ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާ ބަނގުރޫޓުވެއްޖެ

ސްރީލަންކާގެ އިގްތިސާދީ ހާލަތު ދަށަށް ދިއުން: ފޮޓޯ ބީބީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަލަށް އައްޔަންކުރި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގެ އެ ގައުމު ބެންކަރަޕްޓް ވެފައިވާ ކަމަށް އިއުލާންކޮށްފިއެވެ.

ގައުމުގެ މާލީ ހާލަތު ދަށަށް ގޮސް އިގްތިސާދަށް އެތައް ގެއްލުމެއް ވެފައިވާ އަވަށްޓެރި ގައުމު ސްރީލަންކާ ވަނީ ޑެޓް ޑީފޯލްޓް އަކަށް ގޮސްފައެވެ. އެހެންކަމުން އެގައުމުގެ ބޭރުފައިސާ ރިޒާވް ދަށަށް ދިއުމުގެ ސަބަބުން އެގައުމުގެ ރައްޔިތުންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. އަދި އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގެ ވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި އެކު ބެންކަރަޕްޓް ވެފައިވާ ގައުމެއްގެ ހައިސިއްޔަތުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.

މާލީ ހާލަތު ދަށަށް ގޮސްފައިވާ އަވަށްޓެރި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް އެ ގައުމުގެ މަޖިލީހުގައި ވިދާޅުވެފައިވާ ގޮތުން މީގެ ކުރިން ވެސް އެތައް ފަހަރަކު އައިއެމްއެފް އާއި ބައްދަލުުކޮށް މަޝްވަރާ ކުރެވިފައިވީ ނަމަވެސް މިހާރުގެ ހާލަތު އެހެން ފަހަރުތަކާއި އަޅާ ބަލާއިރު ތަފާތުކަން ފާހަގަކުރެވެއެވެ.

ކުރިން އައިއެމްއެފާއި އެކު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވަނީ ތަރައްގީ ވަމުން އަންނަ ގައުމެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް އައިއެމްއެފްއާއި ދެން ބައްދަލުކުރާނީ ބަނގުރޫޓުވެފައިވާ ގައުމެއްގެ ހައިސިއްޔަތުން ކަމަށް ވުމުން މަޝްވަރާތައް ކުރިއަށް ގެންދިއުން ވެގެންދާނީ ދަތި އުނދަގޫ ކަމެއް ކަމަށް ރަނިލް ވިދާޅުވިއެވެ.

މީގެ ކުރިން ލޯނު ތަކެއް ހޯދުމަށް އައިއެމްއެފްގެ ޑިރެކްޓަރުންގެ ބޯޑަށް ފޮނުވާފައިވާކަން ފާހަގަ ކުރައްވައި ރަނިލް ވިދާޅުވީ ބެންކަރަޕްޓް ވެފައި ވުމުގެ ސަބަބުން މިހާރު އެ ގައުމަށް ޖެހިފައިވަނީ ދަރަނި ހަމައަށް އެޅުވުމުގެ ޕްލޭނެއް ހުށައަޅަން ޖެހިފައިވާ ކަމަށެވެ. އަދި އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދެވޭނީ ދަރަނި ދެއްކުމަށް ހުށައަޅާ ފްލޭން އައިއެމްއެފްގެ ޑިރެކްޓަރުން ގެ ބޯޑުން ބަލައިގަތުމަށް ފަހުގައި ކަމަށް ރަނިލް ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އަވައްޓެރި ގައުމެއްކަމަށްވާ ސްރީލަންކާގެ ސަރުކާރުން ލޯނު ތަކެއް ނަގައި ދަރަނިތައް އިންތިހާއަށް މައްޗަށް ދިއުމުގެ ސަބަބުންނާއި މޫސުން ގޯސްވުމާއި ސަރުކާރުގެ އިހުމާލުންވެސް ލޯނު ނަގައިގެން ފެށި މަޝްރޫއުތައް ވަނީ ބޮއްސުންލައިގެން ގޮސްފައެވެ. އަދި އެގައުމުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ އެކަމުގެ އަސަރުު މުޅި ގައުމަށް ކުރުމުގެ ސަބަބުން އިޖްތިމާއީ ހާލަތު ވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ. އެކަމާއި ގުޅިގެން އެގައުމުގެ ރައްޔިތުން ވަނީ ސަރުކާރުގެ އިސްފަރާތްތައް އިސްތިއުފާ އަށް ގޮވާލާ މުޒާހަރާތަކެއްވެސް ކޮށްފައެވެ. ނަމަވެސް ރައްޔިތުންގެ ގޮވާލުންތަކަށް އިޖާބަ ނުދީ އެގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ވަނީ ސްރީލަންކާ އަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ގައުމުގެ ހާލަތު ރަނގަޅުކުރުމުގެ ޔަގީންކަން ދިން ނަމަވެސް އެކަމަށް ކުރިއެރުމެއް ނުލިބި އެގައުމު މިހާރު ވަނީ އިނދަޖެހިފައެވެ. އަދި ސްކޫލްތަކާއި ސަރުކާރުގެ ނުރަސްމީ ހިދުމަތްދޭ ތަންތަން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ހަމަނުޖެހުންތަކާއި ގުޅިގެން އެގައުމުގެ އިންފްލޭޝަން ވަނީ 55 އިންސައްތަ އާއި ގާތްކުރާ މިންވަރަށް މައްޗަށް ގޮސްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: