ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ސަރުކާރުން ލަންކާ ރައްޔިތުންނާއި ދެކޮޅަށް ގޯޓަބަޔާއަށް ރާއްޖެއިން ހިމާޔާތް ދީފި!

ރައީސް ނަޝީދު އަދި ގޯޓަބަޔާ ރާޖަޕަކްސާ: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުދުމުހުތާރު ވެރިކަމެއް ދިވެހިރާއްޖެއިން ނައްތާލުމުގެ ނަމުގައި، ރާއްޖޭގެ ވެރިކަމަށް ވަަޑައިގެންނެވި، ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސްރީލަންކާގެ ހުދު މުހުތާރު އަދި އާއިލީ ވެރިކަން ކުރަމުންދިޔަ، ގޯޓަބަޔާ ރާޖަޕަކްސާ، ދިވެހި ރާއްޖެ ގެނެސްފައިއެވެ.

ދިވެހިރާއްޖޭގެ އަވައްޓެރި ގައުމު ސްރީލަންކާގެ އެކި ދާއިރާތަކުގެ މީހުންނާއި، އާންމު ރައްޔިތުންވެސްވަނީ ދާދި ފަހުން، ރައީސް ނަޝީދު އެ ގައުމުގެ ކަންކަމަށް ފާޑުވިދާޅުވެ، އިރުޝާދު ދެއްވަމުންދިއުމާއި ގުޅިގެން، އެ މަނިކުފާނަށް އަމާޒުކޮށް، އެތައް ބަހުގެ ހަމަލާތަކެއް ދީފައިއެވެ.

ބައެއް މީހުން ބުނާ ގޮތުން، ރާއްޖޭގެ ކުރީގެ ރައީސް މަހުމޫން އަބްދުލް ގައްޔޫމަކީ، ހުދުމުހުތާރު ވެރިއެއްކަމަށާއި، އެ ކަމުން ރައްޔިތުން މިންޖު ކުރުމުގެ ނަމުގައި، ދިވެހިރާއްޖޭގެ ވެރިކަން ހޯދި ފަރާތަކުން، އެހެން ގައުމެއްގައި، ކަނޑައެޅިގެން މައުމޫނަށްވުރެ، ހުދުމުހުތާރު، އާއިލީ ވެރިކަމެއްކަން ކުރަމުންދަނީ ޔަގީންވާ ފަރާތަކަށް ތާއީދު ކުރުމަކީ، ރައީސް ނަޝީދުގެ ބަހާ އަމަލާ ދިމާނުވާކަމުގެ ފުރިހަމަ މިސާލެކެވެ.

ބައެއް ފަރާތްތަކުން ރައީސް ނަޝީދަށް އަމާޒު ކުރި ފާޑުކިޔުމަކީ، އަމިއްލަ ގައުމުގެ އެއްވެސް ކަމެއް ރަނގަޅަށް ބެލެހެއްޓިފައިނުވާ ފަރާތަކުން ގޮސް އެހެން ގައުމެއްގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަކީ، “ޖޯކު” ކަމެއް ކަމަށެވެ.

ބޭރު ހަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުން، ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާވަނީ ފިލުމަށް ގިނަ މަސައްކަތްތަކެއްކޮށްފައި، އެހެން ނަމަވެސް، އެނާއަށް އެއަރޕޯޓުގެ މުއައްޒިފުންގެ ހުރަސްއެޅުންތަކާއި، އެމެރިކާފަދަ ގައުމުތަކުން ވިސާ ނުދިނުން ފަދަ ކަންކަމާއި ކުރިމަތިވިއެވެ.

ދެ ފަހަރަކު ފުރުމަށް މަސައްކަތްކޮށް، ނާކާމިޔާބުވުމުން، ގޯޓަބަޔާ ރާޖަޕަކްސާ ދެން މަސައްކަތް ކުރެއްވީ، އެ ގައުމު ދޫކޮށް، އަސްކަރީ ޖެޓެއްގައި ސިންގަޕޫރަށް ވަޑައިގަތުމަށެވެ. އެހެން ނަމަވެސް، ސިންގަޕޫރުން، އެހެން ގައުމެއްގެ އަސްކަރީ އުޅަނދެއް ވަނުމަށް ހުއްދަ ނުދިނެވެ.

ބޭރުގެ ހަބަރުތައް ބުނާ ގޮތުން ސްރީލަންކާގެ ރައީސް ގޯތަބަޔާ ރާޖަޕަކްސާއަށް، ސިންގަޕޫރުންވެސް ފިލުމަށް އެހީތަކެއް ނުވުމުން، އެނާ ވަނީ، އެނާއަށް އިންތިހާއަށް ތާއީދު ކުރާ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް ގުޅާފައިއެވެ. އަދި ރައީސް ނަޝީދުވަނީ ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދަށް އެހެން ގައުމެއްގެ އަސްކަރީ އުޅަނދެއް އޮޅުވާލުމެއްގެ ތެރެއިން ޖެއްސުމަށް މަގުފަހިކޮށްފައިކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

އަވައްޓެރި ގައުމު ސްރީލަންކާގެ ހާލަތުވަނީ އިންތިހާއަށް ގޯސްވެފައިއެވެ. އެ ގައުމުގެ ސަރުކާރުން އެތަކެއް ގިނަ ލޯނުތަކެއް ނަގައި، ދަރަނިތައް އުތުރުކޮށް، ފައީސާ ޗާޕުކޮށް، އަގުވެއްޓިގެންދިއުމުގެ ސަބަބުން، ރައްޔިތުންނަށްވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައިއެވެ. ޒަރޫރީ ބައެއް ބޭނުންތައް ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާ ލަންކާގެ ރައްޔިތުންވަނީ ރުޅިއިސްކޮށް، ބޮޑެތި މުޒާހަރާތަކެއް ހިންގައި، އެގައުމުގެ ރިޔާސީ ގަނޑުވަރުވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިއެވެ. އަދި އެ މީހުން ނުކުމެގެންދާނީ މިހާރުގެ ރައީސް ގޯތަބަޔާ، ބޮޑުވަޒީރު ރަނިލްވެސް އިސްތިއުފާދިނުމުންކަމަށް އެމީހުންވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: