ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިޙް ސަރުކާރުގެ ހިމާޔަތަށް ފަހު ލަންކާ ރައީސް އިސްތިއުފާ ނުދޭން ނިންމައިފި

ރައީސް ސާލިހު އަދި ރައީސް ގޯޓަބަޔާ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ، ހިމާޔަތް ލިބުމަށްފަހު، ފިލައިގެން ދިވެހިރާއްޖެ އައިސްފައިވާ ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ ނުދިނުމަށް ނިންމައިފިއެވެ.

ސްރީލަންކާގެ “މިރަރ ނައު” ފަދަ ނޫސްތަކުން ބުނާގޮތުން ނަމަ، ރައްޔިތުންގެ ޕްރެޝަރާއިހެދި، ޖުލައި މަހުގެ 13 ވަނަ ދުވަހު އިސްތިއުފާދިނުމަށް ނިމްމާފައިވާ ރައީސް ގޯޓަބަޔާ ރާޖަޕަކްސާވަނީ، ފިލައިގެން ރާއްޖެ ދިއުމަށްފަހު، ވެރިކަމުން ފައިބައިވަޑައިނުގަތުމަށް ނިންމާފައިއެވެ.

ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކް، ދިވެހި ރާއްޖެ ވަޑައިގެންފައިވަނީ، އެ ގައުމުގެ އަސްކަރީ އުޅަނދެއްގައި ވައިގެ މަގުންނެވެ. އެނާ ރާއްޖެ އައުމުގެ ކުރިން، އެމެރިކާ، އަދި ސިންގަޕޫރު ފަދަ ގައުމުތަކަށް ދިއުމަށް މަސައްކަތްކޮށްފައިވާކަމަށާއި، އެހެން ނަމަވެސް އެ ގައުމުތަކުންވަނީ، ގައުމެއްގެ ދާހިލީ ކަމެއްގެ ތެރެއަށް ނުވަންނުމަށް ނިންމައި އެކަމަށް އެހީތަކެއް ނުދިނުމަށް ނިންމާފައިކަމަށްވެސް ބައެއް ނޫސްތަކުން ރިޕޯޓުކުރެއެވެ.

ގިނަ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓު ކުރާގޮތުން، ހުދުމުހުތާރު އާއިލީވެރިކަމެއް ކުރަމުންދިޔަ، ގޯޓަބަޔާ، ދިވެހިރާއްޖެ އެތެރެކުރުމުގައި އެންމެ އިސް ރޯލެއް އަދާކޮށްފައިވަނީ، ދިވެހިރާއްޖޭގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެހެންނަމަވެސް އެ މަނިކުފާނަށް އެފަދަ ބާރެއް ލިބިފައިނުވެއެވެ.ކުރީގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި މަސައްކަތްކުރައްވާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕު ލީޑަރު އާދަމް ޝަރީފްވެސް ވަނީ، މި ވާހަކަތަކަށް އިޝާރާތްކުރައްވާފައިއެވެ.

އެހެން ގައުމެއްގެ ރައީސެއްނަމަވެސް، އަސްކަރީ އުޅަނދެއްގައި ރާއްޖެ ވަޑައިގަންނަ ނަމަ، ދިވެހި ފޮރިން މިނިސްޓްރީގެ ކްލިއަރެއްންސް ކުރިއާލައި ހޯދަން ޖެހޭނެއެވެ. އަދި އެ ކްލިއަރެންސް ލިބުނު ނަމަވެސް، އަންނަ އުޅަނދަކީ އަސްކަރީ އުޅަނދެއް ނަމަ، އެ ކްލިއަރެންސް ދެވޭނީ ޑިފެންސް މިނިސްޓްރީގެ ރުހުމުގައިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ދާދި ފަހުން، ސްރީލަންކާގެ މާލީ ހާލަތައް ހައްލުތަކެއް ގެނެސްދިނުމަށް އެ މަނިކުފާނުގެ ހިދުމަތްތައް ހުށައަޅާފައިއެވެ. އަދި އެ ގައުމުގެ އަލަށް އައްޔަނު ކުރެވުނު ބޮޑުވަޒީރު ރަނިލް ވިކްރަމަަސިންހަވަނީ، އެ މަނިކުފާނުގެ އެ ހުށައެޅުން ބަލައިގަނެފައިއެވެ.

ރައީސް ނަޝީދު ސްރީލަންކާއަށް ވަޑައިގަތީ އެ ގައުމަށް ބޭރު ގައުމުތަކުގެ މާލީ އެހީތަކެއް ހޯދައިދިނުމުގެ މަގުސަދުގައިއެވެ. އެހެން ނަމަވެސް އެ މަނިކުފާނަށް ސްރީލަންކާއަށް އެއްވެސް ބޭރުގެ އެހީއެއް ހޯދައިދެވިފައިނުވެއެވެ. ރައީސް ނަޝިދަށްވަނީ އެ މަނިކުފާނު ދިވެހިރާއްޖޭގެ ހާލަތައިގެން ނޫޅުއްވާ އެހެން ގައުމަކައިގެން އުޅުއްވުމުން އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިއެވެ.

ދާދި ފަހުން، އެގައުމުގެ އަލަށް އައްޔަނު ކުރެވުނު ބޮޑުވަޒީރު، ރަނިލްވަނީ، ގައުމު ބަނގުރޫޓުވެފައިވާކަމަށް އިއުލާނުކުރައްވާފައިއެވެ. އެ އިއުލާނާއިއެކު، ރުޅިގަދަވެފައިވާ ރައްޔިތުންތަކެއްވަނީ، މަގުތައް މައްޗަށް ނުކުމެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި، އެގައުމުގެ ރިޔާސީ ގަނޑުވަރުވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިއެވެ. އަދި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާ ދިރިއުޅުއްވި ގެކޮޅުވެސް ބަޔަކު މީހުންވަނީ ރޯކޮށްލައިފައިއެވެ.

ރައީސް ނަޝީދުވަނީ މިކަމާއި ގުޅިގެން މުޒާހަރާތަކުގެ ބައިވެރިންނަށް އަމާޒުކޮށް، ފާޑުކިޔުންތަކެއް ވިދާޅުވެފައިއެވެ. އެހެން ނަމަވެސް އެ ގައުމުގެ ސަރުކާރުން އިހުމާލުގެ މައްޗަށް ވަމުންދިޔަ އިހުމާލުތަކަށް އެ މަނިކުފާނު އެއްވެސް އެއްޗެއް ވިދާޅުވެފައިނުވެއެވެ. ރައީސް ނަޝިދަށް މިކަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ތެރޭގައި، ރައީސް މައުމޫނަށްވުރެ، ހުދުމުތާރު، އާއިލީވެރިކަމެއް ކުރަމުންދިޔަ، ގޯޓަބަޔާއަށް ތާއީދު ކުރެއްވުމުން، އެ މަނިކުފާނުގެ އަސްލު ސިފަތަކާއި ކުލަވަރުތައް ފެނިގެންދާކަމަށް ބައެއް ފަރާތްތަކުން ބުނުން ހިމެނެއެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 17%ވަރަށް ދެރަ 43%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނަޝީދު ދަމާގެންގެންގޮސް އަނދަގޮނޑިޖަހަފާ ވަކިން ހައްޔަރު ކުރަންޖެހޭ. ރައްޔިތުން ގެ ރުޅިގަޑު ފަޅައިގެން ގގޮސް މަގުމަތިން ސަރުކާރު ވައްޓާލީމަ މަންޒަރު މާތާހިރެއް ނުވާނެ،.. ފަހަރު ގައި ސަރކާރުގެ އިސްވެރިންނަށް އެފަދަ ހާލަތެއްގައި ދެރގޮތެއް މެދުވެރިދާނެ ކަންބޮޑޫވޭ. އެކަމަކު ރައްޔިތުން ގެ ރުޅި ހައްދުން ނެއްޓުނީމަ އެކަމެއް ކޮންޓްރޯލެއްވެސް ނުވާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: