ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ރައީސޭ ކިޔާފަ ގޮސް ބޭނުންހާ ކަމެއް ނުކުރޭ: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭނުންވާހާ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގެ ނާޖާއިޒް ފައިދާ ނުންގަވަން، މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައިފިއެވެ.

އަވައްޓެރި ސްރީލަންކާގެ ހާލަތު ގޯސްވެ، އެކަމުގެ ޒިންމާ، އެ ގައުމުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ ނަންގަވަންޖެހޭނެކަމަށް، ގޮވާލައި، އެ ގައުމުގެ ރިޔާސީ ގަނޑުވަރުވެސް ރައްޔިތުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައި، ރައީސް ގޯޓަބަޔާވަނީ އެނާ، އިސްތިއުފާދެއްވާނެކަމަށް އެ ގައުމުގެ މަޖިލީހުގެ ރައީސް މެދުވެރިކޮށް އިއުލާނު ކުރައްވާފައިއެވެ.

އިސްތިއުފާދެއްވާނެކަމަށް، އެ ގައުމުގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވަރދަނާ މެދުވެރިކޮށް، އިއުލާނުކުރެއްވުމަށްފަހު، ލަންކާގެ ރައީސް ގޯޓަބަޔާ ވަނީ ގައުމު ދޫކުރައްވާ ފިއްލަވަން މަސައްކަތްތަކެއް ކޮށްފައިއެވެ. އެގޮތުން، އެނާ އަކީ ކުރިން އެމެރީކާގެ ރައްޔިތަކަށްވުމުން، އެ ގައުމަށްވެސް ދިއުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެމެރިކާއިންވަނީ އެނާ އެ ގައުމަށް ފިލުން ހުއްޓުވައި، ވަނުމަށް ހުއްދަ ނުދީފައިއެވެ. ސިންގަޕޫރުންވެސް ވަނީ އެފަދަ ގޮތަކަށް ކަންކަން ކޮށްފައެވެ.

އެމެރިކާ އަދި ސިންގަޕޫރުންވެސް ސްރީލަންކާގެ ދާހިލީ ކަންކަމަށް ނުވަނުމަށާއި، ގަވާއިދާއި ހިލާފުވާގޮތަށް މީހަކު އެ ގައުމަށް އެތެރެވިޔަ ނުދިނުމަށް، ސްރީލަންކާގެ ރައީސް ގޯޓަބަޔާ ފިލުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް، ނުވަނުމަށް ނިންމިއިރު، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އެ އާއިލާއަށް ރާއްޖެ އާދެވޭނެ މަގު ފަހުކޮށްދީފައިކަމަށް އަޑުތައް ފެތުރިގެންދިޔައެވެ.

ރައީސް ނަޝީދު، ސްރީލަންކާގައި ހުދުމުހުތާރު، އާއިލީ ވެރިކަމެއް ކުރަމުންދިޔަ ގޯޓަބަޔާ ރާޖަޕަކްސާ، ރާއްޖެ ގެނެސްފައިވާ މައްސަލައިގައި، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްވަނީ، ލަންކާގެ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރެއްވުމަށް، އެ މަނިކުފާނަށް އިލްތިމާޒް ކުރައްވާފައިއެވެ.

ރައީސް ނަޝީދަށް، ސްރީލަންކަގެ ދާހިލީ ކަންކަމަށް ނުވަނުމަށް އިލްތިމާޒް ކުރައްވާ، ޝިޔާމް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ މަގާމުގެ ނާޖާއިޒް ފައިދާތަކެއް ނަންގަވާ، ބޭނުންވާހާ ގޮތަކަށް ކަންކަން ނުކުރެއްވުމަށްވެސް ރައީސް ނަޝީދަށް އިލްތިޒާމް ކުރައްވާކަމަށެވެ. އަދި ސްރީލަކާގެ ރައްޔިތުންގެ ނިންމެވުމާއި ދެކޮޅަށް، ދިވެހި ސަރުކާރުން ކުރާ ކަންކަމުގެ ފުރިހަމަ ޒިންމާ، ރައީސް ސާލިހު ނަގްނަވަންޖެހޭނެކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

Ahmed Shiyam on Twitter: “‘Majlis Raees’ ge maqaamu hippulhah heyovarugothah beynun nukuravva @MohamedNasheed .SL rayyithunge nimmumah ihuthiram kuravva.Majlis Raees beynunfulhuviyas nukurevveyne kankan hunnaane. SL rayyithuge vindha dhekolhah Raajjein kura kankamuge furihama zimma @ibusolih nangavanjehe.” / Twitter

ސްރީލަންކާގެ މާލީ ހާލަތު ގޯސްވެ، އެކުމުގެ ސަބަބުން، އެ ގައުމުގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމުން، އެ ގައުމުގެ ރައްޔިތުންތަކެއްވަނީ، މަގުތައް މައްޗަށް ނުކުމެ ރައީސް ގޯޓަބަޔާ އަދި، ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލައިފައިއެވެ. ގިނަ މަސްތަކެއް ވަންދެން މުޒާހަރާތަކާއި ހަމަނުޖެހުންތަކެއް ހިންގުމަށްފަހު، ހާލަތު ރަނގަޅުވެފައިނުވުމުން، އެ ގައުމުގެ ރައްޔިތުންގެ ރުޅި އިތުރުވެ، ސަފު ހަދައިން ބަޑިޖަހަން ތިބި ސިފައިން ތިބި ނަމަވެސް ނުސިހި، މުޒާހަރާގެ ބައިވެރިންވަނީ، ގޯޓަބަޔާ ދިރިއުޅުއްވި ގެކޮޅު، އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިއެވެ.

އާންމު ހާލަތެއްގައި ރައްޔިތުންނަށްޓަކާއިކަމަށް ބުނެ، ފިޔަވަޅުތައް ނަންގަވަމުންދާ ރައީސް ނަޝީދުވަނީ، ގައުމު ހާލަތާއި ގުޅިގެން އެ ގައުމުގެ ސަރުކާރަށް އެއްވެސް ވަރެއްގެ ފާޑުކިޔުމެއް ވިދާޅުނުވެ، އޭގެ ބަދަލުގައި، ރައްޔިތުނަށް އަމާޒުކޮށް، އެ ގައުމުގެ ވެރިންގެ ފަރާތައް ޖެހި، ފާޑުވިދާޅުވެފައިއެވެ.

ސްރީލަންކާގެ ރައްޔިތުން ބުނާގޮތުން، މި މައްސަލައިގެ ތެރެއިން ހުދުމުހުތާރު، އާއިލީ ވެރިކަމެއް ހިންގަމުންދިޔަ، ގޯޓަބަޔާ ރާޖަޕަކްސާ އަދި ސަރުކާރަށް ރައީސް ނަޝީދު ތާއީދު ކުރެއްވުމުން، އެ މަނިކުފާނުގެ އަސްލު ސިފަ ފެނިގެންގޮސްފިކަމަށެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: