ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލުގެ ކުދިންގެ އަދަދު ގިނަ ނަމަ ޕްރިންސިޕަލުންގެ މުސާރައަށް އިތުރު 5000 ލިބޭ!

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ/ ފޮޓޯ:- ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އާބާދީ ބޮޑު ސްކޫލުތަކުގެ ޕްރިންސިޕަލްއިންނަށް މުސާރައިގެ އިތުރުން، އިތުރު 5،000 ރުފިޔާ ލިބޭކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ޓީޗަރުންގެ މުސާރަ އަށް ގެނައި ބަދަލާއެކު އެންމެ މަތީ ޕްރިންސިޕަލުންގެ މުސާރަ 35،452 ރުފިޔާއަށް އަށް ބޮޑުވާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޕްރިންސިޕަލުންގެ މުސާރަ އަދި ޓީޗަރުންގެ މުސާރަތަކަށްވެސް ބަދަލު ގެނެސްފައިވަނީ ތިން ރޭންކްއަކަށް ބަލައެވެ.

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތައް ހާމަކުރުމަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އަމީރު ވިދާޅުވީ ރޭންކް އެކެއްގައި މިހާރު ވެސް 127 ޕްރިންސިޕަލުން މަސައްކަތް ކުރާ ކަމަށާއި، އެ ޕްރިންސިޕަލުންގެ ގެއަށް ގެންދާ މުސާރައަކީ 16،796 ރުފިޔާކަމަށެވެ.

މުސާރައަށް ގެނައި ބަދަލާއެކުގައި އެ ޕްރިންސިޕަލުން ގެއަށް ގެންދާ މުސާރަަ 30،610 ރުފިޔާއަށް ބަދަލުވެގެން ދާނެކަމުގައި އާމިރު ވިދާޅުވިއެވެ.

ރޭންކް ދޭއްގައި މަސައްކަތް ކުރައްވާ 48 ޕްރިންސިޕަލުންވާއިރު، މި ޕްރިންސިޕަލުން މީގެ ކުރީގައި ގެއަށް ގެންދާ މުސާރައަކީ 17،985 ރުފިޔާއެވެ. ނަމަވެސް ގެނައި ބަދަލާއިއެކު 59 އިންސަތަ މީގެ ތެރެއަށް އިތުރުވެގެންދާނެއެވެ. އެހެންކަމުން ރޭންކް ދޭއްގެ ޕްރިންސިޕަލުންގެ މިހާރުގެ މުސާރައަކަށް ވެގެންދާނީ 33،075 ރުފިޔާއެވެ.

އަމީރު ވިދާޅުވީ ޕްރިންސިޕަލް ރޭންކް ތިނެއްގައި އެއްވެސް ބޭފުޅަކު މަސައްކަތް ނުކުރައްވާ ކަމަށާއި ނަމަވެސް އާ ބަދަލާ އެކުގައި އިތުރަށް ކުރިއެރުމުގެ ފުރުސަތު ޕްރިންސިޕަލުންނަށް އޮންނާނެ ކަމަށެވެ. ރޭންކް ތިނެއްގެ ޕްރިންސިޕަލަކަށް ލިބިވަޑައިގަންނަވާނެ އުޖޫރައިގެ ގޮތުގައި ހަމަޖެހިފައިވަނީ 35،452 ރުފިޔާއެވެ.

މީގެ ކުރީން މަތީ ރޭންކުތަކަަށް ފެތޭ ނަމަވެސް ރަށްތަކުގެ ޕްރިންސިޕަލުންނަށް ލިބެނީ ދަށް މުސާރައެކެވެ. އަދި ދަށް ރޭންކަަށް ފެތޭ މާލެ ސަރަހައްދުގެ ޕްރިންސިޕަލުންގެ މުސާރަ މާ ބޮޑެވެ. އެކަން ފާހަގަކޮށް “ސަންގު” ގެ ނޫސްވެރިޔާ ކުރި ސުވާލަށް އައިޝަތު އަލީ ވިދާޅުވީ އެެއީ ތަފާތު ކުރުން ނޫންކަމަށާއި އެހެން ދިމާވަނީ މާލޭގެ ސްކޫލުތަކުގެ އާބާދީއަށް ބަލައި އިތުރު 5000 މުސާރައަށް އިތުރުވާތީ ކަމަށެވެ.

މީގެ ތެރޭގައި ހުރިހާ ރޭންކްއެއްގެ ޕްރިންސިޕަލުންގެ މުސާރައިގައިވެސް ކިޔަވާ ކުދިންގެ ނިސަބަތަށް ބަލައި ވަކި މިންވަރެއް ހިމެނިފައިވާނެކަމަށް ފިނޭންސް މިނިސްޓާ ވިދާޅުވިއެވެ. އެގޮތުން އާބާދީ ބޮޑު ސުކޫލުތަކުގެ ޕްރިންސިޕަލުންނަށް 5000 ރުފިޔާ ލިބިގެންދާނެއެވެ. އަދި އާބަދީ ކުޑަ ސުކޫލުތަކުގެ ޕްރިންސިޕަލުންނަށް ދިނުމަށް ހަމަޖެހިފައިވަނީ 1000 ރުފިޔާއެވެ.

ޕްރިންސިޕަލުންގެ މުސާރައަށް އައި ބަދަލާއެކުގައި އަހަރެއްގެ މައްޗަށް 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަމައެކަނި އެބޭފުޅުންގެ މުސާރައަށް ހޭދަވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: