ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ހުވަފެންތައް ފޮޅުމުގެ ކުރިން މިލާ މޯޅިވޭ: ރައީސް ޔާމީން

ޕީޕީއެމް، ޕީއެންސީއިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ހުވަންފެންތައް ހަގީގަތަކަށް ވުމުގެ ކުރިން ހަލާކުވެ ނެތިދާކަމަށް އިދިކޮޅުގެ ލީޑާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ވަނީ ޓްވީޓެއް ކުރައްވާ ގައުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ގައުމު ހިންގަމުންދާ އުސޫލަށް ބަދަލު ގެންނަޖެހޭކަމަށް ވިދާޅުވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ގާނޫނު ހިންގާ ފަރާތްތައް ނުވަތަ އިދާރާތަކުން އެކީ އެންމެން ގުޅިގެން ތަތްވެފައި އޮންނަ ތެރަސްގަނޑެއްހެން ބާރު ވެރިކުރުވަން މަސައްކަތްކުރަން ޖެހޭކަމަށެވެ. އަދި އެންމެ މީހެއްގެ ވިސްނުމުން މި ގައުމަށް ޖެހިފައި މި އޮތް ހާލަތު ރަނގަޅު ނުކުރެވޭނެކަމަށް ވިދާޅުވެފައިވެއެވެ. ބަލިކަށިވެފައި ހުރި އެތައް ބާރުތަކެއް ނުވަތަ ކަންތައްތަކެއް އެކުވެފައިވާކަމަށް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ކުރެއްވި ޓްވީޓުގައި ވަނީ އެމްޑީޕީގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން ގެއްލިގެންދާކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: