ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުން މިހާތަނަށް 192 މީހަކަށް ކޮވިޑްޖެހިފައިވޭ : އެޗްޕީއޭ

ކޮވިޑްގެ ސަބަބުން އަހަރެއްހާ ދުވަސްވަންދެން ދަރިވަރުން ކިޔެވީ އޮންލައިންކޮށް / ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުން މިހާތަނަށް 192 މީހަކަށް ކޮވިޑް19  ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއިން އާއްމުކުރި މައުލޫމާތުތަކުގައި ހިމެނޭ ގޮތުން މި ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅު ތެރެއިން 304 މީހަކަށް ވަނީ ކޮވިޑް ބަލި ޖެހިފައެވެ.

މީގެ އިތުރުން ރިސޯޓް ތަކުންނާއި ސިނާއީ ރަށްތަކުންނާއި ސަފާރީ އުޅަނދުތަކުން  ޖުމްލަ 275 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ފާއިތުވެދިޔަ މަހެއްހާ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮސްޕިޓަލުގައި އެޑްމިޑްކޮށްގެން ކޮވިޑް ބަލީގެ 31 މީހަކަށް ފަރުވާދެމުންދާއިރު ބަލީގައި މިހާތަނަށް 307 މީހަކު ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ.

ރާއްޖެއިން މިހާތަނަށް 183،491 މީހަކަށް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް ރޯގާ ރާއްޖޭގައި ފެތުރޭ މިންވަރު އިތުރުވެފައިވާ އިރު، އެބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށާއި އެކަމާއި ގުޅުން ހުރި އިރުޝާދުތައް ކަމާގުޅުން ހުރި އިދާރާ ތަކުން ގެންދަނީ ދެމުންނެވެ. އެގޮތުން މާސްކް އެޅުމާއި ގިނަގިނައިން އަތް ދޮވުމާއި ބަލިން ސަލާމަތްވެ ތިބުމަށް ވެކްސިން ޖެހުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ފާއިތުވެދިޔަ ހަފްތާގެ ނިޔަލަށް މިހާތަނަށް 398،949 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ  ޑޯޒް ޖަހާފައެވެ. 348،648 މީހަކު ކޮވިޑްގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާއިރު 165،066 މީހަކު ބޫސްޓަރ ޑޯޒްގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވެއެވެ. އަދި 689 މީހަކު ވަނީ ބޫސްޓަރ ޑޯޒްގެ ދެވަނަ ޑޯޒް ޖަހައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: