ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާގެ ހާލަތު ރަނގަޅުކުރަން ބޭނުންވަނީ ތަޖުރިބާކާރެއް: ރައީސް ނަޝީދު

ރައީސް ނަޝީދު އަދި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް: ފޮޓޯ/ވިއޮން
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ހާލަތު ހަމައަކަށް އެޅުވުމަށް، ބޭނުންވަނީ، ތަޖުރިބާކާރު، ސިޔާސީ މަސްރަހަށް ފަރިތަ ވެރިއެއްކަމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ހާލަތު ގޯސްވެ، އެ ގައުމު ބަނގުރޫޓުވެދާނެކަމުގެ ބިރު ހީވެފައިވަނިކޮށް، ރައީސް ނަޝީދުވަނީ އެ ގައުމުގެ އިގްތިސޯދީ ހާލަތު ހަމައަކަށް އެޅުވުމަށް އެހީވުމަށް ކުރިމަތިލައްވާފައެވެ. އެ ކަމާއި ގުޅިގެން އަލަށް އައްޔަނު ބޮޑުވަޒީރު ރަނިލް ވަަނީ ޓްވީޓެއްވެސް ކުރައްވާފައިއެވެ. އެނާ ވިދާޅުވީ، ރައީސް ނަޝީދު އެ ގައުމުގެ ހާލަތު ހަމައަކަށް އެޅުވުމަށާއި އެ ގައުމަށް ބޭރުގެ އެހީ ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވަން ހުށައަޅާފައިވާ ހުށައެޅުން އެނާ ބަލައިގަންނަކަމަށެވެ.

ސްރީލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އެ ގައުމުގެ ސަރުކާރުގެ  އެޑްވައިޒަރުގެ ހައިސިއްޔަތުންވެސް މަސައްކަތްކުރެއްވި ރައީސް ނަޝިދު، އެ ގައުމު ބަނގުރޫޓުވެ، ރައީސް ގޯޓަބަޔާ އަދި، ބޮޑުވަޒީރު ރަނިލްވެސް އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ޓްވީޓެއް ކުރައްވާ ވިދާޅުވީ، އެ ގައުމަށް ދިމާވެފައިވަނީ އިންތިހާއަށް ދަތި ހާލަތެއްކަމަށެވެ. އެހެންކަމުން، މިހާރު އެ ގައުމުގެ ހާލަތުން އަރައިގަތުމަށް އައް ފަރިތަ، އަދި ތަޖުރިބާކާރު މީހެއް ބޭނުންވާކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ސްރީލަންކާގެ އިގްތިސޯދީ އަދި މާލީ ހާލަތު ހަމައަކަށް އަޅުވައިދިނުމަށްގޮސް މަސައްކަތްތަކެއް ކުރައްވަން އެ ގައުމުގައި ދުވަސްތަކެއް ހޭދަ ކުރެއްވި ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެ މަނިކުފާނުގެ ގޮވާލުންތަކަށާއި، އެދިލުންތަކަކަށް ބޭރު ދުނިޔެއިންވެސް މާ ބޮޑު ސަމާލުކަމެއް އަދި ކުރިއެރުމެއްވެސް ލިބިފައިނުވެއެވެ.

ސްރީލަންކާގެ ހާލަތު ރަނގަޅު މަގަކަށް އެޅުވުމަށް ރައީސް ނަޝިދު ކުރައްވަމުން ދިޔަ މަަސައްކަތްތަކުގެ ތެރޭގައި ބޭރުގެ އެހީ ހޯދައިދިނުން ހިމެނޭކަމަށް، އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ކުރެއްވި ޓްވީޓްގައި ފާހަގަކުރައްވާފައިވާއިރު، އެފަދަ މަސައްކަތެއްގެ ތެރޭގައި އެ މަނިކުފާނު އެ ގައުމުގެ ޕާލިމެންޓު މެމްބަރެއްގެ ގާތުގައި ދެއްކެވި ކަމަށް އެނާ ފާހަގަކޮށްފައިވާ ވާހަކަތަކެއް ނޫހެއްގައި ބަޔާންކޮށްފައިވާ އާޓިކަލްއެއް ރައީސް ނަޝިދު ދޮގު ކުރެއްވުމުން، އެކަމަށްވެސް އެ މަނިކުފާނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައިއެވެ.

ސްރީލަންކާއަށް ބޭރުގެ އެހީ ހޯދައިދިނުމަށް ރައީސް ނަޝިދު ލަންކާއަށް ވަޑައިގެން ހުންނެވި އިރު، އެ ގައުމުގެ ޕާލިމެންޓް މެމްބަރެއް ވިދާޅުވީ، އަރަބި ގައުމުތަކެއްގެ އިސްވެރިންތަކަކާއި، ރައީސް ނަޝީދުވަނީ ވާހަކަދައްކަަވާފައިކަމަށެވެ. އެހެން ނަމަވެސް، އެ ގައުމުތަކުން ސްރީލަންކާގެ ހާލަތު ހުރިގޮތުން، އެހީ ދިނުމަށް ފަސްޖެހިފައިވާ މޭރުކަމުން އެ މަނިކުފާނު ވިދާޅުވިކަމަށް، މެމްބަރު ހަރޝާ ދި ސިލްވާ ފާހާގަކުރެއްވުމުން، ރައީސް ނަޝީދު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައިއެވެ.

ސްރީލަންކާއަށް ބޭރުގެ މާލީ އެހީ ހޯދައިދިނުމަށް، ރައީސް ނަޝީދު އަރަބި ގައުމުތަކުގެ އިސްވެރިންނަށް ގުޅުއްވި ކަމަށް ބުނާ ވާހަކަތައް އެ މަނިކުފާނު ދޮގު ކުރެއްވުމާއި ގުޅިގެން އެ ވާހަކަތައް ނޫސްފަތުރާ ވަސީލަތައް ބަޔާންކޮށްދެއްވި ޕާލިމެންޓް މެމްބަރު ވިދާޅުވީ، އެ މަނިކުފާނު އެ ވާހަކަތައް ދެކެވި ކަމަށް އެނާ ބުނެފައިވާ ބުނުން ތަކުރާރު ކުރައްވާކަމަށެވެ.

Mohamed Nasheed on Twitter: “These are tumultuous times for Sri Lanka. Sri Lanka needs a steady and experienced hand to steer her out of this political and economic crisis. I am confident that the people of SL will find the sensible way forward.” / Twitter

Ranil Wickremesinghe on Twitter: “5. I have accepted former Maldivian President @MohamedNasheed ‘s generous offer to assist in the relief efforts in Sri Lanka’s economic recovery by coordinating the efforts to secure foreign assistance.” / Twitter

Harsha de Silva on Twitter: “With all due respect for my friend Pres @MohamedNasheed I stand by what I said re conversation w him a few weeks back. However I am happy to note his belief now that many nations are eager to help #SriLanka.” / Twitter

Mohamed Nasheed on Twitter: “@HarshadeSilvaMP is a long-time friend and we often meet. I always enjoy his company. This press story isn’t accurate though. I believe a number of countries are willing to help Sri Lanka, and that the assistance will come through. @colombogazette @easwaranrutnam” / Twitter

ދިވެހިރާއްޖެއާއި އަވައްޓެރި ގައުމު ސްރީލަންކާގެ ހާލަތު ރަނގަޅުކުރައްވާނެ ގޮތާއިމެދު ރައީސް ނަޝީދު އަނެއްކާވެސް އިރުޝާދުތަކެއް ދެއްވި އިރު، އެ ގައުމުގެ އިގްތިމާއީ ހާލަތު އިންތިހާއަށް ގޯސްވެ ރައްޔިތުންތަކެއް ވަނީ، ރުޅި ގަދަވެ، އެ ގައުމުގެ ރައީސް ގޯޓަބަޔާ ދިރިއުޅުއްވާ، ރިޔާސީ ގަނޑުވަރު އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިއެވެ.

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ ދިރިއުޅޭ ގެކޮޅަށް އެ ގައުމުގައި ހިންގަމުންދާ މުޒާހަރާތަކުގެ ބައިވެރިން ވަނުމަށް މަސައްކަތްކުރަމުންދިޔަ ވަގުތު، ސިފައިންތަކެއް ސަފުހަދައިގެންތިބެ ބަޑި ޖެހި މަންޒަރު ފެނިގެންދާ ވީޑިއޯތަކަކާއި، އެ ގައުމުގެ ސިފައިންނާއި ފުލުހުން، އެ މީހުންނަށް ހަމަލާދޭ ވީޑިއޯތަކެއްވެސް ވަނީ ޝޯޝަލް މީޑިއާގައި އާންމުވެފައިއެވެ.

ސްރީލަންކާގެ ހާލަތު އިންތިހާއަށް ގޯސްވެ، އެ ގައުމުގެ ރައީސް ގޯޓަބަޔާ، އަދި އެ ގައުމުގެ ބޮޑުވަޒީރު ރަނިލްވަނީ، އިސްތިއުފާ ދެއްވާނެކަަމަށް އިއުލާނުކުރައްވާފައިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: