ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާގެ މާލީ ވަޒީރު ފުރަން އުޅެނިކޮށް ހުއްޓުވައިފި

ސްރީލަންކާގެ މާލީ ވަޒީރު އަދި ރައީސް ގޯޓަބަޔާގެ ކޮއްކޮ، ބެސިލް ރާޖަޕަކްސާ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ކުރީގެ ފިނޭންސް މިނިސްޓަރު، ބެސިލް ރާޖަޕަކްސާ ގައުމު ދޫކޮށް، ފުރުމަށް މަސައްކަތް ކުރަނިކޮށް، އެއަރޕޯޓުން އެނާ ހުއްްޓުވައިފިއެވެ.

ދިވެހިރާއްޖޭގެ އަވައްޓެރި ގައުމު ސްރީލަންކާގެ މާލީ ހާލަތު ދަށަށްގޮސް، އެ ގައުމުގެ ރައްޔިތުންނަށް އެތައް ދަތިތަކެއް ތަހައްމަލު ކުރަން ޖެހުމާއި ގުޅިގެން، ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި، އެ ގައުމުގެ ރައީސް ގޯޓަބަޔާ ދިރިއުޅެމުންދިޔަ ރިޔާސީ ގަނޑުވަރު، ރައްޔިތުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައި، 2021 ވަނަ އަހަރު އައްޔަނު ކުރެވުނު ފިނޭންސް މިނިސްޓަރު، ރައީސް ގޯޓަބަޔާގެ ކޮއްކޮ، ބެސިލް ވަނީ ގައުމު ދޫކޮށް، ފުރުމަށް މަސައްކަތްކޮށްފައިއެވެ. އެހެނަސް އެނާ އަށް އެކަން ކާމިޔާބުނުވިއެވެ.

ރައީސް ގޯޓަބަޔާގެ ކޮއްކޮ، އަދި ކުރީގެ ފިނޭންސް މިނިސްޓަރު ބެސިލް ރާޖަޕަކްސާ، ސްރީލަންކާ ދޫކޮށް ފުރުމަށް މަސައްކަތް ކުރުމުން އެނާ ހުއްޓުވާފައިވަނީ، އެ ތަނުގައި ފުރަން ހާޒިރުވެތިބި، އެ ގައުމަށް ނިސްބަތްވާ ފަސިންޖަރުންނެވެ. އަދި ބައެއް މީހުން އެނާއަށް ފުރިއަނުދިނުމަށް ގޮވާލައި އަޑުގަދަ ކުރަން ފެށުމުން، އެއަރޕޯޓު ޑިއުޓީގައި ތިބި އިމިގްރޭޝަން ފަދަ ވަޒީފާތަކުގެ މުއައްޒިފުންވަނީ އެކަމަށް އިޖާބަދީ، އެނާ ޗެކްއިންވުމުން ހުއްޓުވާފައިއެވެ.

އަވައްޓެރި ގައުމު ސްރީލަންކާގެ ހާލަތު ދަށަށްގޮސް، ރުޅިގަދަވެފައިވާ ރައްޔިތުންތަކެއް، އެ ގައުމުގެ ރިޔާސީ ގަނޑުވަރު، އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވަނިކޮށް، އެ ގައުމުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާވަނީ އެނާ ޖުލައި މަހުގެ 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފައިއެވެ. ސްރީލަންކާގެ ރައްޔިތުން އަދި އެގައުމުގެ ސަރުކާރަށް ނިސްބަތްވާ އެތައް ބަޔަކަށްވެސް ވަނީ އެ ގައުމުގައި ހިންގަމުންދާ ބޮޑެތި ހަމަނުޖެހުންތަކުގެ ތެރޭގައި އިޔާދަ ނުކުރެވޭނެ ވަރުގެ ބޮޑެތި ގެއްލުންތައްވެފައިއެވެ.

ވަރަށް ގަދަ
77%ވަރަށް ގަދަ 15%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: