ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ގަޑީގައި މަސައްކަތްކުރާ ޓީޗަރުންނަށް ޓީޗަރ އެލަވަންސް ހަމަޖެއްސުމަށް ހުށައަޅައިފި

ޓީޗަރުންގެ ދުވަހު އިސްކަންދަރު ސްކޫލުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމީ ގަޑީގެ ބޭރުން އިތުރު ވަގުތުތަކުގައި ޓީޗަރުން ކުރާ މަސައްކަތަށް އެކަށީގެންވާ ރަނގަޅު މިންވަރެއްގެ ފިކްސްޑް ޓީޗަރ އެލަވަންސްއެއް ހަމަޖެއްސުން މުހިއްމު ކަމުގައި ޓީޗަރސް ރިސާރޗް ގްރޫޕްއިން ބުނެފިއެވެ.

ތައުލީމީ ދާއިރާ އަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށް ދިރާސާ ކުރުމަށް އުފެއްދި ރިސާރޗް ގްރޫޕުން ބުނީ މުދައްރިސުންނާއި ތައުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރާ ފަރާތްތަކުން ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުވަތަ މުސާރައެއް އިނާޔަތްތަކާއެކު ހަމަޖެހުން މުހިއްމުކަމަށް ވަނީ ބުނެފައެވެ.

އެގޮތުން އިތުރު ގަޑީގެ ފައިސާ 10 އިންސައްތައިގައި ހިފެހެއްޓިފައިވުމާއި ދެވަނަ ވަޒީފާއެއް އަދާކުރުން މަނާކުރާތީ އެޑިއުކޭޝަން މިނިސްޓްރީ އިން ފަންނީ އިދާރާތަކުގެ ކަމާގުޅުން ހުރި މުވައްޒަފުންނަށް ދޭ އެލަވަންސް ފަދަ އިނާޔަތްތައް ތައުލީމީ ދާއިރާގައި ނުލިބޭކަން ވަނީ ފާހަގަކޮށްފައެވެ.

މުދައްރިސުންގެ ފަންނުގެ އިތުރުގަޑި ކަނޑައެޅުމަކީ ފަސޭހަ ކަމެއް ނޫންކަން ރިޕޯޓްގައި ވަނީ ކިޔަވައިދިނުމުގެ ފަންނަކީ މުދައްރިސުން ކްލާސްރޫމްގައި ކިޔަވައިދޭ  ވަގުތަށްވުރެ އިތުރުން ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭ ކަމެއް ކަމަށާއި އެހެންކަމުން އިތުރު ގަޑީގެ އުޖޫރަ ދެވޭ ރޭޓްތައް އިންސާފުވެރި އަދި ހަމަހަމަ ގޮތަކަށް ސިޔާސަތު ބައްޓަންކުރުމުގެ މުހިއްމުކަން ފާހަގަކޮށްފައިވެއެވެ.

އިންކްލޫސިވް އެޑިއުކޭޝަންގެ ސިޔާސަތު ހިނގަމުންދާއިރު މުދައްރިސުންގެ ތެރެއިން ވަކި ބަޔަކަށް ރިސްކް އެލަވަންސް ލިބިފައި އަނެއް ބަޔަކަށް ނުލިބޭ މައްސަލަ މުރާޖާ ކުރުމަށް ރިޕޯޓްގައި ވަނީ ހުށައަޅާފައެވެ. އަދި ތައުލީމީ ފެންވަރު ރަނގަޅު މީހުން ލިބޭނެ ގޮތަށް މުސާރައާއި އިނާޔަތްތައް ހަމަ ޖެއްސުމާއި މިހާތަނަށް ހިފެހެއްޓިފައި އޮތް ނޮން ޕްރެކްޓިސް އެލަވަންސް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ކަމާއި ގުޅުން ހުރި ދާއިރާގެ ފަންނީ މުވައްޒަފުންނަށް ދޫކުރުމަށް ހުށައަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: