ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގެ ބޮޑުވަޒީރުގެ ގެކޮޅު ރޯކޮށްލިޔަސް ވާނެ ފައިދާއެއްނެތް: ރައީސް ނަޝީދު

ރައީސް ނަޝީދާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ބޮޑުވަޒީރުގެ ގެކޮޅުގައި ރޯކޮށްލުމަކީ ލަންކާގައި މިހާރު އުފެދިފައިވާ ހަމަނުޖެހުން ހައްލުވުން ނޫންކަމަށް ކުރީގެ ރައީސް  އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ސްރީލަންކާގައި ހިނގި ހަމަނުޖެހުންތަކުގައި އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ގެކޮޅުގައި ރޯކޮށްލުމާއި ގުޅިގެން  ރައީސް ނަޝީދު ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

 

 

ސްރީލަންކާގެ ހާލަތު ގޯސްވެ، އެ ގައުމު ބަނގުރޫޓުވެފައިވާކަން އިއުލާން ކޮށްފައި ވަނިކޮށް ރައީސް ނަޝީދުވަނީ އެ ގައުމުގެ އިގްތިސޯދީ ހާލަތު ހަމައަކަށް އެޅުވުމަށް އެހީވުމަށް ޝައުގުވެރިކަން ފާޅުކުރައްވިއެވެ. އެ ކަމާއި ގުޅިގެން އަލަށް ބޮޑުވަޒީރު ރަނިލް ވަަނީ ޓްވީޓެއްވެސް ކުރައްވާފައިއެވެ. އެނާ ވިދާޅުވީ، ރައީސް ނަޝީދު އެ ގައުމުގެ ހާލަތު ހަމައަކަށް އެޅުވުމަށާއި އެ ގައުމަށް ބޭރުގެ އެހީ ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވަން ހުށައަޅާފައިވާ ހުށައެޅުން އެނާ ބަލައިގަންނަކަމަށެވެ.

ސްރީލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އެ ގައުމުގެ ސަރުކާރުގެ އެޑްވައިޒަރުގެ ހައިސިއްޔަތުންވެސް މަސައްކަތްކުރެއްވި ރައީސް ނަޝިދު، އެ ގައުމު ބަނގުރޫޓުވެ، ރައީސް ގޯޓަބަޔާ އަދި، ބޮޑުވަޒީރު ރަނިލްވެސް އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ޓްވީޓެއް ކުރައްވާ ވިދާޅުވީ، އެ ގައުމަށް ދިމާވެފައިވަނީ އިންތިހާއަށް ދަތި ހާލަތެއްކަމަށެވެ. އެހެންކަމުން، މިހާރު އެ ގައުމުގެ ހާލަތުން އަރައިގަތުމަށް އައް ފަރިތަ، އަދި ތަޖުރިބާކާރު މީހެއް ބޭނުންވާކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ސްރީލަންކާގެ އިގްތިސޯދީ އަދި މާލީ ހާލަތު ހަމައަކަށް އަޅުވައިދިނުމަށްގޮސް މަސައްކަތްތަކެއް ކުރައްވަން އެ ގައުމުގައި ދުވަސްތަކެއް ހޭދަ ކުރެއްވި ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެ މަނިކުފާނުގެ ގޮވާލުންތަކަށާއި، އެދިލުންތަކަކަށް ބޭރު ދުނިޔެއިންވެސް މާ ބޮޑު ސަމާލުކަމެއް އަދި ކުރިއެރުމެއްވެސް ލިބިފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: