ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާގެ ކުރީގެ ރައީސްގެ ފާޑުކިޔުން ރާޖަޕަކްސާ އާއިލާއަށް!

ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ކުމާރަތުންގަ: ފޮޓޯ/ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާޖަޕަކްސާގެ އާއިލީ ވެރިކަމުން ހިންގާފައިވާ ވައްކަންތަކާއި، ހަމަނުޖެހުން އަދި ހަދާފައިވާ ދޮގުތައް މަތިން ރައްޔިތުން ފޫހުވެ، ވާވަރު ވެއްޖެކަމަށް، އެ ގައުމުގެ ކުރީގެ ރައީސް ޗަނދްރިކާ ބަނޑާރަނައިކެ ކުމަރަތުންގާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ މާލީ ހާލަތު ދަށަށްގޮސް ރައްޔިތުން ތަހައްމަލު ކުރަންޖެހިފައިވާ ދަތިތަކުގެ ސަބަބުން ރުޅި އިސްކޮށްފައިވާ ރައްޔިތުންތަކެއްވަނީ އެ ގައުމުގެ ރިޔާސީ ގަނޑުވަރަށް ވަދެ، އެ ތަން ހިފާފައިއެވެ. ރިޔާސީ ގަނޑުވަރަށް ވަނުމަށް މަސައްކަތްކުރި ރައްޔިތުންނާއި ދެކޮޅަށް ފުލުހުންނާއި ސިފައިންވަނީ ބަރު ހަތިޔާރުގެ ބޭނުންކޮށްފައިއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންގެ އިސްތިއުފާދޭނެކަމަށް ބުނެފައިވަނިކޮށް، މުޒާހަރާގެ ބައިވެރިންތަކެއްވަނީ، އެނާ ދިރިއުޅުއްވާ ގެކޮޅަށްވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި، އެގެ ރޯވެސް ކޮށްލާފައިއެވެ.

ސްރީލަންކާގައި ބޮޑެތި ހަމަނުހުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި އެ ގައުމުގެ ކުރީގެ ރައީސް ޗަންދްރިކާ ވިދާޅުވީ، ހަރުކަށި އަމަލުތަކުން ފެނިގެންދާނީ ހަމައެކަނި ހަމަނުޖެހުންކަމަށެވެ. އަދި ރައްޔިތުން ނުކުމެ ބަދަލު ކުރަން ބޭނުންވެފައިވާ ސަރުކާރުން ކުރަކަހަލަ އަމަލުތައް ކުރާތަންވެސް ފެނިގެންދާނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

Chandrika Bandaranaike Kumaratunga on Twitter: “Violence will cause CHAOS and you will be seen as using the same methods and practices as the government you wish to change. The people of Lanka have had enough of the Violence,Lies, Robbery of the Rajapakse regime. Thats why they support you.They don’t wish to see you repeat” / Twitter

ދިވެހިރާއްޖޭގެ އަވައްޓެރި ގައުމު ސްރީލަންކާގެ ހާލަތުވަނީ އިންތިހާއަށް ދަށަށްގޮސްފައިއެވެ. އެގައުމުގައި ތެލާއި އެކި ޒަރޫރީ ބޭނުންތައް ލިބުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެ، ރައްޔިތުންދަނީ ގައުމުގެ ރައީސް އަދި ސަރުކާރުގެ އިސްވެރިންގެވެސް އިސްތިއުފާއަށް ގޮވާލައި މުޒާހަރާތައް ކުރަމުންނެވެ. މި މުޒާހަރާތަކުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައި، އެކި ފަރާތައްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 88%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: