ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއެމްއީ ބޭންކުން ކުދި ވިޔަފާރިތަކަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ލޯން ދޫކޮށްފައިވޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އުފެއްދި އެސްއެމްއީ ބޭންކް މެދުވެރިކޮށް މިހާތަނަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ބޭންކް ހުޅުވީ 2019 ވަނަ އަހަރުގެ މާޗް މަހުގައެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭޏުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެ ވިޔަފާރިތައް ކުރިއެރުވުމަކީ ސަރުކާރުން ވެފައިވާ ވައުދެކެވެ.

އެސްއެމްއި ބޭންކުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް އެއް ބިލިއަން ދުއިސައްތަ ފަންސާސް ތިން މިލިއަން ދެލައްކަ ފަންސާސް ހަހާސް އަށްސަތޭކަ އަށްޑިހަ ދެރުފިޔާ ލޯނުގެ ގޮތުގައި ދޫކުރެވިފައިވާ ކަަމަށެވެ. އެއީ ޖުމްލަ 1036 ވިޔަފާރިއަކަށް ދޫކޮށްފައިވާ ލޯނުކަމަށް އެބޭންކުން ވަނީ ބުނެފައެވެ.

އެސްއެމްއީ ލޯނު ދޫކުރާ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، މެނުފެކްޗަރިން އަދި އައިޓީ އާއި މަސްވެރިކަން ހިމެނެއެވެ. އެސްއެމްއީ ބޭންކުން ހާމަކުރާ ގޮތުގައި އެ ބޭންކުން ދޫކުރި ލޯނުގެ 25 އިންސައްތަ ހިއްސާ ކޮށްފައިވަނީ އަންހެން ވިޔަފާރިވެރިންނަށެވެ.

ވަރަށް ގަދަ
46%ވަރަށް ގަދަ 46%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: