ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް ދީނުގެ ދިފާއުގައި މަސައްކަތް ކުރައްވާނެކަން އިލްމުވެރިން ވެސް ގަބޫލު ކުރޭ: އިލްހާމް

ޖުމްހޫރީ ޕާޓީގައި ގާސިމް ގެ އެޑްވައިސަރުގެ މަގާމުގައި ހުންނެވި އިލްހާމް އަހުމަދު ޖޭޕީގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމުހޫރީ ޕާޓީގެ ވެރިކަމެއްގައި، އެއްވެސް އެހެން ޕާޓީއެއްގެ ސިޔާސީ ވެރިއަކު، ކޯޓަށް ދަމައި، ފުލުހުންގެ މުއައްސަސާއަށް ދަމައި ނުހަދާނެކަމަށް، އެ ޕާޓީގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ އިސް ލީޑަރު ގާސިމް އިބްރާހިމް އާއި މެދު ނޭދެވޭ ބައެއް ވާހަކަތައް ފަރުމާކޮށްގެން ދެކެވެމުންދާކަމަށް ފާހަގަކުރައްވާ، އެ ޕާޓީގެ ޖަގަހައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްހާމް ވިދާޅުވީ، އެންމެހާ ސިޔާސީ ބޭފުޅުންނަށް އެއްޖަލްސާއަކަށް ވަޑައިގެން ތިއްބެވޭނެ ވެރިކަމަކީ، ޖުމުހޫރީ ޕާޓީގެ ވެރިކަން ކަމަށެވެ. އަދި ޖުމުހޫރީ ޕާޓީގެ ވެރިކަމެއް ނޫންނަމަވެސް އެޕާޓީގެ އިސް ލީޑަރު ގާސިމް އިބްރާހިމްގެ ބަސް ވިކޭ ވެރިކަމެއްގައިވެސް އެފަދަ އަމަލެއް ނުހިންގާނެކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އެންމެހާ ސިޔާސީ ވެރިން އެއް ޖަލްސާއަކަށް ވަޑައިގެންނެވޭނެ ވެރިކަމަކީ ޖޭޕީގެ ވެރިކަމެއްކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން އިލްހާމް ވިދާޅުވީ، ޖޭޕީގެ ވެރިކަމެއްގައި، އެއްވެސް ސިޔާސީ ބޭފުޅެއް ކޯޓައް ދަމައި، ފުލުހުންގެ މުއައްސަސާއަށް ހާޒިރުކޮށް ނުހައްދަވާނެކަމަށެވެ. އަދި އެއް ޕްލެޓްފޯރމަކުން އެންމެހާ ބޭފުޅުން ފެނިގެންދާނީވެސް ޖޭޕީގެ ސަރުކާރެއްގައި ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

އެއްވެސް ބޭފުޅެއް ކޯޓައް ދަމައި ނުހައްދަވާނެކަމަށް ފާހަގަކުރައްވާ އިތުރަށް އެނާ ވިދާޅުވީ، އެހެން ވިދާޅުވުމުގެ މާނައަކީ، ވެރިކަމެއްގައި ހިނގާފައިވާ މައްސަލަތައް ނުބެއްލެވުން ނޫންކަމަށެވެ. އެހެން ނަމަވެސް ވަކި ހާއްސަ ގޮތަކަށް ވަކި ބޭފުޅެއްގެ ފަހަތު އަޅުވާލައި، އެ ބޭފުޅަކަށް ގަނާ ކުރުމަށް މަސައްކަތްތަކެއް ނުކުރުން ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެނާ ވިދާޅުވީ، ގާސިމަކީ، އިސްލާމް ދީނަށް ލޯބިކުރައްވާ، ދީނުގެ ދިފާއުގައި ކުރައްވަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ބޭފުޅެއްކަން، ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންވެސް ގަބޫލު ކުރައްވާނެކަމަށެވެ. އެހެން ނަމަވެސް، އެ މަނިކުފާނަށް އެ ފަދަ ބާރެއް ލިބިފައި ނެތްކަށާއި ގައުމެއްގައި އެފަދަ ކަމެއް ތަންފީޒު ކުރެވެނެ ހިސާބަކީ، ވެރިކަމުގެ ބާރު ލިބިގެންކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އިރު، ގާސިމް އެކަން ސާބިތު ކޮށްދެއްވިކަމަށްވެސް އެނާ ވިދާޅުވިއެވެ.

ޖޭޕީން މިއަދު ކުއްލި ޕްރެސް އެއް ބޭއްވި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެ ޕާޓީއަށް އަމާޒު ކުރި ބައެއް ފާޑުކިއުންތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ސިޔާސީ ޕާޓީތަކުން ޖޭޕީއާއި އެކު ކުރިޔަށް އޮތްތަނުގައި މަސައްކަތް ކުރާނެކަމަށް ބުނެ އެ ޕާޓީން ދެއްކި ބައެއް ވާހަކަތަކުގެ ރައްދުގައި ޕީޕީއެމްއިން ވަނީ އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެރިކަމަށް ކުރިމަތި ނުލެވޭ ހާލަތެއްގައި ވެސް ގާސިމަށް ތާއީދު ނުކުރާނެކަމަށެވެ. އަދި ގާސިމް ފަދަ އަމިއްލަ އެދުން ބޮޑު ބޭފުޅަކާއި އެކު ސިޔާސީ މަސައްކަތް ނުކުރާނެކަމަށް ޕީޕީއެމްއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: