ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯޓަބަޔާ ރާއްޖެ ގެނައިކަން ލަންކާގެ އަސްކަރިއްޔާއިން ކަޝަވަރުކޮށްދީފި!

ރައީސް ސާލިހު، ރައީސް ނަޝީދު، ރއީސް ގޯޓަބަޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ، ދިވެހިރާއްޖެ ގެނެސްފައިވާކަމަށް، އެ ގައުމުގެ ވައިގެ އަސްކަރިއްޔާއިންް އެއްބަސްވެއްޖެއެވެ.

ސްރީލަންކާގެ ރައީސް ގޯތަބަޔާ، އެ ގައުމުގެ މާލީ އަދި އިޖްތިމާއީ ހާލަތަށް ޒިންމާ ވާންޖެހޭނެކަމަށް ގޮވާލައި، ގިނަ އަދަދެއްގެ މީހުން މުޒާހަރާތަކެއް ކުރަމުންދަނިކޮށް، ގޯޓަބަޔާވަނީ، އެ ގައުމުގެ އަލަށް އެކުލަވާލާ ސަރުކާރުން އެނާ ހައްޔަރު ކުރުމުގެ ކުރިން  ފިއްލަވަން މަސައްކަތްކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެހީތެރިކަމާއި އެކު، ރާއްޖެ ވަޑައިގެންފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އިންޑިއާގެ މައްޗަށްވެސް ގޯޓަބަޔާ ރާޖަޕަކްސާއަށް ފިލުމަށް އެހީތަކެއްވީކަމަށް ތުހުމަތުތަކެއް ކުރެވުނު އިރު، އެ ގައުމުންވަނީ އެ ތުހުމަތުތައް ދޮގުކޮށްފައިއެވެ. ބައެއް ފަރާތްތަކުން މައުލޫމާތު ދޭގޮތުން، ގޯޓަބަޔާ ރާޖަޕަކްސާ ދިވެހިރާއްޖެ ގެނެސްފައިވަނީ، ކަމާއިބެހޭ މުއައްސަސާތަކަށްވެސް އޮޅުވާލައިގެންނެވެ. އެހެން ނަމަވެސް، އިމިގްރޭޝަން އޮންނަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކަމުން، ބައެއް ފަރާތްތަކުން ބުނަމުންދަނީ، މިކަމުގައި، ރައީސް ސާލިހު އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެވެސް ބައިވެރިވުމެއް އޮވެއެވެ.

ސްރީކަންކާގެ އެއަރފޯސްއިން މި މައްސަލައާއި ގުޅިގެން ނެރިފައިވާ ބަޔާނުގައި ވާގޮތުން، އެ ގައުމުގެ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، އަދި ސަރުކާރުގެ އެދުމުގެ މަތިން، އެއަރފޯސްއިންވަނީ އަސްކަރީ އުޅަނދެއްގައި ގޯޓަބަޔާ، އަދި އެނާގެ އަނބިކަނބަލުން އަދި ދެ ބޮޑީގާޑުން ދިވެހިރާއްޖެ ގެނެސްފައިއެވެ.

Under the provisions of the Constitution and on a request by the government, the Sri” Lanka Air Force provided a plane early today to fly the president, his wife and two “security officials to the Maldives

ސްރީލަންކާގެ ރައްޔިތުން އަދި ދިވެހި ގިނަ އަދަދެއްގެ ރައްޔިތުންވެސް ދަނީ މިކަމުން ރައީސް ނަޝީދުގެ އަސްލު ސިފަ ފެނިގެންދާކަމަށް ބުނަމުންނެވެ. އަދި ރައީސް ނަޝީދަކީ، އޮޅުވާލައިގެން ކަންކަން ކުރާ ބޭފުޅެއްކަމަށް ސާފުވެގެންދާކަމަށްވެސް ގިނަ އަދަދެއްގެ މީހުންބުނެއެވެ.

Dr Ayshan M Abdullah on Twitter: “People of #maldives. Do you plan to let your president protect one of the worst politicians and dictators to grace this earth. @MohamedNasheed, by protecting @GotabayaR you are showing your true colors. The people who voted for you won’t like this #SriLankaProtests #SriLanka” / Twitter

ގޯޓަބަޔާ ރާޖަޕަކްސާއަށް ފިލައިގެން ދިވެހިރާއްޖެއައުމަށް އެހީތެރިވެދިނުމާއި ގުޅޭގޮތުން، ދިވެހިރާއްޖޭގެ ކަމާއިބެހޭ ވުޒާރާއަކުން އަދި ކަމާއިބެހޭ އިސްފަރާތަކުންވެސް ވަކި އެއްޗެއް ހާމަކޮށްފިއެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: