ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަށް ހުޅުވި ކާގޯ ޓާމިނަލްއިން އިމްޕޯޓް ކާގޯގެ ހިދުމަތް ދެނީ!

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި އަލަށް ހުޅުވި ކާގޯ ޓާމިނަލްއިން އިމްޕޯޓް ކާގޯގެ ހިދުމަތްވެސް ދެވޭނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވިއެވެ.

ވީއައިއޭ ގައި ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އިބްރާހިމް ޝަރީފް މުހައްމަދު ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރަށް އެމްއޭސީއެލްގެ ނަމުގައި ޝުކުރު އަދާ ކުރައްވާފައެވެ. އެމްޑީ ވިދާޅުވީ ވީއައިއޭ ގައި އަލަށް ހުޅުވި ކާގޯ ޓާމިނަލް އަކީ 2018 ވަނަ އަހަރު ފެށި މަޝްރޫއުއެއް ކަމަށެވެ. އެހެންނަމަވެސް އޭގެ ފަހުން 5 އަހަރު އެ މަޝްރޫއަށް މަޑު ޖެހުމެއްއައިސްފައި އޮތުމަކީ ރައްޔިތުންގެ ފައިސާ ބޭކަރުވެގެން ދާކަމެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.

ވިއައިއޭގެ އަލަށް ގާއިމުކޮށްފައިވާ ކާގޯ ޓާމިނަލްގެ ތުރޫޕުޓަކީ 50،000 ޓަނު ކަމަށާއި އެހެންނަމަވެސް އޯވަ ކެޕޭސިޓީގައި 75،000 ޓަނާއި ހަމައަށް ކުންފުނީގެ މުވައްޒަފުން މަސައްކަތް ކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

މިހާރު އަލަށް ހުޅުވާފައިވާ ކާރގޯ ޓާމިނަލްއިން އެއްލައްކަ ވިހި ހާސް ޓަނާއި ހަމައަށް ކާގޯ ހޭންޑްލް ކުރެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ކާގޯ ހޭންޑްލް ކުރާ އިމާރާތަކީ 40 އަހަރު ވެފައިވާ ތަނެއް ކަމަށާއި އެހެންކަމުން އިމާރާތް ބާވެފައިވުމުން ކަސްޓަމަރުންގެ މުދާ ހޭންޑްލްކުރުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުކަމަށެވެ. އަލަށް އިމާރާތްކުރެވިފައިވާ ކާގޯ ޓާމިނަލް އަކީ ޒަމާނީ ފެންވަރަށް ކާގީ ހިދުމަތް ތައް ދިނުމަށް ފަރުމާ ކުރެވި ވަސީލަތްތައް ގާއިމު ކުރެވިފައިވާ ތަނެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން މިފަދަ ހިދުމަތްތައް އެއްތަނުން އަނެއްތަނަށް ބަދަލުކުރުމުގައި ގޮންޖެހުން ތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި މަޑުޖެހުމެއް ނައިސް މި މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެމްޑީވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: