ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެލޭޝިއާގެ ބަޖެޓް އެއަލައިން، ބަޓިކް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ، މެއި 12، 2023؛ މެލޭޝިއާގެ ބަޖެޓް އެއަރލައިން، ބަޓިކް އެއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފަށުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މެލޭޝިއާގެ ބަޖެޓް އެއަރލައިން، ބަޓިކް އެއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

ބަޓިކް އެއާގެ ފުރަތަމަ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ 8:30 ގައި ޖައްސާފައިވާއިރު، ބޯޓަށް މަރުހަބާ ކިޔާފައިވަނީ ހާއްސަ ވޯޓަރ ސެލިއުޓްއަކުންނެވެ. ބަޓިކް އެއާގެ ފުރަތަމަ ދަތުރުގައި، 57 ފަސިންޖަރުން ވަނީ ރާއްޖެ އައިސްފައެވެ.

ބަޓިކް އެއާއިން ދިވެހިރާއްޖެއާ ދެމެދު ކޮންމެ ދުވަހަކުވެސް ދަތުރުތައް ބާއްވާނެކަމަށް ކުންފުނިން ބުނެފައިއެވެ. މިދަތުރުތައް ރާވާފައިވަނީ ރާއްޖެއިން ސްރީލަންކާއަށް އެއަށްފަހު މެލޭޝިއާއަށާއި އަދި ސިދާ ރާއްޖެއާއި މެލޭޝިއާއި ދެމެދުގައެވެ. ރާއްޖޭއާއި މެލޭޝިޔާއާއި ދެމެދުގެ ސީދާ ދަތުރުތައް އަންނަ ޖޫންމަހު ފަހުކޮޅު ފަށާނެކަމަށް ވީއައިއޭއިން ވަނީ ބުނެފައެވެ. ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބަޓިކް އެއަރއިން ބޭނުންކުރާނީ ބޮއިންގ 737 މަރުކާގެ ބޯޓެވެ. މިއީ 180 މީހުންގެ ޖާގައިގެން ބޯޓެކެވެ.

ބަޓިކް އެއަރ އިން މެލޭޝިޔާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން ފަންސާސް މަންޒިލަކަށް ދަތުރުތައް ބާއްވާނެކަމަށް ބުނެފައިވާއިރު، މިމަންޒިލްތަކުން ރާއްޖެއަށް ފަސޭހަކަމާއި އެކު ދަތުރުވެރިންނަށް އައުމުގެ މަގު ފަހިވެގެންދާނެކަން ވީއައިއޭއިން ފާހަގަކުރެއެވެ. ރާއްޖެއަށް ދަތުރުކުރާ އެއަރެލައިންތައް އިތުރުވެގެން ދިޔުމަކި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާ އިތުރު ކުރިއެެރުމެއްކަން ކުންފުނިން ފާހަގަކުރެއެވެ.

ވީއައިއޭ ބުނީ ބަޓިކް އެއަރގެ އިތުރުން ސައުދީ އަރަބިއްޔާގެ ފްލައިނަސް އަދި އެމެރިކާގެ ވަރޖިންގ އެޓްލާންޓިކް މިއަހަރު ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފަށާނެކަމަށެވެ.

މީގެ ކުރިން މަލިންޑޯއެއަރގެ ނަމުގައި އޮޕަރޭޓްކުރަމުން އައި އެއަރލައިން ބަޓިކް އެއަރއަށް ބަދަލުކޮށް ގިނަ މަންޒިލްތަކަށް ދަތުރުކުރުމަށް އެއަރލައިންވަނީ ހާއްސަ ޕްރޮމޯޝަންތަކާއި އެކު ގިނަ މަސައްކަތްތަކެއް ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: