ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ވެރިކަމުގައި ގާސިމްގެ ބަހެއް ނުވިކޭ: އިލްހާމް

ޖޭޕީގެ ލީޑަރ ގާސިމްގެ އެޑުވައިޒަރު އިލްހާމް އަހުމަދު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމުހޫރީ ޕާޓީގެ ބަސް ވިކޭވެރިކަމެއްގައިވެސް ސިޔާސީ ލީޑަރުންނަށް އަނިޔާކޮށް، ބަދުނާމުކޮށް، ފާޑު ފާޑު ވީޑިއޯތައް ނެރި، އެ ސަކަރާތެއް ނުޖަހާނެ ކަމަށް، އެ ޕާޓީގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ސިޔާސީ އިސްވެރިންނާއި، ބައެއް ވެރިންގެ އާއިލާގެ ބޭފުޅުންކަމަށް ތުހުމަތު ކުރެވޭ ބަޔަކު އިސްލާމް ދީނާއި ހިލާފުވާފަދަ، ބަދު އަހުލާގީ އަމަލުތަކެއް ހިންގާ މަންޒަރު ފެނިގެންދާ ވީޑިއޯތަކެއް އާންމުވަމުންދާ ދަނޑިވަޅެއްގައި އިލްހާމް ވިދާޅުވީ، ރައީސް ޔާމިންނަށްވެސް، ރައީސް ސޯލިހަށްވެސް، އަދި އެހެނިހެން އިސްވެރިންނަށްވެސް ހަމަ ޖެހުމާއި އެކު، ތިބެވޭނީ، ޖުމުހޫރީ ޕާޓީގެ ވެރިކަމެއްގައި ކަމަށެވެ. އަދި އެ ޕާޓީން ސިޔާސީ ބޭފުޅުން ކޯޓަށް ދަމައި ނުހަދާނެކަމަށްވެސް އިލްހާމް ފާހަގަކުރެއްވިއެވެ.

ޖުމުހޫރީ ޕާޓީގެ ވެރިކަމެއްގައި ސިޔާސީ ވެރިން ތަކުލީފުތަކެއް ކުރިމަތު ނުވާނެކަމަށް ފާހަގަކުރައްވާ އިލްހާމް އިޝާރާތްކުރެއްވީ، ރައީސް ސޯލިހުގެ ސަރުކާރުގައި، އިދިކޮޅުގެ ލީޑަރު، ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އަބަދު ކޯޓަށް ވަޑައިގަންނަން ޖެހިފައިވާކަމަށާއި، ލީކުވަމުންދާ ވީޑިއޯތަކަށެވެ. އެގޮތުން އިލްހާމް ވިދާޅުވީ، ޖޭޕީގެ ވެރިކަމެއްގައި ނުވަތަ، އެ ޕާޓީގެ ލީޑަރު ހޮނަރަބަލް ގާސިމް އިބްރާހިމްގެ ބަސް ވިކޭ ވެރިކަމެގައިވެސް، އެފަދަ އަމަލުތަކެއް ފެނިގެންނުދާނެކަމަށެވެ. އަދި އެ އަމަލުތައް ބަލައިނުގަންނަކަންވެސް އެނާ ފާހަގަކުރެއްވިއެވެ.

ސިޔާސީ އިސްވެރިން ކޯޓަށް ދެމުމާއި، އަނިޔާކޮށް، ބަދުނާމުކުރަން، ވީޑިއޯ ނެރިހެދުން ފަދަ އަމަލުތަކަކީ، ޖޭޕީއިން ކުރާނެ ކަމެއް ނޫންކަމަށާއި، ގަބޫލުވެސް ކުރާކަމެއް ނޫންކަމަށް ފާހަގަކުރައްވާ އިލްހާމް އިތުރަށް ވިދާޅުވީ، ގާސިމް އިބްރާހިމް އަކީ، އިސްލާމް ދީނަށް ލޯބިކުރައްވާ، ދީން ދިފާއުކުރައްވާނެ ބޭފުޅެއްކަން، ދީނީ އިލްމުވެރިންވެސް ގަބޫލުކުރައްވާނެކަމަށެވެ.

ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހިމް އަކީ، އިސްލާމް ދީނަށް ލޯބިކުރައްވާ، ދީނުގެ ދިފާއުގައިވެސް ހުންނަވާ ބޭފުޅެއްކަން ފާހަގަކުރައްވާ އިލްހާމް ވިދާޅުވީ، އެ މަނިކުފާނު މިހާރުވެސް ގެންދަވަނީ، ވީ މިންވަރަކުން އެކަން ކުރައްވަމުންކަމަށެވެ. އެހެން ނަމަވެސް، އެ މަސައްކަތްތައް ކުރައްވަން ގާސިމްއަށް ބޮޑު ބާރެއް ލިބިގެން ނުވާކަމަށާއި، އެފަދަ ތަންފީޒީ ބާރެއް ލިބިގެންދާނީ، ގައުމެއްގެ ވެރިއެއްގެ މަގާމުގައި ހުންނަވައިގެންކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ޖުމުހޫރީ ޕާޓީގެ ވެރިކަމެއްގައި، ރައީސް ސޯލިހުގެ ވެރިކަމުގައި މި ފެނިގެންދާފަދަ، ސިޔާސީ އިސްވެރިންގެ ވީޑިއޯތައް ލީކުވުމާއި، އެ ވެރިން ކޯޓަށް ދިއުމަށް ޖެހިފައިވާ މަންޒަރުތައް ފެނިގެން ނުދާނެކަމަށް އިލްހާމް ފާހަގަކުރެއްވިއިރު، މިހާތަނަށް ގިނަ އަދަދެއްގެ ވީޑިއޯތަކެއް ވަނީ ލީކުފެފައިއެވެ. އެގޮތުން، ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހަކާއި، ކުރީގެ ނޮޅިވަރަށް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު( ކާނަލް) ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ވީޑިއޯވެސް ވަނީ ލީކުވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އޮއްޓަރެއްނެތް ބޭކާރު ވާހަކައެއް ސިޔާސީވިޔަސް ނުވިޔަސް ކުށެއްކުރިކަމަށް ތުހުމަތުކުރެވޭނަމަ ޝަރީޢަތް މެދުވެރިކޮށް ފައިޞަލާކުރަން ޖެހޭނެ ކުށްސާބިތުވާނަމަ އަދަބުކަނޑައެޅި ތަންފީޒްކުރެވެންވާނެ ކުށަށް އަދަބު ޙައްޤުނުވާނަމަ ﷲ ނަރަކަ ނުހެއްދެވީސް ވަކިބަޔަކު ކުށްކުރީމާ އަދަބުނުދޭން ބުނާވެރިޔަކު އިސްލާމީޤައުމެއްގެ ވެރިކަމަށް ކުފޫހަމައެއްނުވާނެ އެހެނީ ﷲ ރަސޫލު ޞ.ޢ.ޥ ހަދީސް ކުރައްވަނީ މުޙައްމަދުގެ ފާނުގެ ދަރިކަނބަލުން ފާޠިމާ ވައްކަންކުރެއްވި ނަމަވެސް އެކަމަނާގެ އަތް ޕުޅުވެސް ކަނޑުއްވާނެ ކަމަށް މަހަކު /82000ރ. ލިބުނަސް ކުޝާމަދު ކުރުމުގާ ޙައްދު ފަހަނަޅާ ގޮސްގެންނުވާނެ އިލްހާމުގެ ދުލުގެ ނުބައިކަމުން އޮނަރަބްލ ޤާސިމް އިބްރާހީމް ސަލާމަތް ކުރައްވާށި އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: