ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމެއް ވައްޓާލަން ނަގާނީ ސިކުންތުކޮޅެއް: ޖަމީލު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް، ރައްޔިތުން ވާ ވައްދައިގެން އަބަދާއި އަބަދަށް ދިވެހިރާއްޖޭގެ ވެރިކަމުގައި ހުރެވިދާނެކަމަށް ހީފުޅުވާނަމަަ، ދަސްކޮށްފައިވަނީ ނުބައި ފިލާވަޅުތަކެއް ކަމަށް، ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އަވައްޓެރި ސްރީލަންކާގެ ރިޔާސީ ގަނޑުވަރު އެގައުމުގެ ރައްޔިތުންގެ ބާރުގެ ދަށަށް ގެންގޮސް، ގިނަ ހަމަ ނުޖެހުންތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާގެ އެތެރޭގެ ކަންކަމަށް އިރުޝާދުތައް ދެއްވައި ހިޔާލު ފާޅުކުރަމުންދިއުމާއި ގުޅިގެން އެކަމަށް އެގައުމުގެ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވުމުން، ޓްވީޓެއް ކުރައްވާ ޖަމީލު ވިދާޅުވީ، ރައީސް ނަޝީދު ސްރީލަންކާގައި ކުރިމަތިވެފައިވާ ހާލަތާއި އެއްފަދަ ދަނޑިވަޅެއް ކުރިމަތިވުމުން އިސްތިއުފާދެއްވިކަމަށެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ދިވެހި ރައްޔިތުންތަކެއް ނުކުމެ، ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް އަޑު އުފުލައި، މުޒާހަރާތައް ކުރުމާއި ގުޅިގެން އެ ހާލަތުގައި ރައީސް ނަޝީދުވަނީ އިސްތިއުފާ ދެއްވާފައިކަމަށާއި، ލީޑަރުން އައްޔަނު ވަނީ، ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށް ޖަމީލުވަނީ ރައީސް ނަޝީދު ޓެގު ކުރައްވައި ވިދާޅުވެފައިއެވެ. އަދި ރައީސް ސާލިހާއި ދެކޮޅަށް އެ މަނިކުފާނުގެ ޕާޓީ މެމްބަރުންވެސް ތެދުވަމުންދާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ރައީސް ސާލިހުވަނީ ބޮޑުތަނުން ފެއިލްވެފައިކަމަށެވެ.

ރައީސް ނަޝީދާއި ރައީސް ސާލިހަށްވެސް ފާޑުކިޔުންތަކެއް އަމާޒު ކުރައްވައި، ޖަމީލު ވިދާޅުވީ، ގައުމެއްގެ ބާރު ލިބެނީ، ރައްޔިތުންގެ ފަރާތުންކަމަށެވެ. އަދި، ދިރިއުޅެމުންދާ ގަނޑުވަރުތައް ގެއްލުމަށް ނަގާނީ ސިކުންތުކޮޅެއް ކަމަށާއި، ދުއްވަމުންދާ ވަރުގަދަކޮށްފައިވާ ކާރުތަކާއި، ކައިރީ ހަށި ރައްކައުތެރި ކުރުމަށް ތިބޭ މީހުންވެސް ގެއްލުމަށް ނަގާނީ ހަމަ ސިކުންތުކޮޅެއްކަމަށް ފާހަގަކުރައްވާ ޖަމީލު ވިދާޅުވީ، ރައްޔިތުންނަށް އޮޅުވާލައިގެން، ވެރިކަން ދެމެހެއްޓޭނެކަމަށް ރައީސް ސާލިހަށް ހީފުޅުވާނަމަ، އެ މަނިކުފާނު ނަންގަވާފައިވާ ފިލާވަޅުތައް ގޯސްކަމަށެވެ.

ރައީސް ނަޝީދާއި ރައީސް ސާލިހުވެސް ވެރިކަން ކުރުމުން ފެއިލްވެފައިވާކަމަށް ދޭހަވާ މޭރުމަކުން ޖަމީލު ވާހަކަދެއްކެވީ، ރައީސް ނަޝީދު ސްރީލަންކާގެ އެތެރޭގެ މައްސަލަތަކަށް ފާޑު ވިދާޅުވުމުން އެކަމަށް އެ ގައުމުގެ ރައްޔިތުންނާއި، ދިވެހިންގެވެސް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.

ސްރީލަންކާގައި ހިންގަމުންދާ ބޮޑެތި ހަމަ ނުޖެހުންތަކުގައި، އެ ގައުމުގެ ސިފައިންނާއި ފުލުހުންގެ ފަރާތުން އެ ގައުމުގެ ރައްޔިތުންނަށް އަނިޔާތައް ލިބި، ހުސް އަތާ ތިބި މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް، ސަފުހަދައިގެން ތިބި ސިފައިން ބާރުގެ ބޭނުންކޮށް، ބަޑި ޖަހާފައިވެއެވެ.

އިންތިހާއަށް ހާލަތު ގޯސްވެފައިވާ ސްރީލަންކާގެ އެތެރޭގެ މައްސަލައަކާއިމެދު ޓްވީޓެއް ކުރެއްވި އިރު، ރައީސް ނަޝީދު އެ ގައުމުގެ ސަރުކާރުން ކުރައްވާ ކަންކަމަށް ފާޑު ވިދާޅުވެފައިނުވެއެވެ. އެހެން ނަމަވެސް، ގައުމުގެ ރައްޔިތުން ހިންގަމުންދާ ކަންކަމަށް ފާޑުވިދާޅުވިއެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވި ބައެއް މީހުންވަނީ، ރާޖަޕަކްސާގެ އާއިލީ ވެރިކަމަކީ، ރައީސް މައުމޫނަށްވުރެ ހުދުމުހުތާރު ވެރިކަމެއް ކަމަށް ސިފަކުރައްވާފައިއެވެ. އެހެން ކަމުން ރައީސް ނަޝީދު އެފަދަ ބަޔަކަށް ތާއިދު ކުރެއްވުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް ދޭހަވާ މޭރުމަުން އެ މަނިކުފާނަށް ރައްދު ދެއްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބަޣާވާތެއް ކުރަން ނަގާނީ ސިކުންތެއް ސިކުންތު ކޮޅެއްވެސް ނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: