ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ގޯތަބަޔާ މިއަދު އިސްތިއުފާ ދެއްވާނެ، އައު ރައީސް މި މަހު އައްޔަން ކުރާނެ: ލަންކާ ޕާލަމެންޓުގެ ރައީސް

ލަންކާގެ ޕާލަމެންޓުގެ ރައީސް އަދި ރައީސް ގޯތަބަޔާ ރާޖަޕަކްސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ލަންކާގެ ރައީސް ކަމުގެ މަގާމުން ގޯތަބަޔާ ރާޖަޕްކްސަ މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް ލަންކާގެ ޕާލަމެންޓްގެ ރައީސް މަހިނަދް ޔަޕަ ވަރުދަ ވިދާޅުވެއްޖެއެވެ.

ލަންކާގެ ޕާލަމެންޓްގެ ރައީސް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ގޯތަބަޔާގެ އިސްތިއުފާގެ ސިޓީ އެމަނިކުފާނަށް މިއަދު ފޮނުވާނެކަން އަންގާފައިވާ ކަމަށާއި އަދި ރައީސް ގޯތަބަޔާ އިސްތިއުފާ ދެއްވުމުން ލަންކާގެ ރައީސްގެ މަގާމަށް މީހަކު އައްޔަން ކުރަނީ މި މަހުގެ 20 ވަނަ ދުވަހު ބާއްވާ ޕާލަމެންޓުގެ ޖަލްސާގައި ކަމަށެވެ.

ރައީސް ކަމުގެ މަގާމުން ގޯތަބަޔާ އިސްތިއުފާ ދެއްވާނެ ކަމަށް ލަންކާގެ ޕާލަމެންޓުގެ ރައީސް ވިދާޅުވެފައިވާއިރު ރައީސްގެ ބާރުތައް ވަގުތީ ގޮތުން ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހައާއި ވަނީ ހަވާލު ކުރައްވާފައެވެ.

ރައީސް ގޯތަބަޔާ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވުމަށް ފަހު ފިއްލަވައިގެން މިއަދު ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ.

ސްރީލަންކާގެ ރައީސް ގޯތަބަޔާ ރާޖަޕަކްސަ، ދިވެހިރާއްޖެ ވަޑައިގެންފައިވަނީ، އެ ގައުމުގެ އަސްކަރީ އުޅަނދެއްގައި ވައިގެ މަގުންނެވެ. އެނާ ރާއްޖެ އައުމުގެ ކުރިން، އެމެރިކާ، އަދި ސިންގަޕޫރު ފަދަ ގައުމުތަކަށް ދިއުމަށް މަސައްކަތްކޮށްފައިވާކަމަށާއި، އެހެން ނަމަވެސް އެ ގައުމުތަކުންވަނީ، ގައުމެއްގެ ދާހިލީ ކަމެއްގެ ތެރެއަށް ނުވަންނުމަށް ނިންމައި އެކަމަށް އެހީތަކެއް ނުދިނުމަށް ނިންމާފައިކަމަށްވެސް ބައެއް ނޫސްތަކުން ރިޕޯޓުކުރެއެވެ.

ގިނަ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓު ކުރާގޮތުން، ހުދުމުހުތާރު އާއިލީވެރިކަމެއް ކުރަމުންދިޔަ، ގޯޓަބަޔާ، ދިވެހިރާއްޖެ އެތެރެކުރުމުގައި އެންމެ އިސް ރޯލެއް އަދާކޮށްފައިވަނީ، ދިވެހިރާއްޖޭގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެހެންނަމަވެސް އެ މަނިކުފާނަށް އެފަދަ ބާރެއް ލިބިފައިނުވެއެވެ.ކުރީގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި މަސައްކަތްކުރައްވާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕު ލީޑަރު އާދަމް ޝަރީފްވެސް ވަނީ، މި ވާހަކަތަކަށް އިޝާރާތްކުރައްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: