަނީ… އެއްކޮށް ބަދަލުވުމާއި އެކު އަޅުގަނޑުމެންގެ ޓާގެޓަކީ ކުރިޔަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމައި އާ ރަންވޭ ހުޅުވުން” ތޯހާ

އޮޕަރޭޝަންތައް ފެށި ނަމަވެސް ރަސްމީކޮށް ތަން ހުޅުވާނެކަމާއި މެދު ތޯހާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތް ތާރީހެއްގައި ރަސްމީ ގޮތުން ޓާމިނަލް ހުޅުވުމުގެ ޖަލްސާއެއް ބާއްވާނެކަމަށެވެ.

ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ، ޗައިނީސް ކޮންޓްރެކްޓާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 40 މިލިއަން ޑޮލަރަށެވެ. އަދި ޓާމިނަލްގެ ކޮންމެ ފްލޯއެއްގައި 7،000 އަކަމީޓަރު ހުރެ އެވެ.

ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ މެގަ ޕްރޮޖެކްޓެއްގެ ދަށުން ކުރިޔަށް ގެންދިޔަ އެއާޕޯޓު މަޝްރޫއުގައި އެންމެ ހާއްސަކަމެއް ދީފައިވަނީ އިންޓަނޭޝަނަލް ޓާމިނަލް އަދި ސީޕްލޭން ޓާމިނަލްއަށެވެ. 

އާ ސީ ޕްލޭން ޓާމިނަލް، ނު އަގުގައި ވަކި ބަޔަކަށް ކުއްޔަށް ދޭން އުޅޭ ކަމުގެ ތުހުމަތުކޮށް މިދިޔަ ދުވަސްތަކުގައި މަޖިލީހުން އެ މައްސަލަ ބަލާފައި ވެއެވެ. އަދި އެކަން ސިޔާސީ ވެ، މީޑިއާތަކުގައި ވެސް އެ ވާހަކަތައް ވަރަށް ބޮޑަށް ދެކެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: