ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ފޮޓޯ-ދުވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޑިން ހަމަލާދީ ޖަޕާންެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަނޭ އަވަހާރަކޮށްލުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަބޭގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް ސާލިހުގެ ތައުޒިޔާގެ މެސެޖްގައި އަބޭ އަވަހާރި ހަބަރު އެއްސެވީ ފުން ހިތާމައާ އެކުގައިކަމަށް ވަނީ ވިދާޅުވެފައެވެ.

މިދަނޑިވަޅުގައި ޖަޕާނުގެ ރައްޔިތުންނާއި އަބޭގެ އާއިލާއަށް އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި ދިވެހި ރައްޔިތުންގެ ނަންފުޅުގައި ތައުޒިޔާ ފޮނުއްވާ ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

އަބޭ ގަޔަށް ބަޑިޖަހާފައިވަނީ ކެމްޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަން ހުނަނަވަނިކޮށެވެ.

އަބޭ އަވަހާރަވީ ބަޑިން ދިން ހަމަލާތަކުގައި ލިބުނު ޒަހަމް ތަކަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށެވެ.

މި ހާދިސާއާއި ގުޅިގެން ޖަޕާނު ފުލުހުންވަނީ މީހަކު ހައްޔަރުކޮށްފައެވެ.

އަބޭ އަކީ ގިނަ ދުވަސްތަކެއް ވަންދެން ޖަޕާނުގެ ބޮޑުވަޒީރުކަން ކުރެއްވި ނުފޫޒުގަދަ ޝަހުސިއްޔަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: